އަލިފާނުގެ ހާދިސާތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.

ޖާބިރު ވިދާޅުވީ އޭނާ ކުއްލި މައްސަލަ ހުށަހެޅީ ވޭތުވެދިޔަ ދެދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާތަކުގައި، ގެއްލުން ލިބުނު ފަރާތްތަކަށް ހަމަޖައްސަން ޖެހޭ ކަންކަން މިހާރުން މިހާރަށް ހަމަޖައްސައިދީ، އެފަދަ އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދޭން އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަން ޖެހޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ މައްސަލައަކީ ވަސީލަތްތައް ނެތުން ކަމަށާއި، ބޭނުން ވަރަކަށް ސަލާމަތީ ބާރުތަކަށް ބަޖެޓް ދޭއިރު ވަސީލަތްތައް ގާއިމް ނުކުރެވޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަލިފާން ރޯވާނެކަން އެނގޭ. މިިއީ އަލަށް ވީކަމެއް ނޫން. މައްސަލައަކީ އަލިފާން ރޯވެއްޖެނަމަ ދެން ކަންތައް ކުރާނެ ގޮތެއް ރޭވިފައި ނެތުން. މިކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުން މިމަޖިލީހުގައި ޖަވާބުދާރީވާން ޖެހޭނެ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ފިނޭންސް މިނިސްޓްރީ މެދުވެރިކުރައްވާ އެހީވެދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެއީ އަވަހަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިއަދުވެސް ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރައްޔިތުންނަށް އެތިބީ ބަދަލު ނުލިބި. ސަރުކާރުގެ ތެރެއިން ކަމެއް ކުރަން ވެއްޖެއްޔާ އެހާ ދަތި." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މާލޭގެ ހާލަތު މިގޮތައް އޮތްއިރު މާލޭގެ މެންބަރުން މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަން އެބަޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައިންތު

    މިކަހަލަ ހާދިސާތައް ހިނގުން މަދުކުރުމަށް ކުރީގެ ރައީސް ޔާމީން އިންޑަސްޓްރިއަލް ވިލެޖް ހަދައި މާލޭގައި ގުދަންކުރާ ކެމިކަލް، ލަކުޑި ސޯމިލް، ގަރާޖު ފަދަ ތަންތަން ބަދަލުކުރަން ކުރެއްވި އެއޮށްބޮޑު މަޝްރޫއުގެ މަސައްކަތް ހުއްޓުވާލީ ހަމަ ރައްޔިތުން، ޚާއްސަކޮށް މާލޭމީހުން. އެފަދަ ތަންތަނުގެ ސަބަބުން މާލޭތެރޭއި އުޅޭ މީހުނަށް ލިބިދާނެގެއްލުމަކުން ސަލާމަތްކުރެވޭތޯ ރައީސް ޔާމީން އެފަދަ ބޮޑު މަސައްކަތެއް ކުރަން ފެއްޓެވީ ބިންހިއްކާ ތަންތަން ހަދާ ނުނިމެނީސް ދައުރުހަމަވީ. ރައްޔިތުން ބަލައިގަންނަނީ ދޮގު މަކަރު ހަދާ މަގުމަތިން މުޒާހަރާކޮށް ހަމަނުޖެހުން ހިންގާ، ބަލިވާވަގުތު ތަންތަން ހުޅުޖަހާ ރޯކުރާވައްތަރުގެ ވެރިންވީމަ، އެމަޝްރޫއު މިސަރުކާރުންވެސް ނިންމާލިނަމަ ބުނެވިދާނެ އެހިނގި އަލިފާނުގެ ހާދިސާ ނުހިނގާނޭވެސް. އަދިވެސް ރައީސް ޔާމީނު ކުރެއްވި ކަމެއްވިއްޔާ ހަލާކުކޮށްލެވޭތޯ ބަލަނީ

  2. ާއަފްލާ

    ކޮބާތަ އެއްކަލަ ބޯކުރު މާރިޔާ

  3. ޕޮގުބާ

    މަޖިލީހަކަށް އަލިފާނު ހާދިސާއެއް ނުހުއްޓު ...ވޭނެ ..އެއީ .ކަންފަތެއްލޮލެއް..ބޮލެއްހުންނަ ..އެއްޗެއްނޫން ...ކޮސްނުވެ

    1
    3
  4. ބުރޯ

    ހުއްޓުވަން ފިޔަވަޅެއްނޭޅޭނެ . އަލިފާނުގެ ހާދިސާ އިންސަލާމަތް ވުމަށް އަޅަންޖެހޭ ފިޔަވަޅު ތައް އެޅުން އެއީ އިންސާނުންނަށް ކުރެވޭނެ ކަންކަމަކީ އެކަންކަމަށް ސަރުކާރުންމަސައްކަތް ކުރަންވާނެ.

  5. މަހަށްދޭބަލަ

    ތަމެންނަށް ކިހިނެއް އިނގޭނީ ކެމިކަލް ލާފައި ހުރި ގުދަނެއް ގައި ރޯ ނުވާނެ ކަން އޭން ބުނެބަލަ ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބެލިއްޔާ މާ ބޮޑަށް ތާހިރުވާނެއޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...