މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރި ޤާވައިދަށް އަމަލު ކުރާނަމަ މަސައްކަތް ހުއްޓާލައި ޕިކަޕް ޑްރައިވަރުން ހަޅުތާލަށް ނުކުންނާނެ ކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެެތް ވާހަކަތަކެއް ކަމަށާއި، މިކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިގެން އުޅޭ ހަތަރު ފަސް މެންބަރެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ހަޅުތާލު ކުރުމަކީ ޕިކަޕް ޑްރައިވަރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިގޮތަށް ވާހަކަދައްކަމުން ދަނީ ގޮނޑި ގެއްލިގެން އުޅޭ ހަތަރު ފަސް މެންބަރެއް ކަމަށެވެ.

"އެ މެންބަރުންގޮސް އެބަ އާދޭސް ކުރޭ އެކި ކަންތަކުގައި ބަސްނޭހުން އިސްކުރަން. އެކަމަކު ޕިކަޕް ޑްރައިވަރުން ހަޅުތާލެއް ނުކުރާނެ. އެއީ ފޭކް ވާހަކައެއް. އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން". މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، މިކަމާއި ގުޅިގެން ހަޅުތާލު ކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އިދިކޮޅަށް ތިބޭ ފަރާތްތަކުން ބޭނުންވަނީ ކޮންމެވެސް ކަމެއް ހޯދައިގެން މާލޭގެ މަގުތައް ނުތަނަވަސް ކުރެވޭތޯ. ބިރުވެރިކަމެއް އުފެއްދޭތޯ. މިއީ އަންނަ ތަރައްގީ ހުއްޓުވޭނެ ގޮތްތޯ". މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކްލޯސްޑް

    އަޅެ ޕިކަޕް ޑްރައިވަރުން ޓެސްޓަށް ވެސް ތަމެން ޖައްސާލަބަ ހަޅުތާލެއް ވާ އެއްޗެއް ބަލާލަން އަޅެ ޖައްސާލަބަލަ. ތަމެން ދުއްވާ ޕިކަޕް އޮންނާނީ މާލޭން ބާލާފައި ދެން އެޕިކަޕެއް މާލެ އަކު ނުދުއްވާނެ ދުއްވަންނާ ދަ ރާއްޖެތެރޭގަިއ ދުއްވާ މާލޭން ބާލާނަން އެނިމުނީ އެއް ނޫންތޭ. ޗެޕްޓަރ ކްލޯސްޑް.

  2. ކްލޯސްޑް

    ނާސިރު ހުއްޓުވީ ޑްރައިވަރުން ނޫންތޭ މަމެން ހުއްޓުވާނަން ޑްރައިވަރުން ވެސް އަދި މަޖޫރީން ވެސް ސައިޒުން ކަނޑާ ތިރި ކުރާނަން. ވިލާ އިން ސަ ހޯކްސް ސްޓޯރީ ފަތުރައިގެން ބުނި ދޯ ސަން އައިލެންޑްގެ ވަޒީފާ ތަކުން މީހުން ދަނީއޭ ބިކަ ވަނީ ކޮބާ ބިކަވިތޭ އެންމެ ފަހުން ވިލާ އަށް ޖެހުނީ ހަމަ ޓެކްސް ދައްކަން ދޯ. މީ ފުރަމާލެ އޭ މީ ދަ ރާއްޖެތެރެއެއް ނޫނޭ އެއްގޮތެއް ވެސް ނެހެދޭނެއޭ. އަޅެ ޕިކަޕް ޑްރައިވަރުން ޓެސްޓަށް ނަމަވެސް ހަޅުތާލު ޖައްސާލަބަލަ ދެން އޭގެ ފަހުން މާލޭގައި ޕިކަޕް ދުއްވޭނީ ސަރުކާރުން ދޫކުރާ ކާރޑް ހޯލްޑަަރުންނަށް އެކަނި އެނޫން ބަޔަކަށް އެކަން ނުވާނެއެވެ. ހަމަ މަހަށް ދާން ޖެހޭނީ ޕިކަޕް ޑްރައިވަރުން. ޕިކަޕް ޑްރައިވަރުން ތިޔާ ހެދި ގޮތުން ދެން ކުރިއަށް އޮތް 5 އަހަރު ނިމޭއިރު މާލެ އަކު ނުހުންނާނެ އަމިއްލަ މީސްމީހުންގެ ޕިކަޕްސް ތަކެއް އެކަން ކުރާނީ އެމްޕީއެލް އިން ނުވަތަ އެމްޓީސީސީން. ޓެކްސީވެސް ދުއްވާނީ އެމްޓީސީސީން. އެނިމުނީ. އެއިރަށް ދެން ހުންނާނީ ރަނގަޅަަށް ރާކަނި މަސްކެވިފައި ދޯ.

  3. ލިޔޫސާ

    ތެެދެއް ތިޔަ ބުނީ ހަމަ!

  4. ގުންޑާ

    ތީ ކާޑުގެ ބާވަތް އަގު ބޮޑުކޮއްފަ އުނބައް ޖެހުނު މީހާ

  5. ރައްޔިތުމީހާ

    އެތައް އައިލާގެ އާމްދަނީ ހުއްޓުމަކަށް. މިކަމާ މެދު ވިސްނާބަޔަކު އެބައުޅޭބާ؟ 2018 ގެ ވޯޓު.....