މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ މެދުތެރޭގެ އަތޮޅަކަށް ހުދު ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 16:00 އިން މިރޭ 21:00 ހަމައަށެވެ.

މެޓް އޮފީހުން ބުނެފައި ވަނީ މިގަޑީގައި ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހި، ގުގުރުމުގެ އަސަރު ބައެއް އަތޮޅުތަކަށް ކުރާނެކަމަށާއި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނޭ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މި ހިސާބުތަކަށް 50 މިލިމީޓަރުގެ ވާރޭ ވެހޭނޭ ކަމަށް ލަފާ ކުރެވިފައި ވާއިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެއެވެ. މިއާއިއެކު މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގޭ ވިއްސާރާގައި ބައެއް ރަށްރަށުގައިވަނީ ފެންބޮޑުވުމުގެ ހާދިސާތައްވެސް ހިނގާފައެވެ. އަދި މޫސުމާއި ބެހޭ އިދާރާ އިން ސަމާލުތައް ނެރޭ މިންވަރުވެސް މި ދުވަސްކޮޅު އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެ އިދާރާ އިން މީގެ ކުރިން ނެރެފައިވާ ރިޕޯޓެއްގައި ބުނާގޮތުން އޮކްޓޫބަރު، ނޮވެންބަރު އަދި ޑިސެމްބަރު މި 3 މަހު ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް މިދުވަސްކޮޅު މީގެ ކުރީ އަހަރުތަކުގައި ވާރޭ ވެހޭ މިންވަރަށް ވުރެ 10 އިންސައްތަ ގިނައިން ވެހޭނޭ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވެހޭނީ އާއްމުކޮށް ވެހޭ މިންވަރަށް ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އައްޑުއަތުޅައްވެސް ވަ ރަށް ވިއްސާ ރަ.