އޭސް އޭވިއޭޝަން އަދި އޭސް ޓްރެވަލްސްގެ އޮފީސްތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އޭސް އޭވިއޭޝަން އަދި އޭސް ޓްރެވަލްސް އިން ބުނެފައި ވަނީ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ އެޕްރިލް އެކަކުން ފެށިގެން ކަމަށެވެ.

ހ. ތުނިޔާ ގޭގެ ދެވާނަ ބުރީގައި ހުންނަ އޭސް އޭވިއޭޝަން ސާވިސަސްގެ މޯލްޑިވްސް ގެ އޮފީސް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. ނަމަވެސް 12:30 އިން 1:30 އަށް އޮފީސް ބަންދުވާނެއެވެ. ހޮނިހިރު ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 15:00!އަށެވެ.

އައްޑޫ ސިޓީގައި މާޑެލާ މަގު، ނިއްކަ ގޭގައި ހުންނަ އެކުންފުނީގެ އޮފީސް ވެސް ހުޅުވާފައި ހުންނާނީ މިވަގުތު ތަކުގައެވެ. އަދި މާލޭގެ އަމީރުއަހުމަދު މަގުގައި ހުންނަ ހ. އީސްޓް ލައިޓް ގެ ގްރައުންޑް ފްލޯގައި ހުންނަ އޮފީސް ވެސް ހުޅުވާފައި ހުންނާނީ މިވަގުތު ތަކުގައެވެ.

ހ. ސޮނަރީގައި ހުންނަ އޭސް ޓްރެވަލްސްގެ އޮފީސް ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު ހެނދުނު 9:00 އިން ރޭގަނޑު 22:00 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ 15:00 އިން 22:00 އަށެވެ.

އޭސް އޭވިއޭޝަން އާއި އޭސް ޓްރެވަލްސް އިން ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ގިނަ އަދަދެއްގެ އެއާލައިންތަކުގެ ޓިކެޓް ލިބެން ހުންނާނެއެވެ. އެގޮތުން އޭސް އޭވިއޭޝަން އަކީ ސްރީލަންކަން އެއާލައިންސްގެ ސޭލްސް އެޖެންޓެއްކަން ފާހަގަކޮށްލެވެއެވެ.

އަދި މީގެ އިތުރުން ދުނިޔޭގައި މިހާރު އެންމެ އަވަސް ސްޕީޑެއްގައި ކުރިއަރަމުން އަންނަ އެއް އެއާފްލީޓް ކަމަށްވާ ގަތަރް އެއާވޭސްގެ ޓިކެޓްތައް އޭސް ޓެރެވެލް މޯލްޑިވްސް މެދުވެރިކޮށް ލިބޭނެއެވެ.