ކާޑުގެ އަގު ހެޔޮކުރުމުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ މުދަލުގެ އަގު ބޮޑު ނުވާނެ ކަމަށް ބުނެ ސަރުކާރުން ކަންތައްތައް ކުރަމުން ގެންދަވަނީ އަގު ބޮޑުވާނެ ގޮތްތަކަށް ކަމަށެވެ.

"ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ރިޒޯޓުތަކުގެ މުވައްޒިފުން ކާން ބޭނުންކުރާތީ ކަމަށް ބުނެ ދިވެހި ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ބޮޑު އަގުގައި ދެއަހަރު ވިއްކުމަށްފަހު ކުރީގެ އަގަށް ބަދަލު ކުރި ކުރުން އެއީވެސް މިސަރުކާރުން ދައްކާ ވާހަކަތަކާއި ކުރާ ކަންކަން އެއްވެސް ގޮތަކުން ދެކޮޅު ނުޖެހޭކަން އެނގިގެންދިޔަ ކަމެއް" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ވިޔަފާރި ކުންފުނިތަކުގެ މުވައްޒިފުންނާއި އަދި މަޖޫރީން ހިމެނޭ ގޮތަށް އެތައް ސަތޭކަ ބަޔަކު ކޮންމެ ރެއަކު ހޭލައި ބައިތިއްބުވައިގެން މަސައްކަތް ކުރުވަން ސަރުކާރުން ނިންމި ނިންމުމަކީ ސަރުކާރުން އެޅި ވަރަށް ބޮޑު ކަތި ފިޔަވަޅެއް ކަމަށެވެ.

" އެންމެ މުހިންމު އެއް ކަމަކީ ޢާއިލީ ގުޅުންތަކާއި ރޭގަނޑުގެ ނިދި. ރޭގަނޑު ބަޔަކު ހޭލައި ބައިތިއްބައިގެން މަސައްކަތެއް ކުރުވާނަމަ އެކަމުގެ އަޑު އުފުލިގެންދަނީ އެ ސަބަބަށްޓަކައި" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ބަޔެއްގެ ކަންބޮޑުވުން އޮތްނަމަ އަޑު އުފުލުމުގެ ހައްޤު އެބަޔަކަށް ލިބިގެންވާ ކަމަށާއި މުޒާހަރާކުރުމުގެ ޙައްޤުވެސް ލިބިގެންވާ ކަމަށެވެ.

"ދަތުރުފަތުރުކުރުމުގެ ޤަވާއިދަށް މިގެނައި ބަދަލާއިމެދު ހިތްހަމަނުޖެހޭ ބަޔަކު ތިބި ނަމަ އަދި އެކަމުން ގެއްލުން ލިބޭ ބަޔަކު ތިބިނަމަ އެކަން ބަޔާންކުރުމަށް އަޑުއުފުލުމުގެ ހައްޤު ލިބިގެންވޭ. އެކަމަށް ހުރަސް އެޅިގެން ނުވާނެ. އެއީ ހަމަ ކޮންމެ މީހަކަށްވެސް ޤާނޫނު އަސާސީން ލިބިގެންވާ ހައްޤެއް." ސަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޜާޒް

    ހަސަދަޔާ ފިނުނަ އިން ފޯވެފައި ތިބި މިގައުމަށް ގައްދަރު ވުން ނޫން ކަމެއް މިބައިގަނޑަކަށް ނޭގެ ކުރާކަށް ކޮންމެ ކަމރއްވެސް ފަސާދަ މުސީބާތަކަށް ވެއްޖެނު

  2. ދުމައިން

    ހޫނނ! މިބާގައިގެ މީހުންނަށް ހީވަނީ ހުސް މިމީހުންހެން އުޅެނީ. މިމީހުންހެ އިޚުލާސްތެރިކަމެއްނެތުނީމަ މިމީހުނަށަ ހީމިވަނީ އެހެން މީހުންވެސް އެހެންހެން!

  3. އަންނި މޭން

    މޑޕ އިން ބާއްވާ މުޒާހަރާތަކާ ހެދި އަޑުގަދަކަމުން ރޭގަނޑު ނުނިދި މަގުތައް މަތީ ހިތައް އެރި ގޮތަކަށް އެއްވެ އުޅޭތީ ދެން އުޅޭ މީހުން ގެ ހައްގުތައް ގެއްލޭއިރު ކޮބާ އެވާހަކަ. ހައްގު އޮންނަނީ ވަކި ބައެއްގެތަ..؟ ޖަލައް ލީމަވެސް ހައްގު އޮންނަނީ މި މީހުންގެ އެކަނި. ބާކީ ތިބެނީ ހައްގު އޮންނަ މީ ހުނެއް ނޫން ދޯ...؟ ނަމުގަ ރައްޔިތުން ނަށް ޓަކާ އޯ...

  4. އަލްޖިބްރާ

    އެކަމު މިސަރުކާރުން އެބަބުނޭ ޤައުމަށް ޓަކައޭ ، ދީނަށް ޓަކައޭ ! އިސްލާމް ދީނުގައި ރޭގަޑު ހަމަޖައްސަވާފައިވަނީ ކޮންބޭނުމަކަށް ކަން ތިޔަ އަގަފުޅާ ކުރާ މިނސްޓަރު ބުނެ ދީފާނަންތޯ ؟

    • ޡުހޫ

      ބަލަ ކަލޭމެން މީގެ ކުރިން އިރު އޮއްސޭއިރު ތިބެނީ މިސްކިތް ތަކުގަތަ މުޅި ރޭ ރޭ އަޅުކަމުގަތަ. ޢަޖައިބެއްނު. ކޮންމެ ކަމަކައް ހަޖޫޖެހުމާ ބަހަނާ ދެއްކުން ހުއްޓާލަބަލަ. މިކަހަަލަ ބަދަލް ތަކަކީ އަނެއް ރައްޔިތުމީހާ އައްވެސް އޭގެން ފަސޭހަތަކެއް ވާ ކަންކަމެ.

  5. ނަޝީތު

    މިސަމީރު މީ ދެން ކާކު. ދޭބަލަ ރަށަށް. ކަލޭ ތީ އެތާ ފުޓްބޯލަ ކުޅެން ހުއްޓަ ސްޓެލްކޯއަށް ދިގަލިމެން ވެއްދި މީހެއް. ދެން ކަލޭ ތިހިސާބަށް ގެންދިޔަ މީހަކީ ޔާމީނު. ނުކިޔަވާހުރި ޖާހިލަކަށް ވީމާ ކާންދިން މީހާވެސް އޮޅނީ.

  6. މުޙައްމަދު ޔޫސުފް.

    މީން މިހހާރު ތިހުރީ ރަގަޅަށް ވެރިކަމަށް މޮޔަވެފަ ހޭވެރިވާ ބުއްދި ހުރި މީހަކު ވޯޓެއް ނުދޭނެ؟

  7. ލިޔޫސާ

    ބޯގޯސް މީހެއްތަ މީ؟ ކުރީމަހު މިގޭ ކަރަންޓްބިލް 1675 ރުފިޔާ! މާރޗްމަހުގެ ބިލަށް 723 ރުފިޔާ! ކުރީމަހުގެ ފެންބިލަށް 650 ރުފިޔާ! މާރޗްމަހުގެ ބިލަށް 314 ރުފިޔާ! މިވާހަކަވެސް މީނަ ދެއްކިއިރު ބުނި ސަރުކަރުން ކަރަންޓާ ފެން އަގުހެޔޮކުރީ އިޚްލާޞްތެރިކަމެއް އޮވެގެނެއްނޫނޭ! މި ކިޔަނީ އެކައްޗެއް ކޮންމެ ކަމެއްގަވެސް! ޖަލްސާތަކުގަވެސް ހަޅޭލަވްނަ އަރާ ކންމެ ގޮލަޔަކު 100 ފަހަރު "ރައީސް ޔާމީން" ކިޔާފަ އިށީންނަނީ!

  8. ހިލޭރު

    ރޭގަނޑު މަގުތައް ތަޅާ ބާލާއިރު އަޑުނުއިވުނު ބަޔަކަށް މިހާރުމިވަނީ ކީއް؟ ތީހަމަ ބުރުމާ ގައްދާރުން

  9. ފާގަ

    ދަންވަރު ހޭލާ މަސައްކަތް ކުރުވާ ވާހަކަ ދައްކާއިރު، މިމީހުންގެ 50 އަކަށް މީހުން ނުކުމެ މަޖީދީމަގުގަ ބަންދުކޮށްގެން އެމަގުގައި ހުންނަ ފިހާރަތަކުގައި މަސައްކަތް ކުރާ އެކަކަށްވެސް މަސައްކަތް ނުކުރެވޭ، ކިތައްމީހުން މަސައްކަތަށް ބޭނުންވާ ތަކެތި ނުގަނެވިގެން އުޅުނީ، ކިތައް ފިހާރަ ކިތައް އާއިލާ ލިބޭ އާމްދަނީ މަދުވީ؟ ކިތައްމީހުން ގެޔަށް ނުވަދެވިފަތިބީ؟ ސަމީރުމެން އަނގަޔެއް އޮތީތީ ތަޅުވަނީ

  10. ސޭޓު

    އިހުލާސްތެރިކަން ބޮޑުކަމުންދޯ އޭޑީކޭ އަށް ބަލިމީހުންނަށް ނުވަދެވޭގޮތަށް މުޒާހަރާ ކުރީ. ސަމީރު ލަދު ކޮބާ؟ ކޮންބަޔަކަށް ޖެއްސުން ކުރަން މަޖީދީ މަގުގައި މުޒާހަރާ ކުރީ؟ ހަރާމްކޯރު ވާހަކަ ނުދައްކާ.

  11. ބުރުޖު

    ސަބްސިޑީ ކަނޑާލީމަވެސް ގޯސްވެގެން އެއްޗެހި ކިޔީ މިމީހުން، މިހާރު ސަބްސިޑީ އަނެއްކާލީމަވެސް ގޯސް. ކަލޭމެންނަށް ރަގަޅު ގޮތެއް ބުނެބަލަ

  12. މަންޑޭލާ

    ހަގީގަތުގާވެސް މިމީހުން މިރާއްޖެ ފުޑާލަނީ.

  13. ޢަފްލާ

    ސަމީރު މޮޔަ ގޮވުން ހުއްޓާލަބަލަ އޮއްޓަރެއް ހުރި ވާހަކައެއް ދައްކަބަލަ