ނިމިދިޔަ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ނެތެމުންދިޔަ ޑިމޮކްރަސީގެ ހަމަތައް އަލުން އިޔާދަކޮށް ޑިމޮކްރަސީގެ މަގުގައި ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުން ނިންމި މުހިންމު ނިންމުމެއްކަމަށާއި، އެއީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި، ރައްޔިތުންނަށް ޤާނޫނުއަސީސީން ކަށަވަރު ކޮށްދީފައިވާ ވޯޓު ލުމުގެ ހައްޤުގެ ބޭނުންކޮށް ރައީސް ޔާމިނުގެ އަނިޔާވެރި ވެރިކަމަކަށް ނިމުންގެނެސްފައިވަނީ ދިވެހިން ޑިމޮކްރަސީއަށްކުރާ ލޯބީގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނޭކަމުގެ ޔަގީންކަން އެބައޮތްކަމަށާއި ޑިމޮކްރަސީ ނެގެހެއްޓުމަށް ދޭންޖެހުނު އެއްބާރުލުމެއް މިސަރުކާރަށް ދިނުމަށް ތައްޔާރަށް ތިބިކަންވެސް އެމްއާރުއެމްއިންވަނީ ފާހަގަކޮށްފައެވެ.

އެބަޔާނުގައި އެމްއާރުއެމްއިން ބުނެފައިވަނީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް ޑިމޮކްރަސީއަށް ކުރެވުނު މަސައްކަތަކީ ބުރަ އަދި ނުހަނު ދިގު މަސައްކަތެއްކަމަށާއި، އެގޮތުން ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން އައި ދަތުރު ފެށުމުގެ ގޮތުގައި ފާހަގަކުރެވެނީ، 2004 ވަނަ އަހަރުގެ ޖޫން 09 ވަނަ ދުވަސްކަމަށެވެ.

އެދުވަހަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ގައްޔޫމް އިއުލާނު ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ރާއްޖެއަށް ޑިމޮކްރަސީގެނައުމަށް މަގުކޮށައިދިން ދުވަސްކަމަށާއި، އިސްލާހީ އެޖެންޑާ އިން މަގު ފަހިކޮށްދިން އެންމެ މުހިންމު އެއް ކަމަކީ، ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަމުގައިވެސް އެމްއާރުއެމްއިންވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަލީ

    ރައްޔިތުންނަކަށްނޫން. މައުމޫނަށްދޯ؟ ޖަލުންސަލާމަތްވީތީ.

    29
    1
  2. ޑިމޮކްރަސީގެކާފެ

    ޙެވެނީ ތިކަހަލަ ވާހަކަ އިވުނީމަ

    27
    1
  3. Anonymous

    ނިމިދިޔަ ރިޔާސީ އިންތިޚާބަކީ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް: އެމްއާރުއެމް

    19 މިނެޓް ކުރިން ( ސެޕްޓެމްބަރު 15, 2019 )

    ނިމިދިޔަ ރިޔާސީ އިންތިޚާބަކީ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީ އަކަށް ވީކީއްވެ ބާ

    ރައްޔިތުން އެމްއާރުއެމް އަށް މަޖްލިން ގޮނޑިއެއް ނުދިނީމަބާ؟

    ރައްޔިތުން އެމްއާރުއެމް އަށް މެންބަރުން ގިނަޢަދަ ދަކަށް މެންބަރު ފޯމް ނުފުރީމަބާ؟

    ރައްޔިތުން ގެ ޓެކުސް ފައިސާއިން ޚަރދު ކޮށްބަލާނެ މުސްކުޅައަކު އައްޔަނު ކުރެވުނީމަބާ؟

    އިސްލާމް ދީނާ އިދިކޮޅު ފިކުރުގެ މޫ މިތަނުގަ ވަޅުޖައްސާލެވުނީމަބާ؟

    22
    1
  4. މުހައްމަދު

    އަމިއްލަ އެދުންބޮޑު މުނާފިޤެއް ތިޔައީ.

    29
    1
  5. ތައްޚާން.

    ކަލޯ މެން އަރާމުގައި އުޅުނަސް ރައްޔިތުން އުޅޭ ހާލަތު އެންގޭބާ. ނިކަން ބާޒާރު މައްޗަށް ނިކުމެ ވިޔަފާރި ވެރިންގެ ހާލު ބަލާލަބަލަ. ދޯނި ވެރިންގެ ހާލަތާމެދު ވިސްނާލެވުނުތަ؟ މީތަ ލިބުނު މިނިވަން ކަމަކީ ސަހަރޯ ހީވޭ ތަޅާ އަނގައިން.

    24
    1
  6. އަބްދުއްލާ

    ނިމިދިޔަ ރިޔާސީ އިންތިޚާބަކީ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް: އެމްއާރުއެމް

    58 މިނެޓް ކުރިން ( ސެޕްޓެމްބަރު 15, 2019 )

    ނިމިދިޔަ ރިޔާސީ އިންތިޚާބަކީ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީ

    އަކަށްވީ ރައްޔިތުންގެ ޓެކްސުން އެކަށީގެން ނުވާ ޚަރަދު ކޮށް މުސްކުޅި

    ފިރިހެނަކު ބަލަން ޖެހުނީމަބާ؟

    ނޫނީ ރައްޔިތުން އެމްއާރުއެމް އަށް ބޮޑުތަނުން މެންބަރޝިޕް ފޯމްފުރަން

    ޗާންސް ނުދިނީމަބާ؟

    ނޫނީ އިސްލާމީ މިގައުމުގައި ލާދީނީ މުޑުވަށުގެ ހުވަފެން ދެއްކޭތީބާ؟

    ނޫނީ ނޫނީ

    ياﷲ ދިރިތިބީނަށް ޢިބްރަތެއްކަށް ވާވަރު ގެ ފިލާވަޅެއް މިވެރިންނަށް

    ދައްކަވާށި .އާމީން

    19
    1
  7. ހުސޭނުބޭ

    ކާފާ! ކާފަ ތިއީ މިހާރު އެކައްޗެއްވެސް ނޫން! ދެން ރަން 30 އަހަރު ހަދާންކޮށްލަކޮށްލާ އިނދޭ!

    40
    1
  8. ހަސަން ނ

    ކަލެއާކަލޭގެއަނބިދަރިންނަށްލިބުނުކާމިޔާބީ
    އެއް

    30
    3
  9. ދަންނަ

    ނިމިދިޔަ ރިޔާސީ އިންތިޚާބަކީ ރައްޔިތުންގެ ނިންމުން ކާފަމެންކަހަލަ މަދުބަޔަކު ބޭނުންވާގޮތައް ވޯޓް އޮޅުވާލައިގެން ވޯޓްން ވައްކަންކޮށްގެން އަދި އީސީ މެންބަރުންނަށް ބޮޑެތި ނަގުދުތަކުން ރިޝްވަތުދީގެން ކާމިޔާބުކުރި އިންތިޚާބެއް މާތްﷲ އިރާދަކުރެއްވިއްޔާ މިނުބައި ނުލަފާ ޢަމަލު ހިންގުމުގައި ބައިވެރިވި ހުރިހާ އެންމެންނަށް ވޭންދެވެނި ޢަޛާބު ދެއްވާށި އާމީން

    23
    1
  10. ސޯކާބެ

    1978 އަހަރު މިގައުމައް އައިވެރިކަމުގެ ހިތިރަހަ މިހާރު މިވަނީ މުޅިގައުމައް ފެތުރުފައި ދޯންޏަކުން މަހައްދާނެ މީހަކާ ހަމައިން މަސައްކަތުމީހަކު ކީއްކުރަންތޯ ރުކަކައް އަރާލާނެ މީހަކުނެތް މީގެން ކޮންމެ ކަމަކައް އެއްކަލަ ރައްޔަތުން ލައްވާ ދޭތެރެ ދުރުކޮއްގެން ހޯދި އައްޑަނަޔަކުން ނުފުދޭ ގޯތިގެދޮރުގެ އަޅުވެތިކުރީ ހުރިހާ ބިންތައް ހިސޯރުކޮއްގެން މީގެ އެންމެ ހެއްވާ ކަމަކީ ޙުދުތިމާމީހާޔާ ތިމާމީހާގެ މުނިކާފަ ދަރިންނައް ދަންދެން މިއަޅުވެތިކަމުގައިތާށިވެފައި ޕޯޗްގީޒު މީހުންގެ އަޅުވެތިކަމުގަވެސް ގޯތިގެތޮރު ގަންނާކައް ނުޖެހޭ ދެން އައި 2008 ގައި އަނެއްކާ ރައްޔަތުން އަޅުވެތި މިކުރީ ޖިޒީނަގައިގެން ޖީއެސްޓީގެ ނަމުގައި ދިމޮކްރަސީގެ މާނަ ރައްޔަތުން ލައްވާ ރައްޔަތުން އަޅުވެތިކުރުން ވެދުން

    20
    2
  11. އީޖާބޭރާއްޖެ

    ގޯތިގެދޮރުގެ އަޅުވެތިކުރީ ހުރިހާ ބިންތައް ހިސޯރުކޮއްގެން މީގެ އެންމެ ހެއްވާ ކަމަކީ ޙުދުތިމާމީހާޔާ ތިމާމީހާގެ މުނިކާފަ ދަރިންނައް ދަންދެން މިއަޅުވެތިކަމުގައިތާށިވެފައި ޕޯޗްގީޒު މީހުންގެ އަޅުވެތިކަމުގަވެސް ގޯތިގެތޮރު ގަންނާކައް ނުޖެހޭ ކުރާމަސައް ކަތުން 6% ޖިޒީދައްކާކައް ނުޖެހޭ އަސްލު ޑިމޮކްރަސީގައި މިކުރީ އަޅުވެތި ޖިޒީނަގައިގެން ޖީއެސްޓީގެ ނަމުގައި ދިމޮކްރަސީގެ މާނަ ރައްޔަތުން ލައްވާ ރައްޔަތުން އަޅުވެތިކުރުން ވެދުން މީ އެބުނާ ތަހުޒީބު ކިރިސްޓިޔަން

    14
    1
  12. ޒާ

    ގައުމުގައި ހަމަނުޖެހުން އުފެއްދުމުގެ އެންމެ އިސް އެއް މޭސްތިރިއަކީ ކުރީގެ ރައީސް މައުމޫން. ވަރަށް ހުތުރު އުޅުމެއް.

  13. ދިޔޯ

    އެވަރުގެ ނިކަމެތި ކަމެއް މިދިވެހި ގައުމަށް ދިމާނުވޭ. ޢެއީ އަނދިރި ދުވަހެ. ޢަނދިރި އަނދިރިން މިގައުމަށް އެރި ދުވަސްފަދަ ދުވަހެއް

  14. މިގޭ

    މިކަލޭގެ އަދިވެސް އެލައްޒަތު ހޯދުމަށް ތެޅި ފޮޅެނީ މިހާރު ދީނެއް ،މިއްލަތެއް މިކަލޭގެއަކަށް ނެތް. ބޭނުމީ ލައްޒަތު.

  15. ނަސްރީނާ

    މައުމޫނާކީ އިސްލާހަށް ލޯބިކުރާ މީހެއްނޫން، މާބޮޑަސް ހެދެނީހުރެ

  16. ނަމަ

    ކޮންތާކު ލިބުނު ބޮޑު ނާކާމިޔާބީއެއް

  17. ގަމާރު

    އެމްއާރު އެމް އަކީ ސިޔާސިޕާޓީއެއްތޯ؟ މިހެން މިއަހާލީ އެނަންކިޔާ ޕާޓިއެއް އީސީގައި ރަޖިސްޓަރީ ކޮށްފައި އޮތްކަން ނޭގޭތީ. ލަވަޕާޓީއަކުން ރަޖިސްޓަރީ ނުކުރިއަސް ބަޔާނެއް ނެރެވިދާނެ. ސިޔާސީ ޕާޓީ އަކުން ބަޔާން ނެރެވޭނީ ރަޖިސްޓަރީ ކުރުމަށްފަހު.

  18. ވގ30

    ކަލޭ އަތްދަށުން މިޤައުމު ސަލާމަތް ވުމަކީ ރައްޔިތުންނަށް ލިބުނު މާބޮޑު ކާމިޔާބީއެއް