12:53

އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ހުލާސާ ބަޔާން ހުށަހަޅަން ނިންމާ މިއަދުގެ އަޑުއެހުން ނިންމާލައިފި. އޮކްޓޯބަރ މަހު 10 ވަނަ ދުވަހު ޝަރީޢަތް އޮންނާނީ 13:00 ގައި.

12:52

ޔާމީން: ހަސަން ލުތުފީގެ ބަޔާނުގައި އޮތީ އަޅުގަނޑަށް ގަބޫލު ނުކުރެވޭ ދެ ޖުމްލަ. އެއީ ޔާމީނާއި ބައްދަލު ކުރިކަމަށް ބުނާ ޖުމްލަ. އެންމެ ދެ ޖުމްލަ. ވީޑިއޯ ބަލާފައި ބޮޑީ ލޭންގްއޭޖަށް ބަލާފައި ގޮތެއް ނިންމޭނެ ކަމަކަށް ގަބޫލެއް ނުކުރަން.

12:52

ޔާމީން: ތުހުމަތު ކުރެވޭ ކެމްޕޭނަށް ލިބުނު ފައިސާ ވެސް ޖަމާ ކުރީ އެސްއޯއެފްގެ އެކައުންޓަށް ކަމަށް. އަދި އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ.

12:50

ޔާމީން: މުއައްވިޒާއި އަޅުގަނޑު ބައްދަލެއް ނުކުރަން. ހަސަން ލުތުފީ ވެސް އެބައޮތް އެހެން ވިދާޅުވެފައި. އެއްވެސް ތުހުމަތެއް ކުރެވޭ މިންވަރަށް ވެސް މިއީ ގޯސް ފައިސާކަމެއް އަޅުގަނޑަށް އަންގާފައެއް ނެތް.

12:48

ޔާމީން: އެކައުންޓް ސްޓޭޓްމަންޓް ފޮނުވީ އަޅުގަނޑު. އެއީ ރައީސް އޮފީހުން ކުރި ކަމެއް ނޫން. އަޅުގަނޑުގެ ހެޔޮ ނިޔަތެއް އޮތުމުން އެކަން ކުރުމުން.

12:46

ޔާމީން: ފައިސާ ފޮރުވާކަށް އެއްވެސް މަސައްކަތެއް ނުކުރަން. މިއަދުވެސް އެފައިސާ އެހެރީ އެފައިސާ ވަން ބޭންކްގައި ހުރި އަޅުގަނޑުގެ އެކައުންޓެއްގައި. އެފައިސާ އެކްސްކްރޯ އެކައުންޓަށް އެފައިސާ ޖަމާނުކުރީ އޭރުން މަނީ ލޯންޑްރިންގައި ބައިވެރިވި ކަމަށް ބެލެވޭނެތީ. އަދި އޭސީސީ އިން ބޭނުންވީ ބީއެމްއެލްގައި އެކައުންޓެއް ހުޅުވަން. މިފައިސާ އަކީ ދައުލަތުގެ ފައިސާ އަށް ފަހަރެއްގައި ވެސް ވެދާނެ ކަމަށް ލަފާކުރެވިގެން އެކްސްކްރޯ އެކައުންޓަށް ޖަމާކުރަން އިސްނެގީ އަޅުގަނޑު. އޭސީސީ އިން އަޅުގަނޑަށް އެނގި އެފައިސާގައި އަތް ނުލާން. އަޅުގަނޑު ވަރަށް ހިތާމަކުރަން އަޅުގަނޑުގެ މައްޗަށް މި ދައުވާ ކުރާތީ. މިއީ ސަރުކާރު ފަރާތުން ބޭނުން ވެގެން ކުރާ ދައުވާއެއް. ވަރަށް ފަހުން އެސްޓީއެފްއާރްތަކެއް ނެރެފައި ވަނީ. ޖިނާޢީ މައްސަލައެއް ސާބިތު ވާން ފުރަތަމަ ބަލަން ޖެހޭނީ ނިޔަތް.

12:41

ޔާމީން: ބޮޑު މުއްލާގެ އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ސާބިތެއް ނުވޭ. އެއްމިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިއިރު ވެސް އެސްއޯއެފްގެ އެކައުންޓްގައި މިލިއަނަކާއި ގާތައް ޑޮލަރު ހުރި. އަދީބަށް ވެސް ޒިޔަތައް ވެސް އެސްޓަބްލިޝް ކޮށްދެވިފައެއް ނެތް ބޮޑުމުއްލާގެ ފައިސާ ޔާމީންގެ އެކައުންޓަށް ވަންނަން ޖެހޭ ސަބަބެއް ނެތް. ލޯންޗް ގޮއްވާލުމުގެ ކުރިން އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަކަށް އޭސީސީގެ ތަޙްޤީޤަކަށް ފާހަގަ ކުރެވިފައެއް ނެތް.

12:39

ޔާމީން: އެސްއޯއެފް އިން ޖަމާކުރި ފައިސާ އަކީ ޤާނޫނާއި ހިލާފު ފައިސާތަކެއް ކަމެއް ނިންމޭނެ ހެކިތަކެއް ނެތް. އެސްއޯއެފް އާއި އެމްއެމްޕީއާރްސީގެ މުއާމަލާތްތަކަކީ ޤާނޫނާއި ހިލާފު މުއާމަލާތްތަކެއް ކަން އެއްވެސް ފަރާތަކުން ނިންމާފައެއް ނެތް.

12:38

ޔާމީން: މިއަދު ނުކުތާތަކެއް ފާހަގަކޮށްލާނަން. މިކަންކަން ޝަރީޢަތުގެ ސަމާލުކަމަށް ގެންނަން ބޭނުން. މަނީ ލޯންޑްރިންގައި ދެ އެލިމެންޓެއް އެބައޮތް. އެއް އެލިމެންޓަކީ ފައިސާއެއް އޮޅުވާލުމަށް މަސައްކަތް ކުރުން. އެސްއޯއެފް އިން ދިން ފައިސާ އަޅުގަނޑުގެ އެކައުންޓުން އެހެން މީހެއްގެ އެކައުންޓަކަށް ފައިސާއެއް ނުދޭ. އަޅުގަނޑުގެ އެކައުންޓަކުން އަޅުގަނޑުގެ އެހެން އެކައުންޓަކަށް ފައިސާ ޖަމާވުމަކީ އަސްލު އޮޅުވާލުން ކަމަކަށް ދައުލަތުން ސާބިތުކޮށެއް ނުދޭ.

12:35

ގާޞީ ހައިލަމް: ލުތުފީގެ ބަޔާން ރެކޯޑް ކުރި ސީޑީ ބަލައި ގަންނަން ނިންމި ނަމަވެސް އެއީ ހެއްކެތްގެ ގޮތުގައި ބަލައި ގަންނާނެ އެއްޗެއް ނޫން. އެ ސީޑީ އަށް ދޭނެ ދަރަޖައެއް އަދި ކޯޓުން ނުނިންމަން.

12:31

ޔާމީންގެ ވަކީލް އަލީ ޝާހް: ހެކިންގެ އަދުލްވެރިކަމާއި ބެހޭ ގޮތުން އަދި ފަހުން ވާހަކަދައްކާނަން.

12:30

ޔާމީންގެ ވަކީލް އަލީ ޝާހް: އަދީބާއި ޒިޔަތަކީ ބޮޑެތި ކުށްތަކެއްގެ ހުކުމް ތަންފީޒު ކުރަމުންދާ ބައެއް. މުއައްވިޒް ދައުވާ ލިބޭ ފަރާތާއި ބައްދަލު ކުރި ކަމަށް ބުނާ ބުނުމުން އިންކާރު ކުރަން. އެބައްދަލުވުމުގެ މައުލޫމާތު ހޯދަން ރައީސް އޮފީހާއި އޭސީސީގައި އެދިފައި ވާނެ. އަދި މިހާތަނަށް އެއްވެސް ފަރާތަކުން ޖަވާބެއް ނުދެއްވާ.

12:27

ޔާމީންގެ ވަކީލް އަލީ ޝާހް: އެސްއޯއެފްއަށް އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާވުމަކީ ޤާނޫނާއި ހިލާފު ކަމެއް ކަމަށް ނިންމޭކަށް ނެތް.

12:26

ޔާމީންގެ ވަކީލް އަލީ ޝާހް: ދައުލަތުން ހުށަހެޅި ހެކިތަނުން ވެސް ޔާމީންގެ އެކައުންޓަށް ޖަމާވީ ޤާނޫނާއި ހިލާފު ފައިސާކަމެއް ސާބިތެއް ނުވޭ.

12:24

ޔާމީންގެ ވަކީލް އަލީ ޝާހް: ކުށެއް ސާބިތު ކުރުމަށް ބޭނުންވާ އުންސުރުތައް މިހާތަނަށް ސާބިތުކޮށްދެވިފައެއް ނެތް.

12:23

ޔާމީންގެ ވަކީލް އަލީ ޝާހް: މިދެންނެވި ކަންތައްތަކަށް ބަލާއިރު ޖިނާޢީ ނިޔަތެއް ދައުވާ ލިބޭ ފަރާތުގައި ނެތް ކަން. އަދި ޕްރޮސެކިއުޓަރުން ހުށަހެޅި ލިޔުންތަކުންނާއި ހެކިތަކުން ވެސް މަނީ ލޯންޑްރިން ކުރި ކަމުގެ ހެއްކެތް ނެތް.

12:21

ޔާމީންގެ ވަކީލް އަލީ ޝާހް: މިހާ ހިސާބަށް އައިއިރު ވެސް މަނީ ލޯންޑްރިން ކުށް ކުރުމަށް ދައުވާ ލިބޭ ފަރާތުން ކުރިކަމެއް ސާބިތުކޮށްދެވިފައެއް ނެތް. އަދި ފައިސާ އަކީ ޤާނޫނާއި ހިލާފަށް ހޯދި ފައިސާކަން ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށްދެވިފައެއް ވެސް ނެތް.

12:16

ޔާމީންގެ ވަކީލް އަލީ ޝާހް: މަނީ ލޯންޑްރިން ދައުވާ ކުރާއިރު ޣައިރު ޤާނޫނީ ގޮތުން މުދާ ހޯދިކަން ނުވަތަ އޮޅުވާލިކަން ނުވަތަ ކުށެއް ކޮށްގެން ހޯދި މުދަލެއްކަން ސާބިތުކޮށްދޭން ޖެހޭ.

12:10

ޔާމީންގެ ވަކީލް އަލީ ޝާހް: ޤާނޫނު އަސާސީގައި 51 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ކުށް ސާބިތު ކުރަން ޖެހޭނެ ކަމެއް.

12:02

ޔާމީންގެ ވަކީލް އަލީ ޝާހް: ޔާމީންގެ އެކައުންޓް ސްޓޭޓްމަންޓް އޭސީސީއަށް ދެއްވީ ވެސް އެމަނިކުފާނު އަމިއްލަފުޅަށް. މިކަމުން ވެސް އެނގެނީ އެމަނިކުފާނުގެ ތެދު ނިޔަތް އޮތްކަން.

11:59

ޔާމީންގެ ވަކީލް އަލީ ޝާހް: އެކްސްކްރޯ އެއްބަސްވުމާއި އެއްވެސް ފަރާތެއް ހިލާފުވެފައިވާނަމަ އެކަން ނިންމުމަކީ ޕީޖީގެ މަަސްއޫލިއްޔަތެއް ނޫން. މަދަނީ މުއާމަލާތެއްގައި އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށް ބުނަން ޖެހޭނީ އެއްބަސްވުމުގެ ބައިވެރިން. އެއްބަސްވުމާއި ދައުވާ ލިބޭ ފަރާތް ހިލާފުވެފައިވާ ކަމަށް އޭސީސީ އިން ބުނެފައެއް ނުވޭ.

11:57

ޔާމީންގެ ވަކީލް އަލީ ޝާހް: އެއްބަސްވުމާއި އެއްގޮތައް އެއްމިލިއަން ޑޮލަރު އެކްސްކްރޯ އެކައުންޓަށް ވަނީ ޖަމާކޮށްފައި.

11:56

ޔާމީންގެ ވަކީލް އަލީ ޝާހް: އޭސީސީގެ ރިޕޯޓަކީ ދައުވާ ލިބޭ ފަރާތައް ގަސްދުގައި ދެރައެއް ދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ ރިޕޯޓެއް. އެ ރިޕޯޓްގައި ދައުވާ ލިބޭ ފަރާތައް ތުހުމަތުތަކެއް ކޮށްފައި ވާއިރު މުއައްވިޒް ކޯޓަށް ހާޒިރުވެ ހެކި ބަސް ދެމުން ވިދާޅުވީ ދައުވާ ލިބޭ ފަރާތައް އެއްވެސް ތުހުމަތެއް ނުކުރެވޭ ކަމަށް.

11:52

ޔާމީންގެ ވަކީލް އާދަމް އާސިފް: އެސްއޯއެފް އިން ޖަމާކުރި ފައިސާ އަކީ އަދީބު ބުނެގެން ޖަމާކުރި ފައިސާ ކަމަށް ގަބޫލު ކުރެވޭ. މަނީ ލޯންޑްރިން ޤާނޫނުގައި ބުނާ ލޯންޑަރ ކުރި ކަމަށް ބުނާ ފަދަ ކަމެއް މިމައްސަލައިގައި ނެތް.

11:50

ޔާމީންގެ ވަކީލް އާދަމް އާސިފް: ފައިސާ ޓްރާންސްފާ ކުރުމުގައި ޝައްކު ކުރެވޭނެ ކަމެއް އޮތްނަމަ ބޭންކާއި އެމްއެމްއޭއިން އެކަން އެލާޓް ކުރާނެ. އެފަދަ އެލާޓެއް ކޮށްފައެއް ނެތް.

11:50

ޔާމީންގެ ވަކީލް އާދަމް އާސިފް: އެކްސްކްރޯ އެއްބަސްވުމުގައި ބުނެފައިވޭ އެއްވެސް ހިލާފެއް އުފެދިއްޖެނަމަ ހައްލު ކުރަން ޖެހޭނީ މަޝްވަރާ ކޮށްގެން ކަމަށް. ނަމަވެސް މިހާތަނަށް އޭސީސީ އިން މިފަދަ މަޝްވަރާއަކަށް ހުށަހަޅާފައެއް ނެތް.

11:47

ޔާމީންގެ ވަކީލް އާދަމް އާސިފް: ޕީޖީގެ ދައުވާ އަކީ އޭސީސީގެ އިހްތިލާސްގެ ތެރެއަށް ވަނުމަށް ކުރާ ކަމެއް. އެކްސްކްރޯ އެއްބަސްވުން ދެމިއޮއްވާ ދައުވާ ކުރުމަކީ ޤާނޫނު އަސާސީ އާއި ހިލާފަށް. މިއީ މަގާމުގެ ދިފާޢުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޤާނޫނާއި ހިލާފަށް ކުރައްވާފައިވާ އަމަލެއް.

11:45

ޔާމީންގެ ވަކީލް އާދަމް އާސިފް: އެސްއޯއެފް އިން ޖަމާކުރި ފައިސާގެ މައްޗަށް ތުހުމަތެއް ކުރެވުނު ނަމަ އެކައުންޓް ފްރީޒް ކުރުން ފަދަ ކަމެއް ކުރުމުގެ ބާރު އޭސީސީ އަށް ލިބިގެންވޭ. އެފަދަ ފިޔަވަޅެއް ނޭޅުމުން އެނގުނީ އެއީ ޤާނޫނާއި ހިލާފަށް ފައިސާ އެއް ކަމަށް އޭސީސީ އިން ގަބޫލު ނުކުރާ ކަމަށް. ދައުވާ ލިބޭ ފަރާތުން އެއްވެސް ކުށެއް ކުރިކަމަށް މިހާތަނަށް ވެސް އޭސީސީ އިން ތުހުމަތެއް ނުކުރޭ.

11:43

ޔާމީންގެ ވަކީލް އާދަމް އާސިފް: އެކްސްކްރޯ އެކައުންޓަކީ މަދަނީ އެއްބަސްވުމެއް. މަދަނީ މައްސަލައެއްގައި ޖިނާޢީ ދައުވާއެއް ނުކުރެވޭނެ. މިމައްސަލައިގައި ކުށް ސާބިތުވެ ޙުކުމް ކޮށްފިނަމަ ޤާނޫނު އަސާސީގެ 51 އެއްވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ޙައްޤު ގެއްލިގެން ދާނެ. އެކްސްކްރޯ އެކައުންޓެއް ހަދަން ދައުވާ ލިބޭ ފަރާތުން އިސް ނެގުމުން އެދުމުން އެނގެނީ ތެދު ނިޔަތެއް އޮތް ކަން.

11:40

ޔާމީންގެ ވަކީލް އާދަމް އާސިފް: ދައުވާ ލިބޭ ފަރާތުގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި ފައިސާ އަކީ ދައުވާ ލިބޭ ފަރާތުގެ އިލްމެއް ނެތި ޖަމާވި ފައިސާ. މިއަދުވެސް ދައުލަތުން ބޭނުން ވެއްޖެނަމަ އެފައިސާ ނެގޭނެ ގޮތައް އެހުރީ އެކައުންޓްގައި.

11:39

ޔާމީންގެ ވަކީލް އާދަމް އާސިފް: ވަސީމް އާއި ޒަމީރުގެ ހެކިބަހުން އެނގުނީ ދައުވާ ލިބޭ ފަރާތުގެ ތެދު ނިޔަތް އޮތްކަން. އަދި ތަޙްޤީޤު ފެށުނު ފަހުން ދައުވާ ލިބޭ ފަރާތުން ދައްކަމުން ގެންދަނީ ތެދު ވާހަކަކަން. އެލިޔުންތަކަކީ ކުށެއް ތަންޒީމް ކުރާ ލިޔުންތަކެއް ނޫންކަން އެނގޭ.

11:38

ޔާމީންގެ ވަކީލް އާދަމް އާސިފް: ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކުރާ ކަންކަން ކުރުމަށް އެމްއެމްޕީއާރްސީގެ އާޓިކަލް އަށް ބަދަލު ގެންނަން އެންގެވީ ޔޫތު އެންޑް އިކޮނަމިކް ކައުންސިލުން ނިންމި ނިންމުމެއް. އެހެންކަމުން އެހެން ފަރާތެއްގެ ނިންމުމުގެ ސަބަބުން ކުށެއް ތަހްމީލް ކުރަން ޖެހޭނެ ސަބަބެއް ނޫން.

11:34

ޔާމީންގެ ވަކީލް އާދަމް އާސިފް: އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅާފައިވާ މާލީ ބަޔާނަށް ބަލާއިރު އެއްމިލިއަން ޑޮލަރަކީ އަދީބު ދިން ފައިސާ ކަމަށާއި އެފައިސާ ވަނީ އެސްކްރޯ އެކައުންޓްގައި ކަމަށް. މިއީ ދައުވާ ލިބޭ ފަރާތުގެ އިއުތިރާފެއް ނޫން. މިމައްސަލައިގައި ބަލަން ޖެހޭނީ އެކްސްރޯ އެއްބަސްވުމަށް.

11:28

ޔާމީންގެ ވަކީލް އަލީ ޝާހް: ޔާމީންގެ އެކައުންޓަށް ޖަމާކުރި ބޮޑުމުއްލާގެ ފައިސާ ކަމަށް ބެލެވޭނެ ހެއްކެތް ނެތް. އެފަދަ ތުހުމަތެއް ކުރެވުނު ނަމަވެސް ކުރެވިފައި ވަނީ 19000 ޑޮލަރު.

11:27

ޔާމީންގެ ވަކީލް އަލީ ޝާހް: ހަޤީޤަތް ހާމަކުރުމުގެ ބަދަލުގައި ދައުލަތުން ވާހަކަދައްކަނީ ހަމައެކަނި ބެލެވޭ ބެލުންތަކެއްގެ މައްޗަށް ބިނާކޮށް.

11:21

ޔާމީންގެ ވަކީލް އަލީ ޝާހް: ދައުލަތުން ޓްރާންސެކްޝަންގެ މައުލޫމާތު ސިއްރުކޮށް، ބައެއް ކަންކަން އޮޅޭ ގޮތައް މައުލޫމާތު ހާމަކުރަން އެނގޭ.

11:21

ޔާމީންގެ ވަކީލް އަލީ ޝާހް: ދައުލަތުން ހުށަހަޅާފައިވާ އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުން އެނގޭ ގޮތުގައި 19004 މުއާމަލާތެއް ހިމެނިފައިވޭ. މުއާމަލާތްތަކަށް ބަލާއިރު ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާ ކުރުމުގެ ކުރިން އެހެން އެކައުންޓްތަކަށް ފައިސާ ޖަމާ ކޮށްފައިވޭ. ދައުވާގައި ބުނެފައިވާ މުއާމަލާތް ކުރި މުއްދަތުގެ ތެރޭގައި އިތުރު 31 މުއާމަލާތް ކޮށްފައިވޭ. މިވާހަކަ ދައުލަތުން ފާހަގަ ކޮށްފައިވޭ.

11:16

ޔާމީންގެ ވަކީލް އަލީ ޝާހް: ބޮޑުމުއްލާ ކުއްޔަށް ދިނުމުގައި ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަން ދައުލަތުން ހުށަހެޅި ހެކިތަކުން އެނގޭ. ބޮޑުމުއްލާ އަކީ ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ރަށެއް ނޫންކަން ދައުލަތުން ހުށަހެޅި ހެކިތަކުން އެނގޭ. ބޮޑުމުއްލާ ކުއްޔަށް ދިނުމުގައި ޔާމީންގެ ބައިވެރިވުމެއް، ޔާމީންގެ އިހުމާލެއް އޮތްކަން ދައުލަތައް ދެއްކިފައެއް ނުވޭ.

11:14

ޔާމީންގެ ވަކީލް އަލީ ޝާހް: ތަޙްޤީޤީ އިދާރާ އަކުން މައްސަލައެއްގައި ތައްޔާރުކުރާ އެއިދާރާ އަކުން ދެކޭ ގޮތް ބަޔާން ކުރާ ރިޕޯޓަކީ މީހެއްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތު ކުރުމަށް ބޭނުން ކުރެވިދާނެ ރިޕޯޓެއްކަން ޕްރޮސެކިއުޓަރުން ސާބިތުކޮށްދީފައެއް ނުވޭ.

11:12

ޔާމީންގެ ވަކީލް އަލީ ޝާހް: ދައުވާގެ އަސާސް ކަމަށްވާ އެއްމިލިއަން ޑޮލަރަކީ ޝައްކު ކުރެވޭ ހާލަތެއް އުފެދިފައިވާ ފައިސާކަން ސާބިތެއް ނުކުރެވޭ. އެއްމިލިއަން ޑޮލަރަކީ އެކްސްކްރޯ އެކައުންޓާއި ހިލާފަށް ޖަމާކޮށްފައި ހުރި ފައިސާއެއް ކަމަށް ވާނަމަ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އެކަން ފާހަގަ ކުރާނެ. ނަމަވެސް އެފަދަ ކަމެއް ފާހަގަ ކޮށްފައެއް ނެތް.

11:09

ޔާމީންގެ ވަކީލް އަލީ ޝާހް: އެސްކްރޯ އެއްބަސްވުމާއި އެއްގޮތައް އަދިވެސް އެއް މިލިއަން ޑޮލަރު އެ އެކައުންޓްގައި އެބަހުރި. އެކަމުން އެނގެނީ ދައުލަތައް ލިބެން ޖެހޭ ފައިސާއެއް ނަމަ އެފައިސާ ދައުލަތައް ލިބިދިނުމަށް ދައުވާ ލިބޭ ފަރާތުން ބޭނުންވާކަން.

11:07

ޔާމީންގެ ވަކީލް އަލީ ޝާހް: ސިވިލް ކޯޓުން ނިންމާފައިވާ މައްސަލައެއްގައި އެމްއެމްޕީއާރްސީ އާއި އެސްއޯއެފް އިން ދިހަ މިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފައިވާކަން އެނގޭ. ދައުލަތުން ދައުވާ ކޮށްފައިވާ ފައިސާ އަކީ ޤާނޫނާއި ހިލާފަށް ހޯދާފައިވާ ފައިސާކަން އަދިވެސް ނިންމިފައި ނުވާކަން އޭސީސީގެ ކުރީގެ ރައީސް މުއައްވިޒް މިޝަރީޢަތުގައި ދިން ހެކިބަހުން އެނގޭ.

11:06

ޔާމީންގެ ވަކީލް އަލީ ޝާހް: ޔާމީންގެ އެކައުންޓުން ޖަމާކުރި ފައިސާ އަކީ ބޮޑުމުއްލާގެ ފައިސާ ކަން ސާބިތެއް ނުވޭ. އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ފަސްލައްކަ ޑޮލަރު ޖަމާކުރިއިރު 1.8 މިލިއަން ޑޮލަރު ހުރި. ދެވަނަ ފަހަރަށް ފަސް ލައްކަ ޑޮލަރު ޖަމާކުރިއިރު 1.4 މިލިއަން ޑޮލަރު ހުރި. އަދި އެމުއްދަތުގައި އެސްއޯއެފް އިން އެކި ފަރާތްތަކަށް ފައިސާ ޖަމާކޮށްފައިވޭ. އެހެންކަމުން ދައުލަތުން ދައްކާ ވާހަކަ ނަފީ ވާކަން އެނގޭ. މި ފިގާއަށް ބަލާއިރު ބޮޑުމުއްލާގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބެލި ނަމަވެސް ބެލެވޭނެ މިންވަރަކީ 19016 އެމެރިކާ ޑޮލަރު.

11:03

ޔާމީންގެ ވަކީލް އަލީ ޝާހް: ފުރަތަމަ ފާހަގަ ކޮށްލަން ބޭނުން ވަނީ ހެކި ބިނާ ވެގެން ވާން ވާނީ ދައުވާގެ މައްޗަށް ކަމަށް ދައުވާ ލިބޭ ފަރާތުން ދެކެން. އެސްއޯއެފް އަކީ ޤާނޫނާއި ހިލާފު ކަންތައްތަކެއް ކުރާ ކުންފުންޏެއް ކަން ސާބިތުކޮށްދެވިފައެއް ނެތް. އެސްއޯއެފް އިން އެމްއެމްޕީއާރްސީ އާއި އަދި ދައުލަތުގެ އެހެން އިދާރާތަކާއި އާއްމު ފަރާތްތަކާއި ކުންފުނިތަކާއި އެކު ވިޔަފާރިކޮށްފައިވާކަން އޭސީސީގެ ރިޕޯޓަކުން ފެންނަން އެބައޮތް.

10:58

ދައުލަތުގެ ވަކީލް: މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތައް ބަލާއިރު މަނީ ލޯންޑްރިން ޤާނޫނުގައި އޮތް އެކަށީގެންވާ ޝައްކު އުފެދޭ ހާލަތު އުފެދިފައި ވަނިކޮށް، ފައިސާ އިން މަންފާ ހޯދުމުގެ ބޭނުމުގައި އިންވެސްޓް ކޮށްފައި އޮތްކަން ފާހަގަ ކުރަން.

10:52

ދައުލަތުގެ ވަކީލް: ޒިޔަތު އާއި އަދީބުގެ ހެކިބަހަށް ބަލާއިރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިހުރި ފައިސާކަން އެނގޭ.

10:48

ދައުލަތުގެ ވަކީލް: ޔާމީން އޮޑިޓަރ ޖެނެރަލް އަށް ފޮނުވި މާލީ ބަޔާނުގައި އިސްލާމިކް ބޭންކަށް އެސްއޯއެފް އިން ޖަމާކުރި އެއްމިލިއަން ޑޮލަރު ވަނީ ބޭންކް އޮފް މޯލްޑިވްސްގައި އޮތް އެކްސްކްރޯ އެކައުންޓަކަށް ޖަމާކޮށްފައި ކަމަށް ބުނެފައިވޭ.

10:44

ދައުލަތުގެ ވަކީލް: އެކްސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެމްއެމްޕީއާރްސީ ފައިސާ ލިބުނު އެފްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ނޫންކަން ދައުލަތުން ފާހަގަ ކޮށްލަން ބޭނުންވޭ.

10:33

ދައުލަތުގެ ވަކީލް: އެކްސްކްރޯ އެކައުންޓަށް ޖަމާކުރަން އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނީ އެއީ ދައުލަތައް ލިބެން ޖެހޭ ފައިސާކަމަށް ގަބޫލު ކުރެވޭތީ ކަމަށް ދައުލަތުން ދެކެން.

10:30

ދައުލަތުގެ ވަކީލް: ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ކަމަށް އޭސީސީ އިން ޔާމީނާއި ސުވާލު ކުރުމުން މަނީ ލޯންޑްރިން ޤާނޫނުގައި ބުނާ ޝައްކު ކުރެވޭ ފައިސާ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް.

10:28

10:22

ކޯޓަށް ހާޒިރު ވެވެން ނެތް ކަމަށް އަޒީމާ ކޯޓަށް އަންގައިފި. އަޒީމާ ކޯޓަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ މިމައްސަލައިގައި އެކަމަނާގެ ފަރާތުން ދެވޭނެ ހެކިބަހެއް ނެތް ކަމަށް. އަދި ރާއްޖެ އިން ބޭރުގައި ވަޒީފާ އަދާކުރާތީ ކޯޓަށް ހާޒިރު ވެވެން ނެތް ކަމަށް.

10:20

ޝަރީޢަތުގެ އަޑުއެހުން ފަށައިފި.

10:16

ޔާމީނާއި ޔާމީންގެ ވަކީލުން އަދި ޕީޖީގެ ވަކީލުން ވެސް ޝަރީޢަތުގެ މަޖިލީހަށް ވަދެވަޑައިގެންފި.

09:50

ޝަރީޢަތުގެ އަޑުއެހުން އަދި ނުފަށާ. އަޑުއެހުން ފެށުން ލަސްވަނީ ކީއްވެކަމެއް ސާފެއް ނުވޭ. ނޫސްވެރިން މިހާރު ވަނީ ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދާ މާލަމަށް ވަދެފައި.

09:36

ޔާމީންގެ ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އަޒީމާ އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވީ ޔާމީންގެ ވެރިކަމުގައި. އެކަމަނާ އެމްއެމްއޭގެ ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވީ ފިރިކަލުން ޑރ.އަލީ ނަސީރު ރާއްޖެ އިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަން ކުރެއްވުމުން އެމެރިކާ އަށް ދިރިއުޅުން ބަދަލު ކުރެއްވުމަށް. ސަރުކާރު ބަދަލުވުމުން ޑރ.އަލީ ނަސީރުގެ މަގާމު ގެއްލުނު ނަމަވެސް މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ޑރ.އަލީ ނަސީރަށް ފޮރިން މިނިސްޓްރީގެ އާ މަގާމެއް ދެއްވާފައި.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ މިއަދުގެ އަޑުއެހުން ފަން ތައްޔާރުވެއްޖެއެވެ.

ޝަރީޢަތުގެ އަޑުއެހުން ފަށަން ތާވަލް ކޮށްފައި ވަނީ 09:30 ގައެވެ.

މިއަދު އޮންނާނީ ޔާމީންގެ ފަރާތުން ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަސް ނެގުމާއި، ޔާމީންގެ ފަރާތުން ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ލިޔުމަކާއި ބެހޭ ގޮތުން ވާހަކަދެއްކުމެވެ.

ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފިޔަވައު އެހެން ބޭފުޅުންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފައެވެ. ލުތުފީ ވަނީ ހެކިބަސް ދޭން ދެކޮޅު ހައްދަވާފައެވެ. އަދި އޭނާ ފުލުހުންނަށް ބަޔާން ދިނީ މަޖުބޫރު ކުރުމުން ކަމަށެވެ.

ލުތުފީ ފުލުހުންނަށް ބަޔާންދިން ވީޑިއޯ ބެލުމަށް ފަހު ލުތުފީގެ ބަޔާނަށް ބުރަދަނެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. މިއަދުގެ ޝަރީޢަތުގައި އެކަމަށް ގާޞީ ގޮތެއް ނިންމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. Anonymous

    ޔާމީން ފަހަތުން ދުވޭ.. މާދަމާ، ކައިއެތިކޮޅެއްނުލިބި ވަށްކަންކުރަން ފަށާހިސާބުގައި ގައުމު މިއޮތީ.. ޕޯޓްސް ލިމިޓެޑް ކައިރީ ޕާކިންގ ގަ ހުރި ލޮރީތައް ނުނަގާ ހުންނަތާ 10 ދުވަސް. ރާއްޖޭގެ ވިޔަފާރި ބަނދަރުގައި ކޮންޓައިނަރއެއް ބަރުނުކުރާތާ ވީދުވަހެއް ނޭނގޭ.. ގޭދޮށު ފިހާރައަކުން ދުވާލަކު 5 ހާސް ރުފިޔާގެ ވިޔަފާރި ނުވޭ.

    37
    1
  2. Anonymous

    ވަށްކަން ކުރީ ރައީސް ޔާމީނޯ.. ހެލްތް މިނިސްޓްރީން ކުރާ ވައްކަންތަކަށް ދިވެހިން ފާރަލާބަލަ. 13 އެމްބިއުލާން ގެންނަން އިންޑިޔާގެ މޯހަން މެހެތާއާ ހަވާލު ކޮށްފި. ގެންނަނީ ގޮނޑުންނަގައިގެން ދަބަރު ތަޅާލަ ގެންނަ އެއްޗެއްސޭވެސް ކިޔައިއަޑު އިވޭ.

    40
  3. Anonymous

    ދިވެހިން ނުކުމެ މިޝަރީއަތް ހުއްޓުވަންވެއްޖެ.. ޗެނަލް 13 އިން މަޑިސީލައިގަ އެކިޔާ ވާހަކަތައް ތަންކޮޅެއް ބޮޑަށް ފަތުރަބަލަ. ހުރިހާ ރަށަކަށް އެޚަބަރުތައް ކަރުދާހުގައި ލިޔެ މަގުތަކަށް އަޅާބަލަ. އަދި، ގޭދޮށުގައި ބޮޑު ޓީވީތައް ބަހައްޓައިގެން އަޑުގަދަކޮށް އެ އެއްޗެހި އިއްވަބަލަ. މިގައުމުގައި މިތިބީ ނެޖްލީޖެންޓް ހަސަދަވެރި އިންސާނުން ޣާފިލު ކަމުގެ ނިދިން ހޭލައްވަން އެބަޖެހޭ

    44
    3
    • އާޝޯޙު

      ޗެނަލް 13 ބަލަނީ ވެސް މި ރާއްޖޭގައި ތިބި ސިކުނޑި ހަމަ ނުޖެހޭ މީހުން.

      1
      23
      • Anonymous

        ޗެނަލް 13 ބަލާ އެންމެންގެ ސިކުނޑީގެ ޓެސްޓެއް ހަދާފަ ޕަބްލިޝްކޮށްފަ އޮތީމަ ތިހެން ބުނެވިދާނެ. އެހެން ނޫނީ ވަގަށް ގޮވާ ބަލިޖެހިފަހުރި ސިކުނޑި ޕެރަލައިޒް މީހެއްކަމަށް ގަބޫލުކުރެވޭނީ.

      • Anonymous

        ޗެނަލް 13 ބަލަން މަ ދައުވަތުދެން.

    • މުނާ

      ހަމަރަނގަޅަށް ތިބުނީ. 10.30 ގައި ފަށާނެ. ގައުމުގެ ކުންފުނިތައް އެތަންތަނުގެ ސީއީއޯއިން އިންޑިޔާގެ ވޯރާ ވިޔަފާރިވެރިންނާ ގުޅިގެން ހަނާކޮށްލާ ވާހަކަ ހެތްކާއެކު ހުށަހަޅާކަން މަވެސް ދެނަހުރިން.

    • Anonymous

      މަޑިސީލައަކީ ވަރަށް ފައްކާ ޕްރޮގްރާމެއް. ދިވެހި ގައުމުގެ ނިކަމެތި ހާލަތު ވަރަށް ފުރިހަމައަށް ގެނެސްދޭ. ބޮނޑިބަތުގެ އަސަރު ނެތް ސިކުނޑިތަކަށް އެއްޗެއް ވިސްނޭނެ. އެކަމަކު ބޫގަލަކީ ނިކަން ނުރައްކާއެއްޗެއް. ކާއެތިކޮޅު ނެތަސް ލޯމަތިން ފެންނާނީ އެމެރިކާގެ ނިއުޔޯކްސިޓީގަ ޕްރައިވެޓް ކާރުތަކުގައި އެތާނގެ ރެސްޓޯރަންޓްތަކުން ކާންތިއްބަ. ޝައިޠާނާގެ މަންޒަރުތަށް ސިކުނޑީގަ އެނބުރޭނީވެސް

  4. ޖާޒީރާ ބޯއީ

    އިސް ގާސީ ހައިލަމްގެ އަގުވައްޓާލަންވެގެން ގާސިމް އިބްރާހިމް ފަންޑުކުރުވައި ހިންގާ ޖިނާއީ ކުޅިގަނޑު އަތަށްގޮވާ ނިމިއްޖެ.

    36
    2
  5. ސައްދާމް

    އިބޫ ސޯލިހުގެ ސަރުކާެުން ކުޅޭމުންއަންނަ ހުދުމުހުތާރު ޓީވީ ޝޯ އަތައްގޮވައިފި.

    40
    2
  6. ހުދުހުދު

    ދޮގުހެކި ދޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ، ގާސިމް އިބްރާހިމް ފަންޑުކުރާ މިޝަރީއަތް ނިމިގެންދާނީ ރައީސް ޔާމިން އާއެއްކޮޅައް އިންޝާﷲ.

    45
    1
    • ރިއަލް ހުދުހުދު

      ވަރަށް ދަށު ދަރަޖައިގެ އަމަލެއް. އެހެން މީހަކު ކޮމެންޓް ކުރާ ނަމެއް ކޮޮޕީ ކޮށް އެނަމުގައި ކޮމެންޓް ކުރުން

    • އަޒޫ

      ‎إن شاء الله

  7. ހުދުހުދު

    ގާސިމް ދިން ފައިސާއަށް ވާވަރަށް ޝަރީއަތް ހިންގުމަށް ހައިލަމް ނިންމާފައިވަނީ އެހެންވެ ލުތުފީގެ އޯޑިއޯ އަޑުއަހަން ނިމްމީ.

    30
  8. Anonymous

    އައިޝަތޫ ކަލޭ ބޭނުންގޮތކަށްތަށް މީސްމީހުންގެ އެކައުންޓުގަ ހުންނަ ފައިސާ ބައިބަޔަށް އަޅަނީ. ކަލޭ ތިގެންގުޅެނީވެސް އެމްއެމްޕީއާރްސީގެ ފައިސާ ހިމެނޭ ފައިސާ

    25
    2
  9. Anonymous

    ދިވެހިންނޭ ހޭއަރާ.. މިސަރުކާރަކީ، ހަސަދަވެރިކަމާއި ބަދަލު ހިފުމައިގެން ވެރިކަމަށް އައިބައެއް.. އިންޑިޔާ ދިވެހިންނާ ހަސަދަވީ ދިވެހިން އިގްތިސާދީ ގޮތުން ކުރިއަރާތީ. ޗައިނާއާ އެމެރިކާ ހަސަދަވީވެސް މިސަބަބާހުރެ. މިސަރުކާރުން މިކޮށްދޭ ކަމަކީ އިންޑިޔާއިން ދިވެހިން ސައިޒް ކުރުމަށް އެހީވުން. އަބަދުވެސް، ކަނޑިއްކާ ލިބާހާއި، މިންޑާ ޖަންގު ފޮރާހުގައި. ޓެކްނޮލޮޖީ މަނާ، ތައުލީމް މަނާ. ރީތި އިމާރާތްތަކާއި ފައިސާ މަނާ. ހަމަ ޖަޒީރާގައި، ހަނޑަސްބުރީގައި.

    19
  10. Anonymous

    މެލޭޝިޔާގެ ކުންފުންޏަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ދޭންޖެހިދާނެ. މިކަން މިވަނީ މިސަރުކާރުން ރައީސް ޔާމީން ފައްޓަވާފައިހުރި އޮފީސް އިމާރާތުގެ މަަސައްކަތް ހުއްޓުވުމުން. ދިވެހިން އަދިވެސް އެފްބީއަށް ވަދެ ގޭގޭގަ ތިބެންވީތަ. ހުރިހާ ރަށެއްގެ ރައްޔިތުން މާލެއަރައި، މިސަރުކާރު ބޭރުކުރަންވީ. ގައުމު ހަލާކުވެ ނުދަނީސް ޣާފިލް ކަމުގެ ނިދިން ހޭލަން ވެއްޖެ.

    18
  11. ޝަރީފް

    ޢަލީ ނަޞީރަށް ދިން ސިޔާސީ މަޤާމުގެ ފައިދާ ފެނިއްޖެ! ޢަޒީމާ ހެކިބަސްދިނުމަށް އިންކާރުކޮށްފި! މަތްﷲ އީ މޮޅަށް ދެނެވޮޑިގެންވާ އިލާހް!

    22
  12. މާރިޔާ ދީދީ

    ޔާމީން ތިޔަކަމުން ސަލާމަތްވާނެ.އަދި ވެރިކަންވެސް ކުރާނެ

    25
    1
    • އަޒޫ

      ‎إن شاء الله

  13. ރިފާ

    ދެންހޭބަލިވޭ. ޔާމީންއަކީ ބެސްޓް

    21
  14. ދަންސޫރަ

    ތަރަށްގީގެ ރަންބާނީ ރައީސްޔާމީން މިހާރުން މިހާރަށް ދޫކޮއްލާ ގައުމުގެ ދަރަނި 50 ބިލިއަނަށް އަރައިފި 261.2 މިލިޔަން ޑޮލަރ އެމްޑީޕީ ވެރިކަމުގަ ގެއްލިއްޖެ އެހޯދަބަލަ 938.7 މިލިޔަން ޑޮލަރ ހުރިތަނުން261.2 މިލިޔަން ޑޮލަރ ގެއްލިއްޖެ.

    20
    • Anonymous

      މިހެން ކިޔާލަ ކިޔާލާ ތިބުމަކުން ކަމެއްނުވާނެ. ހިނގާބަލަ މުޅިގައުމު އެކީ މާލެއަރާ މިތާނގަމިތިބަ އިސްލާމް ދީނާ ގައުމުގެ ދުޝްމަނުން މިގައުމުން ފައްސާލަން.

  15. ދިރާސާ

    ގައުމުގެވެރިކަންކުރެއްވި ބޭފުޅަކަށް ހީއެއްގެމަށްޗަށް ދައުވާކުރެއްވުމަށްވުރެ މުހިއްމުކަމަށް އަހަރެން
    ދެނީ ފާޅުގައި ގާޒީއަކު ހިފާހައްޔަރުކޮށް އެކަހެރިކުރި މައްސަލގައި 13 އަހަރުގެޖަލުހުކުމެއް ކޯޓުންއިއްވި ފަރާތުގެ ހުކުމްތަންފީޒްކުރެއްވުން އެކަންނުކުރެއްވޭނަމަ ގާނޫނުގެހަމަހަމަކަން ހުރިހާ
    ފަރާތަކަށްލިބޭކަމަކަށްނުބެލެވޭގާނޫނުހަދާ މަޖިލީހުގެމެމްބަރުންވެސް މިކަންގަބޫލްފުޅުކުރައްވާނެކަމަށް
    ދެކެން ގާބޫލްނުކުރައްވާނަމަ ޢިއްޒަތްތެރި މެންބަރު ކިޔުމުގެ........

    17
    • އައިންތު

      އަދި އެހާވަރުގެ ބޮޑުކަމެއް ނޫންތޯ ވެރިކަމުން އިސްތިއުފާދީފަ ގައުމުގެ ހުރިހާ މުއައްސަަސާއެއްގަ ހުޅުޖަހާ އަންދާހުލިކޮށްލުން. ގާސިމް އިބްރާހީމްގެ މުދަލުގައި ހުޅުޖަހާ ފަނާކޮށްލުން އެކަންކަމުގެ ޝަރީއަތް ކުރަންވީނޫންތޯ މިސަރުކާރުންވެސް.
      ޔާމީނުގެ ވެރިކަމުގައި ބެލީ "ވެދިޔަތަން ވެ ހިނގައްޖޭ ކުރިޔަށް އޮތީ މުސްތަގުބަލޭ" މި ޝިއާރުގެ ދަށުން ގައުމު ކުރިއަރުވަން އާދާބުކުރަން ތަރައްގީކުރަން ގައުމުގެ މީހުނަށް ވަޒީފާތައް ތަނަވަސްކުރަން. ޔާމީނުގެ ވެރިކަމުގެ ތަރައްގީގެ މަސައްކަތަށް ހުރަސްއެޅި މީހުން ބަންދުކުރެވުނީ އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް.

  16. ާައަސްލަމް

    ސާބަހޭ ޔާމީން

    20
  17. ޖަސްޓިސް

    ހައު ޔޫ ގޮނަ އެސްކޭޕް ދަ ޑޭ އޮފް ޖަޖްމެންޓް. ވިލް ޔޫ ބީ އޭބަލް ޓު އެސްކޭޕް؟

    6
    1
  18. އިހުރު

    އިސް ގާޒީ ނިދިކުރަށްވަނީ ތާއްޔާ ޖެހިޖެހި. ޝަރީއަތަށް ސާފުވޭ މީވަކި ގޮތަކަށް ނިންމުމަށް އުޅޭ ކުޅިގަނޑެއްކަން.

    21
    1
  19. ތީތި

    ކިހާދެރަކަމެއް؟ ހެކިއެބަހުރި. ސާބިތުވާނެ. ސާބިތެއްނުވި.. ކީކޭ ކިޔަން މިއުޅެނީ.. ކޮން ޝަރީޢަތެއް ކުރާކަން ... ބުނެބަލަ ސަރުކާރުގެ ލާރިގަޑު ކަމެއް ނުކުރެވިގެން އުޅެނިކޮށް ހުސްވާތީ ސަރުކާރާ ހަވާލް ކުރާށޭ.. ދެއިރު ކާ ބޭހެއްހެއް ސާބިތު ނުވާކަމަކަށް ކޮން ޝަރީޢަތެއް ބާއްވާކަން... މިހާރުވެސް މި ސަރުކާރުގެ ލާރިގަޑު މައްސަ ބަލަންފަށާބަލަ ވަގުތުން ސާބުތުވާނެ.... ޢެފެންވަރުގެ ސަރުކާރެއް ދަޑިފަނު ސަރުކާރު.. މީހުން މަގުފުރައްދާ ސަރުކާރު ލާދީނީ ސަރުކާރު ދެން ލަލލަލަ

  20. ހޯރަ ބޭ

    ބޭކާރު ވާހަކަނުދައްކާ ވައްކަންކޮންގައުމު ވަނީ ސުންނާފަތިކޮންފަ ޔާމީން

    • ތީތި

      މިސަރުކާރު ވެއްޓޭއިރު އިނގޭނެ ކަމެއްނުކޮށްދީ އެންމެގިނައިން ވައްކަން ކުރީ ޔާމީނުތޯ ކިބޫތޯ؟ ވަގުން ގޮވާނީ ވަގުންނަށް

  21. ހޯރަ ބޭ

    ލިލީސުޓޯރުގައިވެސް ޔާމީނުފައިސާ ހުރިކަން ނޭގެތަ އެކަންފުރަތަމަވެސްފެށީ ފައިސާދީގެން ޔާމީން

    1
    3
  22. ޏ

    މާލެތެރެއަށްއެތެރެކޮއްފަވާ ބިސްވެސް ނުވިކިގެން ވިޔަފާރި ވެރިން އެއުޅެނީ .އަތުގަ ފައިސާނެތީތީ ރައްޔިތުން އެތިބެނީ ބިސްވެސް ނުކާ .ގުދަނާ ހިސާބަށް ނުގެނެވެނިސް ހުސްވާ ބިސް ގައުމު ބަޑަށް އާއްމުދަނީ ދަށަށް .ސަރުކާރުން ރ ޔާމީސް ފަހަތުން ނުނެއްޓިފަ .ކުރީގެ މިނިސްޓަރ ން މިސަރުކާރަށް ވައިޖަހަނީ ކީއްވެ؟ ބައިވަރުތަކެއް ލިބޭތީތަ ؟

  23. ބުރޯ

    ޔާމީނު ގެ މައްސަލަޔަކީ ނަސީދު ހިންގެވިކަމަށް ތުހުމަތު ކުރެވިފާހުރި ކަންކަމާ އޯޑިޓް ރިޕޯޓް ތަކުގާ ހުރި މައްސަލަތައް ނުބެލުން. ޔާމީނުގެ މައްސަލައެއް އޮތިކީ ނޫން . ކުރިންވެސް 800 މިލިއން ޑޮލަރޭ ކިޔައިގެން ސިންގަޕޯރ އާބިޓްރޭސަނަށް ހުށަހެޅި .މި ދައުވާއަކީ ވެރިކަން ބަދަލުވިފަހުން ސަރުކާރުންތައްޔާރުކުރި ލިއުންތަކެއްގެ މައްޗަށް ކުރެވޭ ދައުވާއެއް. ޔާމީނަށް އެކަނިތަ ؟ އެސް އޯއެފް އިނަ ފައިސާދިނީ އަދި ޖަމާކުރީ އެކަމަކު ދައުވާކުރަނީ ޔާމީނަށް އެކަނި މިވެސް ގާނޫނުއަސާސީ ގެ 17 ވަނަ މާއްދާއާ ހިލާފު ވުމެއް.