އައްޑޫ ސިޓީ އާއި ލ.އަތޮޅުގައި ވެސް ޓެކްސީ ދަތުރުތަކުގެ އަގު ކޮންޓްރޯލް ކުރަނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވަމުންދާ ބައްދަލުވުމެއްގައި "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މާލޭ ސަރަހައްދުގެ ޓެކްސީގެ އަގުތައް ސަރުކާރުން އިއުލާން ކުރިއިރު ރާއްޖެތެރޭގައި ޓެކްސީގެ ހިދުމަތްތައް ދިނުމުގެ އަގުތައް ކަނޑަނޭޅި އޮތުމުން މިކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

މި ދަޑިވަޅުގައި މިއަދު ބޭއްވުނު މި ނޫސްވެރިންގެ ބައްދަލު ވުމުގައި ވަގުތުގެ ނޫސްވެރިއެއް މި ސުވާލް މިނިސްޓްރީއާއި ކުރުމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވެފައިވަނީ މިނިސްޓްރީން ފުރަތަމަ މަސައްކަތް ކުރަމުން މިދަނީ މާލޭގައި ހުރި ކަންތައްތައް ރަނގަޅު ކުރެވޭތޯ ކަމަށެވެ. އެއްކަމަކަށް ފަހު އަނެއް ކަމެއް ރަނގަޅު ކުރަމުން ދާނޭ ކަމަށެވެ.

މިނިސްޓަރ ނަހުލާގެ އިތުރުން އެހެން ބޭފުޅަކު ވާހަކަ ދައްކަމުން ބުނެފައިވަނީ ރާއްޖޭގެ ރަށްތަކަކީ ޖިއޮގްރަފިކަލީ އުފެދުން އިރު އެކި ވަރުގެ ރަށްރަށް ކަމުގައެވެ. އެއްބައި ރައްތައް ބޮޑު އިރު އަނެއްބައި ރައްތައް ވަރަށް ކުޑަކަމަށެވެ. ވުމާއެކު ޓެކްސީގެ ހިދުމަތުގެ އަގުތައް ރާއްޖެތެރޭގެ ރަށްތަކަސް ކަނޑަައަޅާއިރުގައި މާލޭގައި ކަނޑައެޅިފައިވާ އަދަދަށް ވުރެ ދަށްވުން އެކަށީގެން ވާކަމަށެވެ.މިކަމާ މެދު މިނިސްޓްރީގައި ވާހަކަ ދެކެވޭނޭ ކަމަށާއި ހަދަން ޖެހޭ ސާވޭތައް އެބަ ހުރިކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޓެކްސީގެ ހިދުމަތް އޮންލައިން އެޕް މުދުވެރިކޮށް ކުރެވެމުން އަންނަ ކަމަށާއި މި އެޕް ބޭނުން ކުރަން ގިނަ ޑްރައިވަރުންނަށް އިނގޭނޭ ކަމަށްވެސް މިނިސްޓްރީއިން ފާހަގަކޮށްލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާޒިމްބެ

    މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ކުރަން ޖެހޭ ކަމެއް މިއީ. ނަމަވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު ނެތި މިކަން ކުރުމަކީ ގާނޫނާ ޚިލާފަށް ކުރެވޭނެ ކަމެއް.

    16
    1
  2. ހަންކެޑެ ތުއްތު

    އައްޑޫގައި ތިގަވާއިދު ނުހުގާނެ! އައްޑުގެ ރައީސަކީ ބުއްޅަބޭ، އެއީ އިންޑިޔާގެ އަވަށެއް!

    25
    1
  3. ޕީޕަލް

    ޓެކްސީ ދަތުރުތަކަށް މުޅި މުސާރަ ހޭދަކުރަން ޖެހެނީ އެހެންވެ އެކަމުން މިންޖު ނުވެގެން މިއުޅެނީ. ދިރިއުޅޭ ތަނުގެ ކުލި ކުޑަވީމަ ވަރަށް ފަސޭހަ. މުސާރަޔަށް އެނގުމެއްވެސް ނުވޭ. ޝުކުރިއްޔާ އައިޝާ މެޑަމް އަށް. ލޮލަށް އެޅިފަހުރި މިރުސްކޮޅު އަދި ސާފުވާނެކަމަށް މިބަލަނީ.

    11
    1
  4. ޚާފޒ

    ޢަޅެ ވައިގެ ދަތުރު ތަށް ބޮދުވެގެން 750 ރުފިޔާއަށް. ފެއަރ ނޫނަސް ކުރެވޭގޮތަށް އަގު ކޮންޓްރޯލް ކުރަށްވައިދެއްވާ

    14
  5. ރޮޓެއްލާ

    އާނ ދެން މާލޭގެ ކަންކަން ހަމަޖައްސާފަތާ އެހެން ބަޔަކު އުޅޭތޯ ބެލޭނީ. މައުމޫނު ޒަމާނުންފެށިގެން އަދިވެސް މާލޭގެ ކަންކަން ހަމަޔަކަށް ނޭޅިގެން އުޅެނީ. ބަލަ މާލޭގަ ތިޔަ މަގެއް ހެދިއިރުވެސް އައްޑޫގަ މަގުމަތީ މީހުން މަރުވާތާ އެތައް އަހަރެއް، އަދިއަދަށްވެސް އެއްކަމެއްވެސް ނުކުރޭ.

    11
    4
  6. ކާފަބޭ2019

    ކަމަނާއެވެ.ވިދާޅުވަންވަރަށްފަސޭހަފުޅުވާނެއެވެ. ޓެކްސީގެއެޕްތައްވެސް އެބަހުއްޓެވެ. ދާންބޭނުންވަނީއެއަރޕޯޓަށްކަމަށް އެޕްގަލިޔާއިރަށް ޓެކްސީއެއްނުލިބެއެވެ. ނަމަވެސް އެޕްގަދާތަންނުލިޔެ ޓެކްސީއަށްއެދެފިނަމަ ވަގުތުން ޓެކްސީލިބެއެވެ. އެޕްގަލިޔުނީމަ 60ރުފިޔާނަގަންޖެހޭތީ ޓެކްސީނާންނަނީއެވެ. ޙަޤީގަތަކީމިއީއެވެ.

    10
    1