ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުން އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގެ ގޮތުން ސާވޭއެއް ކުރިއަށް ގެންދިއުމަށް މާލެ ވޯޓަރ ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ) އިނ ހަމަ ޖައްސައިފިއެވެ.

އެމް.ޑަބްލިއު.އެސް.ސީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް ކަމަށެވެ.

އެމް.ޑަބްލިއު.އެސް.ސީ ބުނީ، ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށް، އިތުރަށް ތަރައްގީކޮށް ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައެވެ.

މާލެ، ހުޅުމާލެ، އަދި ވިލިމާލެ ހިމެނޭގޮތުން ދެމަސްދުވަހު ކުރިއަށް ގެންދާ މިސާވޭގައި ކޮމާޝަލް ބަދިގެތަކުގައި އޮއިލް ޓްރެޕް ހުރިތޯ ފާސްކުރުމާއި ވިޔަފާރީގެ ކަންކަމަށް ބޭނުންކުރާ ބަދިގެތައް ދެނެގަތުމާއި، އަދި އިމާރާތްތަކުގެ ދިޔަދޮވިތައް ގުޅާފައިވާ ގޮތް ބެލިގެން ދާނެ ކަމަށް އެމް.ޑަބްލިއު.އެސް.ސީންް ބުންޏެވެ.

އަދި މީގެއިތުރުން ދޮރުން ދޮރަށް ހިނގައި، ގޭގެ ނަރުދަމާ ނިޒާމަށް މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކާ މެދުގައި ހޭލުންތެރި ކުރުވުމުގެ ގޮތުން މައުލޫމާތު ފޯރު ކޮށްދިނުންވެސް ހިމެނެއެވެ.

އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާ އެ ސާވޭގައި ބައިވެރިވާނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށާއި ސާވޭ ކުރާ މުވައްޒަފުން އަބަދު ވެސް ތިބޭނީ އެ ކުންފުނީގެ މުވައްޒަފެއްކަން އަންގައިދޭ ކާޑެއް އަޅައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ސާވޭ ކުރާ ފަރާތެއްކަން އިނގޭނެ ގޮތަށް ކުންފުނީގެ ނިޝާން ޖަހާފައިވާ ފާހެއް އަޅައިގެންނެވެ.

އަދި މިސާވޭގައި އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހ

    ބަލަ ކުރީ ސަރުކާރުން މާލޭގެ ބޮޑެތި މަގުތަކުގައި ވަޅުލަަން ފެށި ފާޚާނާ ހޮޅީގެ މަސްރޫއުގެ ކުރެހުން ތަކާއި އެކަން ކުރި މީޙުން ތިޔަ ކުންފުނީގައި މީހާރުވެސް އެބަތިބި ނޫންތޯ ދެން ކޮން ސަރވޭ އެއްތޯ ތިޔަ ކުރަނީ އެ މަސްރޫއު ކުރިއަށް ގެންދަން ވީ ނޫންތޯ ފޮޓޯ ތަކާއި ޚަބަރު އަދި އަމަލީ މަސައްކަތުގެ ވީޑިއޯ އެބަހުރި ބޭނުންނަމަ ދެވިދާނެ

  2. ކުޑަބަޖަރާ

    މިހާރު ދަތުރުވެރިންގެ މާރުކޭޓް 25 ބުރިއަށް ނަގާ ނިމި އެތެރޭގެ ގޮޅިތައް ހަދަނީ. މިސަރުކާރުން ވަރަށްކުޑަ ޚަރަދަކުން ވަރަށް އަވަހަށް މަސައްކަތް ނިންމާލާނެ. ކައުންސިލް އިންތިޚާބުގެ ކުރިން ގޮޅިތައް ދޫކުރާނެ.