ކުރަން ހުރި ކަންކަން ތަރުތީބު ކުރެވިއްޖެ ކަމަށާއި ދެން އޮތީ ކުރަން ހުރި ކަންތައްތައް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ 2023 އާއި ހަމައަށް ސަރުކާރުން އެކުލަވާލި ސްޓްރަޓެޖިކް އެކްޝަން ޕްލޭން އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ބައެއް ބޭފުޅުން ބޭނުން ނުވާ ގޮތައް ބައެއް ކަންކަން ލިޔެވިފައި ހުރެދާނެ ކަމަށާއި ނަމަވެސް އެކަންކަން ތަންފީޒު ކުރުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

"ބައެއް ބޭފުޅުން ބޭނުން ނުވާ ގޮތައް މީގައި ކަންކަން ލިޔެވިފައި ހުރެދާނެ. ނަމަވެސް ހުރިހާ ވަޒީރުންނާއި ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ދަންނަވާލަން ބޭނުން ވަނީ މިކަންކަން ތަންފީޒު ކުރުމުގައި އަޅުގަނޑަށް އެއްބާރުލުން ދެއްވާށޭ. މިއިން ކޮންމެ ކަމަކީ އެތައް ބައިވަރު ރައްޔިތުންނާއި ވާހަކަދެކެވި އެތައް މުއައްސަސާތަކަކާއި ވާހަކަދެކެވިގެން ލިޔެވިފައި ހުރި ކަންކަން." ރައީސް ވިދާޅުވިއެވެ.

ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައި ހުރި ކަންކަން ކުރޭތޯ ބެލުން ވެސް ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށާއި އަދި ސަރުކާރު ޖަވާބު ދާރީ ކުރުވަން ވެސް ފަސޭހަ ވެގެން ދާނެ ކަމަށެވެ. ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހުރިހާ ތަންސީލްތަކެއް ހިމެނިފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކީއްވެގެންތޯ މިކަން ނުކުރެވި އޮތީ؟ ކީއްވެގެންތޯ މިކަންތައް ލަސްވެފައި އޮތީ ސުވާލު ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ސްޓްރަޓެޖިކް އެކްޝަން ޕްލޭން އެކުލަވާލި ނަމަވެސް އެކްޝަން ޕްލޭން ތަންފީޒު ކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޝަރުޢީ ދާއިރާ އިން ކުރަން ޖެހޭ ކަންތައްތަކާއި، ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރަން ޖެހޭ ކަންތައްތައް ވެސް ޕްލޭންގައި އެބަހުރި ކަމަށާއި އެހެންކަމުން އެފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. "އެހެންކަމުން ފަސްޖެހިވަޑައިނުގެން އަޅުގަނޑުމެންނާއި އެކު ކުރިއަށް ވަޑައިގަންނަވާ" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އެކުލަވާލި ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ކުރުމަށް ސަރުކާރުން ވައުދުވެފައިވާ ކަންތައްތަކާއި އެކަންތައްތަކަށް ފަންޑު ހޯދާނެ ގޮތާއި އެކަންކަން ކުރިއަށް ގެންދާނެ ތާރީޚްތައް ހިމަނާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޢިއްބެ

  ކޮބާ މެނިފެސްޓޯ ؟ ބަލަ ދިވެހިން ގުނބޯ ނެހެއްދޭނެ . ޢެމޮޑީޕީ މީހުން ތިބޭނެ އައްޖަހަން . ބަލަ ތީ ކައުންސިލް އިންތިހާބައް ޖަހާ ކަޑަ .

  25
 2. ޝާމް

  ސުބުހާނައްﷲ 1 އަހަރު މިވީ ކަންކަން ތަރުތީބު ކުރަން

  71
  3
 3. ވެންޕާސީ

  ސޯލިހް ކުރަންވީ ކަމަކީ ހިތްހަމަ ނުޖެހިފައި ތިބި މިނިސްޓަރުން ޓީވީއަށް ނޫނީ އާއްމުންގެ ކުރިމައްޗަށް ނެރެ އެމީހުންގެ ދުލުގައި ހުރި އެއްޗިއްސާ ހިތުގައި ހުރި އެއްޗެހި ދިމާވޭތޯ ބަލަންވީ. ދިމާނުވާކަން އެގޭނެ މިންވަރު ވަންޔާ ސަރުކާރުން އެމީހުންނަށް ދީފަ ހުރި މަޤާމްތައް އަތުލާފަ މިނިސްޓަރުކަން ކުރެވޭނެ ގާބިލްކަންހުރި ކޮމިޓްމަންޓް ދެވޭނެ އިތުބާރު ކުރެވޭ މީހުން ގެނެސް ލާންވީ. ޢަސްލަންޓޭ ފައްޔާޒެއް ބަލާނެ ކަމެއް ނެތް.. ގައުމުގައި އެބަތިބި ފުރުސަތަށް އެދިއެދި އިންތިހާއަށް ގާބިލް އިލްމީ އެތައް ރައްޔިތެއް. ޓީމް ނަޝީދެއް. ޓީމް ޖީއެމްއާރެެއް، ޓީމް އިބްރޭއެއް. ޓީމް ޝާހިދެއް މުހިންމެއް ނޫން. ރައީސުލްޖުންހޫރިއްޔާއަށް 5 އަހަރަށް ދިން ޓާމް ބަލައިގަންނަ ގޮތަކަށް ފުރިހަމަ ކުރެވެން އެބަޖެހޭ

  14
 4. އައްޑުނަރުދަމާ

  މިހާ މަިކަރުވެރި ގޮތަކައް ބަސްތައް ހުންނަނީ. ރަގަޅައް ކީކަމެއް ކުރަން އުޅެނީ، ކުރާނެތޯ، ކޮންއިރަކުތޯ، ކިހިނެއްތޯ، އެއެއްވެސް އެއްޗެއް ނޭގެ. ދެން ތިބޭ މޑޕ މީހުންނާ ދެން ތިބި ދިވެހިން ހެއްދިފަ. އިބޫ ސޯލިހް މަކަރުވެރި އަންނިއައް ވުރެންވެސް. އެންމެމަކަރުވެރިވާނީ ހަމްޒާ، ނަސީބަކުން އޭނައައް އެއްވެސް ހިސާބަކައް ވާސިލުނުވެވުނު، މިއެންމެންގެ ބަސްމަގުހުންނަނީ އެއްގޮތަކައް.

  15
 5. ސީފުނިމަތީ ދަޑިންތަޅާ

  ވެރިކަމަށް އަންނަންވެގެން، ޖަޒީރާ ރާއްޖޭއޭ ކިޔާފަ ދެއްކި މެނިފެސްޓޯގެ ބޭނުމަކީ ކޮބާ؟

  16
 6. މަހަށްދޭބަލަ

  ވިހިހާސް އާއިލާ އަށް ގެދޮރު އެޅުމާއި އެކު އެކްޝަން ޕްލޭން އިފްތިތާހުކޮށްފި ނަމަވެސް ތިޔާގައި އާ އެއްވެސް ކަމެއް ނެތޭ ދަ ރާއްޖެތެރޭގައި ފްލެޓްސް ތައް އަޅައިގެން އެތަންތާ އުޅެން ދާނީ ހަންޑިން ނޫންތޭ ތަމެންގެ ވެރިކަމަށް 2 އަހަރު ދުވަސް ވެގެން ދިޔާއިރު އެންމެ ފްލެޓެއް ވެސް އެޅުނީ އެއް ނޫނޭ އަދި ތަމެންނަށް މާލެ ސަރަހައްދުން ހިއްކުނު ފަޅެއް އޮތީ އެއް ނޫނޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  15
 7. ފުއްކޭ

  އެއްވެސް ކަމެއް ކުރާނެ ކަމެއްނެތް އިސްތިއުފާ ދެއްވާ ތިބޭފުޅާއަށް ލިބޭ ފާފަ މަދުވާނެ އޭރުން.

  18
 8. ފަލަޑޭ

  ތިޔަ ބުނީ ދެން ރައްޔިތުން ފެލަން ފަށާ ވާހަކަ ދޯ. ތަރުތީބުކޮށް ނިމުނު އިރު ކަމެއް ކުރާނެ ރުފިޔާ އެބަ ހުރިތަ ބަޖެޓުގާ.

  19
 9. ޖަޒީރާ މީހާ

  މިއީ ހަމަސީދާ ކައުންސިލް އިންތިހާބާއި ދިމާކޮށް ޖައްސާ ކެމްޕެއިންނެއް. މެނިފެސްޓޯއަކާއި ކުރާނެ ކަންތައް ހިފާގެން އަައިސް އެކަންތައް ތަރުތީބް ކުރަން 1 އަހަރު ނެގިބަޔަކަށް ކޮންކަމެއްބާ ކުރެވޭނީ. 1 އަހަރުތެރޭ މުޅި ދައުލަތުގެ ދަރަނި އެތައްގުނައަކަށް ބޮޑުކޮއްލާފަ އިޤްތިސާދު ދަށަށް ވައްޓާލާފަ މި ދުވަނީ އިންޑިޔާފަހަތުން ހިލޭ އެހީ ދޭށެކިޔަމުން. މުޅިގައުމު އިންޑިއާގެ އަޅުވެތިކަމަށް ވައްޓާލަން. ނުވަންޏާ އިސްތިއުފާދީ

  20
 10. ކޯއްޗެއްތޭ

  ފަސް އަހަރުގެ ޕްލޭން، ތަފްސީލުތަކާއި މުއްދަތުތަކާއެކު ނެރެފިއޭ ދަ ރާއްޖެތެރޭ އެއްޗިއްސަށް ކުރަން އިނގޭ ޕްލޭން ހުންނަ ކަން މަމެން ނުދަންނަމޭ ތަމެން ތިޔާ ކަން ހުއްޓާލާ އިހު އުޅުނު ގޮތަށް ދިގު ފަރަށް ދަގަ ބޮލި ހިލަން ދަގަ ދަގަ ދަގަ ބޮލިހިލަން ބޮލިހިލާ ދޯ ކޯއްޗެއްތޭ ފަސް އަހަރުގެ ޕްލޭނޭ ތަމެން ބަނޑޭ ކިޔާބަލަ...

  12
 11. ޟީ

  ކަލޯ 2023 ނޮވެމްބަރ 11 ވަނަ ދުވަހު ތަރުތީބު ކުރަން މަޑުކުރަންވީނު. ބަޔަކު އަޅެ ހައިރާނެއް ނުވާނެތަ...؟

  18
 12. މަޖީދް

  އަންނަ އަހަރު ބައިއަޅަން ދައުރުނިމޭއިރު ފަށައިގަންނަން ކިތަންމެގިނަވޯޓްދިނަސް ނޭގޭމީހަކައްނޭގޭނެ ސެލްފީއެއްނެގިދާނެ ރައްޔިތުންހަނާވަނީ ވިޔަފާރި ބަނގުރޫޓްވެއްޖެ ދައުލަތުގެ ޙަޒާނާހުސްކޮއްލައިފި މަހުލޫފް މެން އަމީތާބް އެއްކޮއް ފޮޓޯނަގަން މިލިއަނެއް

  17
 13. މާރކްސްޒީރޯ

  100ދުވަސްވެސްނުވޭ

  17
 14. އައްޑޫސިޓީ

  ތަރުތީބުކުރަން އަހަރެއް ދިރާސާކުރަން އަހަރެއް. ލޮނުހަމަޖެއްސުމަށް އަހަރެއް. ކޮންޓެކްޓަރ އާ މަސައްކަތް ހަވާލުކުރަން އަހަރެއް. ބާކީއަހަރު އިންތިހާބައް ކަޑަޖެހުން. ތިވަރުން ފުދިއްޖެ.

  19
 15. ދޮންބެ

  ހުރިހާ އެކްޓިވިސްޓުންނަށް ވަޒީފާ ދެވިއްޖެ. ދެން އޮތީ ހަތަރުފަރާތުން ކައި ހުސްކޮށްލުން.

  18
 16. ބޫ

  ބަލަން ތިބޭ ދެން އުފައްދާނީ ތިކަމަށް ކޮމިޓީއެއް، ބޮލުގަ ތެއްގޯނި އެޅިގެން ތިބޭ، 1 އަހަރު ހޭދަވެ ދިޔައީ ދަޅަ ދެއްކުން ނޫން ކަމެއް އެބަވޭބާ؟ އެއްބަޔަކު އަނބިގޮއްޔަ ރުއްސަން ރައްޔިތުން ގުރުބާންކުރަނީ އަނެއްބަޔަކު ކާރުރޭސް ބަލަނީ ދެން އުޅެނީ ފިލްމު ކުޅޭ މީހުނާއެކު ފޮޓޯ ނުނެގިގެން އުޅޭ މީހުން މިހިރީ ހާލަކީ.

  16
 17. ޒާ

  އަދި ކިރިޔާތޯ ތަރުތީބު ކޮށްލެވެނީ؟ އެއްއަހަރުން ތަރުބީބު ކުރުން. ދެވަނަ އަހަރުން ފީސިބިލިޓީ ހެދުން. 3 ވަނައަހަރު އެކަމަށް ބޭނުންވާ ފަންޑު ހޯދުން 4 ވަނަ އަހަރު އެމަސައްކަތް ކުރާނެ ބަޔަކު ހޯދުން. 5 ވަނަ އަހަރު އެފަދަ ބަޔަކާއި މަސައްކަތް ހަވާލު ކުރުން. އެހިސާބުން ކުރެވުނަސް ނުކުރެވުނަސް ދައުރު ހަމަކީ. ވައްސަލާމް.

  14
 18. އަހްމަދު

  ކަންކަން ނުކުރެވުނީ ކީއްވެތޯ ސުވާލުކުރީމާ ލިބޭނެ ޖަވާބުވެސް ހިމަނާލިނަމަދޯ؟ ޖަވާބަކަށް ލިބޭނީ ކުރީގެ ސަރުކާރު. މިނޫން ޖަވާބެއް ދޭކަށް މިސަރުކަރަކަށް ނޭގޭނެ.

 19. ހުސެން

  ގުއިރޯނާ ،ގުނބޯ ނުހައްދާށެވެ،ލޯކަލް ކައުންސިލް އިންތިހާބެއް ޖެހީ މައްކަރެއް،ދިވެހިންނޭ ލޯކަލް ކައުންސިލް އިންތިހާބު ހުރިހާ ގޮނޑިއެއް އެމް.ޑީ.ޕީ އަށް ދޭށޯ މި ބުނަނީ ،ދީ ؟ދިވެހިން ބޮލުގައި އަބަދު ފޮށާ އަޅުވައިގެން ހައްލާލާލަން ލޮލީޕޮޕްދެނީ