މަޝްހޫރު ފިލްމީ ތަރި މަލީހާ ވަޙީދު (މަލް)ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރްފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވެ، ކްރިމިނަލް ކޯޓުން އޭނާ ސަލާމަތްވެއްޖެއެވެ.

މަލް ހައްޔަރުކޮށްފައިވަނީ، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާމިގިލިންނެވެ. އެއީ އޮގަސްޓް 2019 ގައެވެ. މި މައްސަލައިގައި މަލްއާ އެކު އިތުރު އަންހެނަކު ހައްޔަރުކުރިއެވެ. އެއީ ހ.ސޯސަންޕްލާވާރ، ފާތިމަތު ރިފްޤާއެވެ. މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ކުރުމުގެ ދެ ދައުވާއެކެވެ. މި ސާބިތުވިނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، 2019 އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު، ފުލުހުން ހިންގި ހާއްސަ އޮފަރޭޝަނެއްގައެވެ.

އެގޮތުން އެއިރު ފުލުހުން ވިދާޅުވިގޮތުގައި، މާމިގިލީ ބަންދަރު ސަރަހައްދުން މި ދެ މީހުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވެއެވެ..

މަސްތުވާތަކެއްޗާއި އެކު ފިލްމީތަރި މަލީހާ އާއި އިތުރު އަންހެނަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހުކުމްގައި ބުނެފައި ވަނީ، މަލީހާ އާއި ރިފްގާގެ މައްޗަށް ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަށް، ދައުވާ ލިބޭ ފަރާތްތަކުން އިންކާރު ކުރުމާއި، ގުޅިގެން، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާ އިން ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މީހަކު ކުށެއް ކޮށްފިނަމަ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތު ކުރުމަށް ބޭނުންވާ މިންވަރަށް ޝަރީއަތަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށެވެ.

އެހެންކަމުން ދައުލަތުން ދެ މީހުންގެ މައްޗަށް ކޮށްފައިވާ ޑައިމޯފުން ޓެރެފިކް ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު ވަނީ ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަމާ މާލެ

    ގުއި ކޯޓް. އެއްބައެއްގެ މައްޗައް ގާނޫނު ހިނގަނީ. އަންދާ ގާނޫނު

    37
  2. ހުސޭނުބޭ

    ދަބަސް ކީއްކުރަން ...... މުޅި ގާގައި ވަށައިގެން ހުއްޓަސް ސާބިތެއް ނުވާނެ. އެކަމަކު މަގުމައްޗަށް ނުކުމެފައި އިންޑިޔާ އައުޓޭ ގޮވާލަބަލަ. ވަގުތުން ސާބިތުވެ ދަމާކޫއްތާފައި ގެންދާނެ.

    43
    1
  3. މަރީ

    މިއޮއް ހުރިޔާދުވަހުވެސް ހުރީ ދޫކޮށްލާފަ.

    29
    1
  4. އިބިލީސް

    މީ ހަމަ ސަދޫމް އެއް ނޫންތަ؟ ނިކަމެތިމީހާ އަތުން ޕީސް ކޮޅެއް ފެނުނަސް 25 އަހަރު. މިކަހަލަ ރަންޑިން އަތުން ކިލޯ ކިލޯ ފެނުނަސް މިނިވަން.

    40
  5. ހަމީދު

    11 ތަނުން ކެކޭ އުނުދުނެއް ވިއްޔާ ނޯންނާނެ ޖެއްސޭނެ މައްސަލައެއް

    33
    • Anonymous

      މިގައުމުގަ ހިނގަނީ ނަޝީދުމެންގެ ބާރު.

  6. ބަބޫ

    މިހާރު މިދިވެހިރާއްޖެއަކު އަދުލު އިންސާފްގެ ނިޒާމެއް ނެތް. އަންދާ ގާނޫން. މަޖިލީހަށް ކިޔަވައިގެން ތިބި ބަޔަކު ހޮވައިގެން ނޫނީ މިކަން ވާކަށް ނެތް. ބަޔަކު ލޫޕްހޯލްތަކާއެކު ގާނޫނު ހަދާފަ މަޖިލީހަށްލީމަ އެތާކުންތް އެ ދޭހަވާވަރުގެ އިލްމެއް ހުރި ބައެއް. ދެން އެ ޕްރޮސެސް ކޮށްފަ ރައިސް އޮފީހުން ގެޒެޓް ކުރަނީ.

    21
  7. ޣ

    ދަބަހުން ފެނުނީމަވެސް ހެއްކަކަށް ނުވޭތަ. ފުކެއް ބޮޑުވަރު.

    27
  8. ޑޮނާޑު

    ޑުރަގު މަސްއަލައެއް މިޤައުމުގަ
    މިހާރު މިތިބަފަނޑިޔާރުންނައް
    ސާބިތެއްނުކުރެވޭނެ ދަބަހުގަހުއް
    ޓަސް،އަތުގަހުއްޓަސް،ބަނޑުގަހުއް
    ޓަސްސާބިތެއްނުކުރެވޭ،ތިއައްވުރެ
    ޜަގަޅުވާނެފަނޑިޔާރުކަން،ބަންގާޅީ
    ޢަކައްދިނިއްޔާ،މުސާރަ500ޑޮލަރު
    ޢާދައިގެހޮޓަލަކުންކެއުން،ސައި،ނިދާ
    ނެކޮޓަރިއެއް،ޤަވާޢިދު،ކޯޓައްދާންނޫނީގެއިންނުކުތުންމަނާ،ގެއައްމީހުން
    ޥަނުންމަނާ!ފަޑިޔާރުކަންކޮއްފަހުރި
    މީހަކުހޯދަދީފާނަން،ހަމައެކަނިޑުރަގު
    މަސްއަލަތައްބަލަންް!!

    15
  9. ފިކުރީ232

    މީނާގެ ދޮން ބައްޕައަކީ ޕޮލިސްގެ ކިހާ އިސް އޮފިސަރެއްކަން ލިޔެލަބަލަ.

  10. ހުސެން ބެންގަލޫރު

    ފާއިޒުގެ ހުކުމެއް.... ހަހަ. އޮންނާނީ ލާރި ނަގާފަ.

  11. ރަން ރީނދޫ

    މިއީ ފަނޑިޔާރާއި ޕީޖީ ޝަމީމްއާއި ފުލުހުން ގުޅިގެން ހިންގާ ޖަރީމާ. އެކަމަކު ޒީރޯ ޓޮލަރެންސް. ކޮންފަދަ ނުބައި ވެރިންތަކެއް އަހަރުމެން ގެ މައްޗަށް ފާމިކުރެއްވީ.

  12. އަނިޔާވެރި ވެރިކަމަކުން އޯގާތެރި ވެރިކަމަކަށް

    ރައްޔިތުން އަމިއްލައަށް އަނިޔާވެރި ވެރިކަމަށް ނޫނެކޭބުނެ، އޯގާތެރިވެރިކަމެއްގެނައީ، މިވެރިކަމަށް ވޯޓްދިން އެންމެން މިއަދުވަރަށް އުފާވާނެ،
    މިއަދު މިޤައުމުން އަނިޔާވެރިކަން ފިލައިފި،

  13. ެޖުމައިލް

    މީ ކިހިނެއްވެފަ އޮތް ސަރުކާރެއްތަ؟މިވަރު ވެގެން ދާއިރުވެސް ވެރިކަމުގަ ހުރި މިހާ ހަނު ހުންނަންވީތޯ؟ގެންގުޅު އަމިއްލަ ހެދުން އަޅައިގެން އުޅުނު ދަބަހަކުން މަސްތުވާތަކެތި ފެނުނީމަ ސާބިތު ނުވީމަ ގައުމުގެ ޝަރުއީ ނިޒާމް ވަރުގަދަކަން ހާމަވެއްޖެ.މިހަމަ ފުލުހުންނާ ސަރުކާރާ ފަނޑިޔާރުންނާ ވަކީލުންނާ އެންމެންގުޅިގެން ހިންގާ ޖަރީމާ ތައް.އާދޭސްކޮށްފަ ބުނަން މިވެރިކަމުން ސަލާމަތްވާން 2023 ގަ މިބައިގަޑަށް ނޫނެކޭ ބުނެބަލަ.

  14. ޖެރީ

    މަގޭ އަތުގަ ބަޑިއެއް ހުއްޓަސް ކުށް ސާބިތުވަނީ އިންޑިޔާ އައުޓް ނުވަތަ ޔޯގާއާ ދެކޮޅަށް މުޒާހަރާކޮށްގެން ކަންނޭގެ

  15. ފަރޭ

    ދަބަހުން ފެނުނީމަ އެބުނީ ސާބިތު ނުވެޔޭ.. ދެން އަގައިގަ އޮއްވާ ފެނުނަސް ބުނާނެ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް ނޫނޭ ފުލުހުން ގެ ހެކި ހުރީ.. ސާބިތު ނުވާނެ..

    މީ މި އެންމެން ގުޅިގެން ކުރާކަން.. ރަގަޅުކުރުމުގެ ވިސްނުމެއް އަދުލު އިންސާފެއް ގައުމިއްޔަތެއް ނެތް.. މާއްދީޔަތު.. އަމިއްލަ އެދުން އެކަނި މިއޮތީ މިމީހުންގެ ކިބައިގަ..

    މަވާސަލާން ތިކޯޓުތަކަށް