އިހުސާން ފިހާރައަށް ދިޔަ މީހަކު އެތާ ތެރޭގައި ހަމަނުޖެހުން ހިންގައި ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 20:53 ގައެވެ. އެހާދިސާގައި ތަޅައިގެން ގޮސްފައިވަނީ ގަލޮޅުގައި ހުންނަ އިހުސާން ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑެވެ.

ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚިބަރު

    ޢޭޑީކޭ ހޮސްޕިޓަލުން އެބުނީރަނގަޅައް ސިކުނޑި ތިރިއަކައްނޫން ވަތައް ޖެހިފަ އެއޮތީ

    12
  2. ހާދަރު

    ފިހާރަތައް ހަވީރު 5 ޖަހާ އިރު ބަންދުކުރަން ފަށަން ޖެހޭ

    15
    6
  3. ލޮލޮ

    ފިހާތައް 5 ޖަހާއިރު ބަންދުކުރީމާ ހަނަނުޖެހުން ނުއުފެއްދޭނެތަ.