ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް އާއި މާރާމާރީ ހިންގި ބެލެނެވެރިއަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ. އެކަން ފުލުހުންވެސް ކަށަވަރުކޮށްދެއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ބެލެނެވެރިޔާ ވަނީ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ ކަންފަތްމަތީގައި ޖަހާފައެވެ.

އެނގިފައިވާގޮތުގައި، އެ މާރާމާރީ ހިންގީ އެ ސްކޫލްގެ އަންހެން ދަރިވަރަކު ބަލައި ބެލެނިވެރިޔާ ސްކޫލަށް ދިޔުމުން، އެ ދަރިވަރު ގެއަށް ގޮސްފިކަމަށް ބުނެ އެސިސްޓެންޓް ޕްރިންސިޕަލް ދޮގު ހެދި ކަމަށް ބުނެއެވެ.

އެ މާރާމާރީގައި އަނިޔާވި އެސިސްޓެންޓް ޕްރިންސިޕަލަކީ ސްރީ ލަންކާ އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތާންބެ

    ޮޮޮޮ ދޮގު ހެދުން އެއީ މައްސަލައެއް އެކަމު އަންހެނުން ގައިގަ ޖެހުން އެއީ ބަލާ ގަނެވޭނެ ކަމެއް ނޫން ?

    • މަ

      ގަސްދުގަ ދޮގުހެދީބާ؟ ނޫނީ ނޭގި ބުުނެވުނީބާ؟