ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދުގެ އުފަން ދުވަހު ރ. އަނގޮޅިތީމުގައި ވިޒިޓާސް ސެންޓަރެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިކަން އިއުލާނުކުރެއްވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ގިނަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާތީ، އެކަމާއި ގުޅޭގޮތުން މަޢުލޫމާތު ހާމަކުރުމަށް މިއަދު ހޮޓެލް ޖެން ގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އަނގޮޅިތީމުގައި ރައީސް ނަޝީދުގެ އުފަން ދުވަހާއި ދިމާކޮށް ވިޒިޓާސް ސެންޓަރެއް ޤާއިމްކޮށް ހުޅުވާނީ އަންނަ އަހަރު ކަމަށެވެ. އަދި ފަތުރުވެރިންގެ ދުވަހާއި ދިމާކޮށް އެ ސެންޓަރުގެ ބިންގާ، އަންނަ މަހުގެ އެއްވަނަ ދުވަހު އަޅާނެ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. ވިޒިޓާސް ސެންޓަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖެ އާއި ޖެހޭގޮތުން މަޢުލުމާތު ޙިއްސާކޮށް ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ ސެންޓަރެކެވެ.

މިއަހަރުގެ ފަތުރުވެރިންގެ ދުވަހާއި ދިމާކޮށް ރާއްޖޭގައި ކުލަގަދަ ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާއިރު، މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައި ވަނީ މި ހަރަކާތްތައް ކުރިޔަށްދާނީ ދުނިޔޭގެ ރެކޯޑަކާއެކު ކަމަށެވެ.

ފަތުރުވެރިކަމުގެ ދުވަހަކީ ސެޕްޓެމްބަރ 27 އެވެ. މި ދުވަހުގެ ހަރަކާތްތަށް ފެށިގެންދާނީ 26 ވަނަ ދުވަހު ފެލިދޫގައި ބޭއްވޭ ޖަޒީރާ ކެނޯ ރޭހަކުންނެވެ. އަދި އެ ދުވަހުގެ ރަސްމީ ހަރަކާތެއްގެ ގޮތުގައި ފެށުމަށް ހަމަޖެހިފައިވާ ކެނޯ ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ވ. ކެޔޮދޫ އިންނެވެ. ކެޔޮދޫއިން ވ. ފެލިދޫ އާއި ހަމައަށް އަންހެން ޓީމު ކެނޯގައި ފަލިޖެހަމުންގޮސް ފެލިދޫ އިން ކެނޯ އާއި ހަވާލުވަނީ ފިރިހެން ޓީމެވެ. މިޓީމު ވ. ތިނަދޫ އާއި ހަމައަށް ފަލިޖެހުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން 27 ވަނަ ދުވަހު ބަރޮސްގެ ފަޅު ތެރޭގައި، ފްރީޑައިވް ވޯލްޑް ރިކޯޑް ހެދުން އޮންނާނެއެވެ. މި ހަރަކާތުގައި 500 މީހުން ބައިވެރިވާނެއެވެ. މި ހަރަކާތުގައި ދުނިޔޭގެ ފްރީ ޑައިވިން ޗެމްޕިއަން ވިލިއަން ޓްރޫ ބްރިޖް ބައިވެރިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމަ އެހެންމެ 28 ވަނަ ދުވަހު ޓޫރިޒަމް ޑޭ ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް ޖޮބް ފެއާއެއް މާލޭގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ފެއާއިން ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޫސަ

    އުފަންވާނީ އެއްދުވަހު މަރުވާނީ ވެސް އެއްދުވަހު. އެހެންވީމާ ނަޝީދުގެ އުފަން ދުވަހެއް ދެން ނާންނާނެ. އުފަން ދުވަހަކީ ކޮންމެ އަހަރަކު އެއްފަހަރު އަންނަ ދުވަހެއްނޫން. މި ޙަޤީގަތް ނޭނގޭ މީހުން ސަރުކާރުގެ އިސްމަޤާމުތަކުގައި ތިބުމަކީ ލަދުވެތިކަމެއް.

    10
    1
  2. ސައުދު

    ތި ނަޝީދަކީ އަހަރެމެންނަށް މުހިންމު މީހެއްނޫން

    20
    1
  3. ކިއްލި އައުރު ބާދުޝާ

    މީ ކޮންކަހަލަ ކަމެ.. ރނަޝީދުގެ އުފަންދުވަހަށް ދައުލަތުގެ ފައިސާއިން ހަރަދުކުރެވޭނެގޮތެ ގާނޫނުގައޮތީތަ؟ރައްޔިތުންގެ ޓެކްސްފައިސާ ރނަޝީދަށް ހަަރަދުކުރުމުން އޯކޭވޭ ފުލުހުން މަސްތުވާތަކެތި ހޯދުމަށް ދަތުރުކުރުމުން ކަންބޮޑުވޭ.. މިސަރުކާރު ނިމޭދުވަހަކުން އަލީ ވަހީދު ވަކިމީހަކަށް މާލީ މަންފާއާ ނުފޫޒުގެ ބޭނުންކޮށް ނާޖާއިޒު ފާއިދާ ހޯދަދިން މައްސަލަ ކޯޓުތަކުން ދުވާދުވަސް އަންނާނެ.. ވިޒިޓާސް މޯލްޑިވްސް ހުޅުވަބަލަ ބޫންބޫން ދުއްވައިގެން މާލޭންނާ ހުޅުމާލެއިން ގޯތިލިބުނު ދުވަހު..

    10
    1
  4. އޮޓޯ ކިޔު

    ކޮބާ ހަފުތާ ގެ ދުވަސްކިޔާ މީހާ ޝޫލާޝަރާބީ؟؟؟؟

    11
    1
  5. ރަށުކާޅު

    ރ.އަނގޮޅިތީމަކީ، އަންނި ވައްކަންކޮށްގެން އަރުވާލިރަށް. އެރަށުގައި ހުރިއިރު މީހަކުމިބުނީ ކަލޭ ނަމާދުނުކުރަނީ ކީއްވެހޭ؟ ޖަވާބުގައިބުނީ ކަލޭމެން ނަމާދު ކުރިމާ ކޯންޗެއްހޭ ލިބެނީ.

    4
    1
  6. Aneeka

    ޜާއްޖޭގެޓޫރިޒަމް ބޮއިކޮޓްކުރުމަށް އެންމ ބޮޑަށް މަސައްކަތްކުރި މީހަކީ ކެނެރީގޭ ދެބަން ދިހާރަ ކަމަށްވާތީބާ އައްޔާ ތިޔަފަދަ ކަމެއް ތިޔަކުރަނީ މާތާހިތުވާނެ ކޮލިމޮހޮދޭގެ އުފަންދުވަހު ތިޔަފަދަ ކަމެއް ކުރިނަމަ އެމީހުންވިއްޔަ ރާއްޖޭއަށް ޓޫރިޒަމް ގެންނަން މަސައްކަތް ކުރި ބަޔަކީ ތާރީޚް އޮޅުވާލުމުގެ މަސައްކަތް ކުރަން ނޫޅޭ ކަރަޔާ

    4
    1