އޮގަސްޓް މަހުގެ ފަހުކޮޅު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ފިލްމީތަރި މަލީހާ ވަހީދު (މަލް) ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
މަލް އާއި އެކު އިތުރު އަންހެނަކު ވެސް މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރިއެވެ. އެމީހުން ހައްޔަރު ކުރީ މަސްތުވާތަކެތި ހިފައިގެން އދ.މާމިގިއްޔަށް ދިޔަ ތަނުންނެވެ.
މާމިގިލީ ބަންދަރު ސަރަހައްދުން މި ދެއަންހެނުންހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.
މަލް އާއި ދެން ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް ވެސް ފުރަތަމަ 15 ދުވަސް ކޯޓުން ޖަހައިދިނެވެ. ނަމަވެސް ފަހުން އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރި ކަމެއް، ނުވަތަ މުއްދަތު ހަމަވުމުން ފުލުހުން އެމީހުން ދޫކޮށްލީ ކަމެއް ފުލުހުން ކަށަވަރު ކޮށެއް ނުދިނެވެ.
މަލް ދޫކޮށްލުމާއި ގުޅޭ ގޮތުން "ވަގުތު" އަށް މައުލޫމާތު ދޭން ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ. ފުރަތަމަ އެމައުލޫމާތު ހިއްސާކޮށްދިނުމަށް އެދުމުން ޗެކް ކޮށްލުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ފަހުން މެސެޖެއް މެދުވެރިކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ކޯޓުން ހޯދާށެވެ.
މިއީ ފުލުހުން އާއްމުކޮށް އަމަލުކުރާ އުސޫލެއް ނޫނެވެ. ކޯޓުން މީހަކު ދޫކޮށްލި ނަމަވެސް ފުލުހުން މީގެ ކުރިން އެމައުލޫމާތު މީޑިއާ އާއި ހިއްސާކުރެއެވެ.
މަލް ދޫކޮށްލި މައުލޫމާތު ހިއްސާކުރަން ފުލުހުން ދެކޮޅު ހައްދާފައި ވާއިރު މަލް ހައްޔަރު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފާޑުކިޔުން ފުލުހުންނަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.
އެމްޑީޕީގެ އިސް ބޭފުޅުންނާއި އެކްޓިވިސްޓުންގެ ފާޑުކިޔުން އަމާޒުވާ މައްސަލަތަކުގައި ފުލުހުން މީގެ ކުރިން ވެސް އާއްމު އުސޫލާއި ހިލާފަށް އަމަލު ކޮށްފައިވެއެވެ.
މީ ހޭލާ ތިބި ދިވެހިން. ޢިމްރާނޫ!!! ނަޝީދު ބުނެގެން ރައްޔިތުންގެ ފޯކަސް އެމްޑީއެންގެ ރިޕޯރޓުން ކުއްވެރިން ދޫކުރި މައްސަލަ އަށް އަނބުރާއެއް ނުލެވޭނެ. މިތިބީ ހޭލާ އަހަރެމެން. ރައްޔިތުންގެ ފޯކަސް ބަދަލުކުރަން އަނެއްކާ ތަނެއްގަ ހުޅު ނުޖަހައްޗޭ ނަޝީދޫ !!! ރާކަނި ނަޝީދޫ !!!!
ރައީސް ނަޝީދުތަ ފަނޑިޔާރު ގޭގައި އިނީ؟ މަލީހާ ދޫކޮށްލީ ފާއިޒު.
މަ އޭނަ ދޫކޮށްލީ
ދޫކުރާނެކަން މާ ކުރިންވެސް އިނގޭ ސަރުކާރު މީހެއްގެ ކަމެއް
ކިހިނެއް އެނގެނީ ފުލުހުން އަތުލީ މަސްތުވާ ތަކެތިކަމެއް، ފުލުހުން ނުބުނޭ އަތުލައިގަތީ މަސްތުވާ ތަކެއްޗެކޭ މަސްތުވާ ތަކެތިކަމަށް ސައްކު ކުރެވޭ ތަކެތި ކަމަށް ބުނެފައިވަނީ އެހެންވީމާ ބަންދުގަ ކިހިނެއް ބަހައްޓާނީ.....
ޚކޮބާ އިމްރާނަކަށްވެސް ރީތިކުއްޖެއްވީމަ ނުކެރުނެއްނޫން ހައްޔަރުކޮށް ބައިނދާކަށް މީ މަމެން މިބުނާ ވާހަކަ..
އި މުރާނު އަކައް މިހާރު ނުފެންނާނެ އެހެރީބޮޑު މަގާ މެއްލިބިފާ ދެންނި މުނީ
ކޮބާ މަ ބޮޑާހޭކީމަ އެ ދޫކޮއްލީ!!
މިހާރު ކިތައްމެދުވަހެއް މީނާ ދޫކޮއްފަ ހުންނަތާ... ދެން މާ ގަދަޔައް ވިއްކާނެ މިނާ. އެއްވެސް ކަމެއް ނުވާކަން އިންގޭ ހައްޔަރު ކުރިޔަސް.
ރާއްޖޭގެ އެންމެ އާދައިގެ ކުށަކީ މަސްތުވާތަކެތި ބޭނުން ކުރުން ކަމަށް ވީއެވެ.
ސައްކު ކުރެވުނަސް
ތިހީވަނީ މަސްތުވާތަކެތި ކަމަށް ސައްކުވުމާއި ސާބިތުވުމާއި ހުރިތަފާތުކަމަށް ވެދާނެކަމަށް.
އަދި އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުމަކަށްވެސް ބެއްލެވުން ދުރެއްނޫން.
ރަށު ކުއްޖަކަށް ވީތީ ހިތާމަ ކުރަން.މިފެންނަނީ ލިބިފައިވާ ތަރުބިއްޔަތުގެ ހިތި ނަތީޖާއެވެ.
ތިޔަ މައްސަލަ ތިޔަ ހިސާބުން ތިޔަ އޮއްބާލީ. ދުވަސްކޮޅަކުން ނުވާކަ މަކަށްވެ. ޑްރަގު ވިއްކާ މީހުންނަށް އިތުރު ދޮރުތައް ހުޅުވުނީ. މިއީ އެޖެންޑާ 19 ގައި އިންސާފު އޮތް ގޮތް
އަންހެނެއް ވީމަ ދޫކޮައްލީ ދޯ؟ މީ އަންނި ގެ ކަމެއް...ވ.ވައްތަރު
މައްސަލަ ހިނގައިދާނެ ޝަރީޢަތަށް އެކަމަކު ސާބިތު ނުވާތީ މައްސަލަ އެހިސާބުން ނިމޭނީ
ބުނަންތައް ބޭކާރު ކޮމެންޓް ލިޔެ އެއްޗެއްކިޔަސް މާތްﷲހުގެ ރަހުމަތުން މިގައުމު ދާނީ ރަގަލަން ޔާމީނުގެ އަނިޔާވެރިކަމުން ސަލާމަތްވެ ހަސަދަވެރިންގެ ހަސަދައިންވެސް ސަލާމަތްކުރައްވާނީ މާތްﷲ އެވެ