ހ.ހާޖަރާގެ ތަޅާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ހައުސިންގ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، ބީލަން ހުޅުވުން އޮންނާނީ އޮކްޓޫބަރު 07 ވާ ހޯމަ ދުވަހުގެ 13:00 ގައި އެ މިނިސްޓްރީގައި ކަމަަށެވެ. އަދި އެ ދުވަހުގެ 13:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެ އިއުލާނުގައި އެދިފައި ވެއެވެ.

މި މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިޢުރިޓީގެ ގޮތުގައި 2500/- (ދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަން ޖެހެއެވެ.

ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.

އަދި ޕަރފޯމެންސް ބޭންކް ގެރެންޓިއެއްގެ ގޮތުގައި، ހުށަހަޅާ ޖުމްލަ އަގުގެ %7 ގެ ޕަރފޯމެންސް ގެރެންޓީއެއް ބިޑް އެވޯރޑްވާ ފަރާތުން ހުށަހަޅަންވާނެއެވެ.

ހާޖަރާގެ އަކީ ވެށިފަހި މާލެ ޕްރޮގްރާމުގެ ތެރެއިން ބަދަލުދީ ދައުލަތަށް ނަގާފައިވާ ގެއެކެވެ.