"މަތީ ވަޒީފާތަކަށް ދިވެހިންގެ ހުނަރެއް ނެތް – މިނިސްޓަރ ފައްޔާޒް" މި ސުރުޚީގައި "ވަގުތު" ނޫހުން 27 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ޝާޢިއުކޮށްފައިވާ ޚަބަރުގައި އޮޅުންއަރާފަދަ ވާހަކަތަކެއް ހިމެނިފައިވާތީ، މި ނޫހުގެ ފަރާތުން މައާފަށް އެދެމެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ފަރުކޮޅުފުށީގައި ފެށި ޖޮބް ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަފުޅުގައި، މަތީފަންތީގެ ވަޒީފާތައް އަދާކުރުމުގެ ހުނަރު ދިވެހިންގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށް "ވަގުތު"ގައި ގެނެސްދެވިފައިވަނީ ކުށަކުންނެވެ.

ރޭ ގެނެސްދިން ޚަބަރުގައި، މަތީ ވަޒީފާތަކަށް ދިވެހިންގެ ހުނަރެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށް ބަޔާން ކޮށްފައި ވީނަމަވެސް، ރަސްމިއްޔާތުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވެފައި ވަނީ، މަތީ ފަންތީގެ ވަޒީފާތަކަށް ބޭނުންވާ ހުނަރުތައް ދިވެހިންނަށް ރަނގަޅަށް ހޯދައިދެވިފައި ނުވާކަމަށެވެ.

"ޚާއްސަކޮށް މަތީ ފަންތީގެ ނުވަތަ މެދުފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމުގަ އެބައުޅޭ ކޮންމެވެސް ވަރަކަށް ސްކިލް ގެޕެއްވެސް. އެ ވަޒީފާތަށް އަދާކުރަންޖެހޭ ބައެއް ބޭނުންވާ ހުނަރުތައް އަޅުގަނޑުމެންނަކަށެއް ނެތް ދިވެހިންނަށް އެ ތަމްރީނުތައް ރަނގަޅަށް ހޯދައިދެވިފައެއް. އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ، ޚާއްސަކޮށް މެދު ފަންތިއާއި މަތީފަންތީގެ ޓޫރިޒަމްގެ ވަޒީފާތަކަށް ދިވެހިން ނެރުމަށް އަދި ބޭރުގެ ފަރާތްތަކުގެ ރޭޝިއޯ ކުޑަކުރުމަށް، އެކަމަށް ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންތައްތަކެއް ކުރަން. މިކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިޔަށް ގެންދާންނަ،" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ވީމާ، "މަތީ ވަޒީފާތަކަށް ދިވެހިންގެ ހުނަރެއް ނެތް – މިނިސްޓަރ ފައްޔާޒް" މި ސުރުޚީގެ ދަށުން "ވަގުތު"ގައި ނެގެސްދީފައިވާ ޚަބަރާއި ގުޅިގެން މިނިސްޓަރ ފައްޔާޒް އާއި "ވަގުތު"ގެ އެންމެހައި ކިޔުންތެރިންގެ އަރިހުން މައާފަށް އެދެމެވެ. އަދި މިކަމާއި ގުޅިގެން ކިޔާފައިވާ ފާޑުކިޔުންތައް މި ނޫހުން ބަލައިގަންނަ ހިނދު، އިތުރަށް މިފަދަ ކަމެއް ތަކުރާރުވިޔަ ނުދީ ޚަބަރުތައް ގެނެސްދެމުންދާނެކަމުގެ ޔަގީންކަން ކިޔުންތެރިންނަށް އަރުވަމެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. މުހައަމަދު

  ރަނގަޅު. ތިހެން އަސްލު ވާން ވާނީ. ދެން މި އުޅޭ ނޫސްތަކުން ހެޔޮ ކޮންމެ ކަމެއް ކޮށްފަވެސް މާފަކަށް ނޭދޭނެ. ޙަބަރު ޑިލީޓުކޮށްފަ ފިލާނީ ?

  119
  15
  • ހައްޤުބަސް

   އެހެން މާފަށް އެދުމަކީ ވަރަށް ގަޓު ކެރޭ މީހުންނަށް ނޫނީ ނުވާނެކަމެއް.. އަހަރެމެން އެންމެންނަކީ ވެސް އިމްސާނުން.. އެބަހީ ވަރަށް ގިނައިން ކުށް ނުވަތަ ގޯސް ނުވަރަ އިނގެރޭސިބަހުން މި ކިޔާ “މިސްޓޭކް” ހެދޭނެއޭ.. މާފަށް އެދި އެކަން އިސްލާހުކުރުމަކީ ވަރަށް ކެރޭ މަދު ބަޔަކަށް ނޫނީ ނުކުރެވޭ ހެޔޮ ޢަމަލެއް މުހިންމު ސިފައެއް.. ވަގުތަކީ ހަމަ ނަމޫނާ ދައްކާ ކުދިބައެއް އުޅޭ ނޫހެއް

   23
   6
 2. އަހުމަދު ހުސައިން އަލީ

  ހޯދައިދެވިފައިނުވުމަކީ ސަބަބުތާ! ާ ކޮންމެ ސަބަކާ ހުރެވެސް ހުނަރު ނެތް ވާހަކަތާ އެބުނީ. ދެން މާފަށް އެދެން ޖެހޭ ސަބަބަކީ ކޮބާ؟

  66
  15
  • ބަފާ

   ތިހެން ކިޔާފަ ވެސް ކަލޭ ވަންނާނީ ވަގުތު ނޫހަށް ވިއްޔާ..
   ލޮލް..

   40
   8
 3. ޓިނު

  ކަލޭމެން ކަމަކީ މިގައުމުގަ ފިތުނަ އުފެއްދުން

  52
  82
  • ޓިނު

   އެންމެ ކަންކަން އޮޅުވާލާ ނޫސް

   37
   69
 4. ވަގުތުސަކްސް

  ރީތި ވެއްޖެއެއްނު. ދެންވެސް ތަންކޮޅެއް ހޭލުންތެރިވެބަލަ. އެޔެއް މިޔެއްނުބަލާ ޙަބަރު ލިޔުން ހުއްޓާލަންވެއްޖެއެއްނު. މެނިޕުލޭޓްވާ ކަހަލަ ސުރުޙީ ލިޔުން ދޫކޮށްލަންވެއްޖެއެއްނު

  46
  72
 5. ހާމިދު

  ވަރަށް ރީތި ސިފައެއް! ފާޑު ކިޔާނެ! އެކަމަކު އެއީ ހަމަ ކުރިއަށް ދިއުމަށް ކޮށޭ މަގެއް! ކޮންމެ ގޮތެއް ވިޔަސް ހަމ އެންމެ ގިނަ މީހުން ވަގުތު އޮންލައިން އަށް ވަންނަނީ ކުރެވޭ އިތުބާރެއްގެ ބޮޑު ކަމުން! ތާޒާކަން މަތީ ޚަބަރު ތަކުގެ ތަފްޞީލާއެކު ލިބޭތީ! ގިނަ އޮންލައިން ނޫސްތަކުގަ ސުރުޚީގެ ފަހުން އެއް ޖުމުލަ ލިޔެފަ އޮވޭ ތަފްޞީލް އަންނަނީ....އޭ ކިޔާފަ! އެކަމަކު އެ ތަފްޞީލެއް ނާދޭ އެއް ދުވަސް ވާއިރުވެސް! އެކަމަކު ވަގުތު ހަބޭސް! މީހުންގެތެރޭގައި މަޤްބޫލުކަން ގެއްލޭ ޚަބަރުތައް ނުލިޔުމަށް ސަމާލުވޭ! އޯލް ދަ ބެސްޓް ވަގުތު

  81
  16
 6. ާއަޙްމަދު

  ވަ ގުތު ކުދިން މާމޮޅުކޮށް ސުރުޚީ ލިޔަނީ. ޢިއްޒަތްތެރި މިނިސްޓަރު އެވިދާޅުވީ ހުނަރުނެތް ވާހަކައެއްނޫން. ހުނަރުހުރި މީހުން މަދުވާހަކަ. ޔަޢުނީ ސްކިލް ގެޕް ގެވާހަކަ.

  32
  43
  • ޔައުނީ

   ޔައުނީ އުބޫ ކިބައިގައި އެފެންވަރެއް ހުނަރެއް ނެތްކަން ދޯ

   8
   1
 7. ގަމާރު ނޫސްވެރިން

  ނޫސްވެރިކަމެއް ކުރަން ނޭނގޭ ބައެއް ތިޔައީ

  32
  45
  • ?

   ދެން ނޫސްވެރިކަން ކުރަން އިނ ގޭ މީހާ ދާންވީއެއްނުން ނޫސްވެރިކަން ކުރަން?

   49
   20
 8. މަންޖެ

  ކުރީ މަވެސް ވރަށްނުކިޔަން ވަގުތުން ގެނެސްދޭހަބަރުތަށް މިހާރު އެކަމަކު ހަމަހަބޭސް ސާބަހޭ ވަގުތުގެ ކުދިންކޮޅަށް

  44
  16
 9. ޙަރީބު

  ވަގުތު ނޫސް ހަމަ ހަބޭސް

  44
  23
  • ބޯކިބާ

   އުނހު، ނުކުރެވޭނެ.

   13
   1
 10. ޑޯންވޮނާ

  ރާއްޖޭގައި ގަވާްއިދާއި ޚިލާފަށް ބިދޭސީން މަސައްކަތް ކުރުމަކީ އެއީ ގާނޫނީ ގޮތުން މަނާ ކަމެކޭ އެކަމަކު ތަމެންގެ ސަރުކާރުން އެ ބިދޭސީން ނަށް އަލުން ގަވާއިދުގެ ތެރެއަށް ވަންނަން ފުރުސަތު ދިނުމުން މަމެންނަށް އެގިގެން މިދަނީ އެއީ ތަމެންގެ ވެރިކަމަކީ އެއީ ޒީރޯ ޓޮލެެރެންސްގެ ދަށުން ގާނޫނު އޮޅާލި ބަޔެއް ކަމަށޭ އައި ކުޑް ސްޓޭ އަވޭކް އޮން ދިސް އިޓްސް އަ މޯމެންޓް އޮފް ޓްރީޝަން އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް...

  5
  1
 11. ޑޯންވޮނާ

  އދ. ގެ ދަތުރަށް ހަ މިލިއަން ރުފިޔާ ހަރަދެއް ނުވާނެ ކަމަށް ރައީސް ގެ ތަރުޖަމާނު ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ އެތައް ސަތޭކަ ބަޔަކު ގޮވައިގެން އެމެރިކާގެ އެންމެ އަގު ބޮޑު ސިޓީ ކަމުގައިވާ ނިއު ޔޯރކް އަށް ގޮސް ކޮންމެ މީހަކު އެންމެ އަގު ބޮޑު ހޮޓާ ތަކުން ކޮންމެ މީހަކަށް ބޮޑު ޕްރެޒިޑެންޝަލް ސޫޓެއްގައި ތިބޭ އިރު ދެން ޚަރަދު ދާނެ ވަރު ވިސްނާށޭ ކޮންމެ މީހަކު ވެސް އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮން ކްލޯސް މައި އައިޒް އޮން ދިސް...

  6
  2
 12. ސމ ކޑދނ

  ކިހާ ދެރަ ތި ވީ ގޮތް.. އަހަރެމެނެ މިހަާރު މިނިސްޓަރާ ދިމާލައް އެއްޗެހިވެސް ކިޔައިފިން. ދެން އަހަރެމެންގެ މަތިން މިނިސްޓަރ އަށް ވެސް މާފު ފޮނުވައިދީ. ބުނައްޗޭ ވ ބޮޑަށް ށޮރީ އޭ!??

  35
  1
 13. ޢިބްރާ

  "ޚާއްސަކޮށް މަތީ ފަންތީގެ ނުވަތަ މެދުފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމުގަ "އެބައުޅޭ ކޮންމެވެސް ވަރަ ކަށް ސްކިލް ގެޕެއްވެސް. އެ ވަޒީފާތަށް އަދާކުރަންޖެހޭ ބައެއް ބޭނުންވާ ހުނަރުތައް އަޅުގަނޑުމެންނަކަށެއް ނެތް ދިވެހިންނަށް އެ ތަމްރީނު ތައް ރަނގަޅަށް ހޯދައިދެވިފަ އެއް."
  މިކިޔަނީ ހަމަ އެކައްޗެއްނު ފެންވަރެއްނެތް ބުނުމު ގަ ތަފާތެއް ހުރީ ،
  " ކައި ގެންނޭ ފުރާނީ ނުކައެއް ނުފުރާނަމޭ " ކޮބާ ތަފާތަކީ

  11
 14. ޟަރީ

  ޢެހެން ނޫހަކުން ހެޔޮ ކިތަންމެ ވަތަކަށް ދޮގު ހަބަރު ލިޔުނަސް ކުރީ ދުވަހުވެސް ރތީވީ ހަބަރުގައަޑުއެހިން ސްވިމިން ޕޫލެއްގެ ވާހަކަ މަހްލޫފަށް ސުކުރު އަދާކޮށް ހަބަރުގެނަސްދިން ގޮތހުން ހީވީ މިސަރުކާރުން ހެދިތަނއްހެން މިގޮތހަށް ވަރަށް ޮލހުވާލައިގެން ސަރުކާރަށް ތާައިދު ކުރާ ތަންތަނުން ހަބަރު ގ3ނަސްދޭ

 15. ތަރުޖަމާނު

  ތިބުނާމީހާ އަސްލު ގަޅިއެއް އެއްލާލީ އިބުރާހީމް އާއި ދިމާލަށް އެއީ އޭނާ ނުކިޔަވާ ހުއްޓަސް މަތީ ވެރިކަމެއް، ރައްޔިތުން ގުނބޯ ހައްދައިގެން އޭނަޔަށް ހޯދައިދެވުނު މޮޔަ ހިތަށްއަރާފަ، ތިކަން ތިއޮތީ ކަލޭމެނަށް ކުރެވިފަ ދެން ފެންވަރެއްނެތޭ ކިޔާނެކަމެއްނެތް

 16. މިގޭ

  ވަގުތު ނޫހަށް ފާލުމާއި، ދަތިކުރުމަކީ މިސަރުކާރުން ވަރަށް އަހުމިއްޔަތުދޭކަމެއް. ވަގުތު ނޫސް މެނުވީ ދެކޮޅަށް އެއްޗެއް ބުނާނެ ނޫހެއް މިހާރަކު ނެތް. މިހާރު ނޫސް ސަރުކާރަށް އެންމެ ރަނގަޅުވާނީ ރަންގަލަން. ވަގުތުނޫސް ކުރިޔަށް ބަރަށްކުރިޔަށް.