ވައްކަމުގެ މައްސަލައެއްގައި އެއްބަނޑު އެއްބަވާ ދެބެއިން ހައްޔަރުކޮށްފިއެވެ.

ދެބެއިން ހައްޔަރުކޮށްފައި ވަނީ ހަތަރު އެއާކޯން ވަގަށް ނެގި މައްސަލައެއްގައެވެ.

އެއާކޯންތައް ވަގަށް ނެގި މައްސަލައިގައި ޖުމްލަ ތިން މީހަކު ހައްޔަރު ކުރިއެވެ. ހައްޔަރުކޮށްފައި ވަނީ ރ.އަތޮޅު މަޑުއްވަރީ ތިން މީހުންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން އެއާކޯންތައް ވަގަށް ނެގީ ރ.އަތޮޅުގައި ތަރައްޤީ ކުރަމުން އަންނަ ރިސޯޓަކުންނެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މުހައްމަދު ޝަހީރު ނަމަކަށް ކިޔާ މީހަކާއި ދެބެއިން ކަމަށްވާ އަހްމަދު ރަދީފް އާއި މުހައްމަދު ރަދީފް ކިޔާ މީހެކެވެ.

މިމައްސަލަ އާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ފުލުހުންގެ ބަހެއް ނުލިބޭ. މިމީހުން ހައްޔަރު ކުރީ ކޮންބައެއް. ހައްޔަރުކޮށްގެން ގެންދިޔައީ ކޮންތާކަށް. ހައްޔަރު ކުރިކަން އާދަމް ނަވާޒަށް އެންގީ ކޮންތާކުން؟