16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރަށް ފަހު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 8 ފުލުހެއްގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށްފި އެވެ.

ހައްޔަރުކޮއްފައިވާ ފުލުހުންގެ މައްޗަށް ގާނޫނުގައިވާ ވާޖިބެއް އަދާނުކޮށް ދޫކޮށްލުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހުސެއިނާއި ސްޓޭޝަން އިންސްޕެކްޓަ ފާއިޒް މުހައްމަދާއި ސާޖަންޓް އަހުމަދު އާސިމާއި ސާޖަންޓް އަލީ ރިޝްވާނާއި ސާޖަންޓް އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އަށް ކުރެ އެވެ. ކުށުގެ ތުހުމަތަށް ހައްޔަރު ކުރުމަށް ފަހު މި އެންމެން ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.

ވާޖިބު އަދާ ނުކުރުމުގެ އިތުރުން ނިރުބަވެރިކަން މަނާކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވަން އުޅުމާއި އަދި ގާނޫނާ ހިލާފަށް ސިޔާސީ އަދި ދީނީ ވަކި ފިކުރެއް ކުރިއެރުވުމުގެ މަގްސަދުގައި އާންމުންނަށް ނުވަތަ ބައެއް އާންމުންގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވަން އުޅުމާއި ނިރުބަވެރި އަމަލެއް ހިންގުމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދިނުން ނުވަތަ ބައިވެރިވުމުގެ ތުހުމަތު އެމީހުންނަށް ކުރެއެވެ.

މި ފުލުހުންތަައް ހައްޔަރު ކުރީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް ނިކުމެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައި ސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު މަޖިލީހުގެ ގޮޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފައިވާ 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށާއި އެކި ސިޔާސީ ދައުވާ އުފުލައި ޖަލު ހުކުމްކޮށްފައިވާ ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސްޕްރީމު ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން ޖެހޭ ތަނެއް މިހާރު ނެތް ކަމަށް ބުނެ ސްޕްރީމް ކޯޓުން އެ އަމުރު މި ދިޔަ މަހު 18 ވަނަ ދުވަހު ވަނީ ބާތިލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދި މަދު ތި ޚާއިނުންނަށް ކުރި ތުހުމަތު

  2. ާަަަަަަޢަލީ

    ވަރަށްދެރަ

  3. ޣައްދާރުންގެ ބައިގަނޑަށް ތިޔޮތީ ރާކަނިމަސް ކެވިފައި ދޮތަ؟