ނިމިދިޔަ ރިޔާސީ އިންތިހާބުގައި، ކާމިޔާބު ކުރެވުނު ނަމަ، އިންޓަނެޓްގެ އަގު މިހާރު އޮންނާނީ ހެޔޮކޮށްފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ތުލުސްދޫ ގައި ބޭއްވި ޖަލްސާގައި ވާހަަކަދައްވަމުން ޔާމީން ވިދާޅުވީ، ކިޔަވާ ކުދިންނާއި، މުދަރިއްސުންނަށް އެންމެ މުހިންމު ކަމަކީ އިންޓަނޭޓްގެ ހިދުމަތް ކަމަށާއި، އެ ހިދުމަތަކީ އެއިރު ލިބެން އޮތް ވަރުގަދަ ފުރުސަތެއްގައި ހިފައިގެން ސަރުކާރުން ކުރަން ނިންމި މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެނަށް ފުރުސަތު އޮތް އެކަން ކުރަން. އެކަން އަޅުގަނޑުމެންނަށް ކުރެވުނުނަމަ، އިންޓަނެޓު ހަލުއިވެގެން ދާނެ. އަދި އިންޓަނެޓުގެ ހަރަދު ނުވަތަ ހޭދަ ކުރާ މިންވަރު ތިން ބައިކުޅަ އެއްބައި އެންމެ ކުޑަމިނުން ކުޑަވެގެން ދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަން ކުރެވުނު ނަމަ، އެކަމުގެ މަންފާ ލިބޭނީ ކިޔަވާކުދިންނާއި، ޒުވާނުންނާއި، މުދައްރިސުންނާއި ދިރާސާތައް ހަދާ މީހުންނަށް ކަމަށެވެ. "އަދި ސިޔާސީ މީހުންނަށް މޮޅު މެނިފެސްޓޯތައް ޑަައުންލޯޑްކޮށްލަން ވަރަށް ފަސޭހަވެގެންދާނެ އެއިރަށް، އޭގައި ހުރި އެއްޗެއް ކިޔަން ނޭގުނަސް". ޔާމީން ވިދާޅުވިއެވެ.

"މި ސަރުކާރުން އެކަމާއި ދޭތެރޭ ކީކޭތޯ ބުނަމުން ދަނީ، މި ސަރުކާރުން "އިންޓަނެޓް އަގުހެޔޮ ކުރުމާ" ދޭތެރޭ ކީކޭތޯ ބުނަނީ، އަންނަނީއޭ، އަންނަނީއޭ. މިއޮށް އަންނަނީއޭ، އެކަމަކު އަޅުގަނޑުމެން ބަލާލިއިރުގައި ކޮން އިރަކުތޯ އަންނަނީ 2021 ގައި" ސަރުކާރަށް ޖޯކު ޖައްސަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އިންޓަނެޓް އަގުހެޔޮ ކުުރުމަކީ ވަޒީރުގެ މައްސަލައެއް ނޫން ކަމަށާއި އެއީ މުޅި ސަރުކާރުގެ މައްސަލަ އެއް ކަމަށް ވިދާޅުވެފައެވެ.

"މި މައްސަލައާ ހެދި ހަގީގަތުގައި އަޅުގަނޑުމެންނަށް ތަރައްގީ ނުފެންނަނީ". ޔާމީން ވިދާޅުވިއެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ސަރުކާރަށް 10 މަސް ވެގެން ދިޔަ އިރު، އެކަން ވެފައި ނުވުމުން ގިނަބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ފފފފފ

  ޔަގީން ކަމެއް. މިސަރުކާރުގަހެން "ވަނީ" ނުކުންނަނީ" ފެންނަނީ" ދުވަނީ" "ކަނީ" ބޮނީ ނުކިޔާނެ. ކަންކަން ކުރެވޭ ދިވެހިން ދެކެލޯބިވާ ހެޔޮލަފާ ވެރިއެއްކަން އޮތީ ދައްކައިދީފަ. ތިޖޫރީ ހުސްކުރީ ކިޔަނީ އެހެން އެއްޗެއް ކިޔަން ނުކެރިގެން. މިވެރިންނަށްވެސް އެނގޭ 200 މިލިއަން ހުރި އެއްޗަކަށް 5 އަހަރު ތެރޭ 700 މިލިއަން އެއްކުރުމުންކަން 900 މިލިއަނަށްވާނީ. އެއީ މަނިކުފާނު ދިވެހި ރައްޔިތުންގެ ހަޒާނާއަށް އިތުރު ކޮށްދެއްވި ވަރު.. މޮޔައިންގެ މަރުކަޒެއްގަ ތިބި ބަޔަކު ތިޖޫރީ ހުސްކުރީ ކިޔަނީ ކަޑަ ނުވާންވެގެން. މިހާރު ތިބޭނީ ބިރުން. މިހިރަދަނީ، ބަނޑަށް ޖެހުމާ ދިމާއަށް. އެންމެ ފަގީރުން ގިނަ ޕާޓީއަކީ މޑޕ އެމީހުން އެންމެ ފުރަތަމަ ބަނޑުހައިހޫނުކަން ތަހައްމަލްކުރާނީވެސް.

  11
  3
  • ކުޑާ

   ރަނގަޅު ވާހަކައެއް. ފާއިތުވި 5 އަހަރު ކޭ މީހުން ބަނޑަށް ޖެހޭނީ ލަހުން.

 2. Anonymous

  ސަރުކާރުން ކުންފުނިތަކަށް ސަބްސިޓީ ދީގެންވެސް ރައީސް ޔާމީން އެކަން ކުރައްވާނެކަން %100 އެނގޭ.

  9
  3
 3. ހަމީދު

  މިސަރުކާރަށްވެސް ވާނެ. ގަސްދުގައި ނުކުރަނީ. ދިވެހިި ރައްޔިތުންނަށް ހެވެއް ނޭދޭ ބަޔަކު ކަމެއް ކޮށްދޭނެތަ. ކަރަންޓު އަގުހެޔޮ ކުރާނަމޭ ބުނި. ކުރީ ބޮޑު. އެނބޫދޫ ފިނޮޅުން ޕިކްނިކް އައިލެންޑް ހަދާނަމޭ ބުނީ. ކުރިކަމަކީ، 180 ރުފިޔާއަށް އެތަނަށް ގެންގޮސް ގެނެސްދިނުން.. ނުބައިނުލަފާ ދޮގުވެރި ހަސަދަވެރި ޖާހިލު ބަޔަކު ވެރިކަމަށް ލީމަ ލިބޭނެ ހުރިހާ ދެރައެއް ދިވެހިން ތަހައްމަލްކޮށްފަ މިފަހަރު ހޭއަރާނީ.

  7
  3
 4. Anonymous

  ރައީސް ޔާމީނަށް އަޅުނގަޑު ދަންނަވާލަން ވާހަކައެއް އެބައޮތް. ތިކުރައްވާ ދަތުރުތަކުގައި، ކުދި ރައްތަކަށް ވަޑައިގަތުމަށް ސަމާލުކަން ދެއްވުން ވަރަށް މުހިންމު. އެމީހުންނަކީ ތަންކޮޅެއް އިލްމީ ގޮތުން ދަށް މީހަކު ހެދިހާ ދޮގެއް ގަބޫލުކޮށްގެން ތިބި ބައެއް. އެމީހުންނަށް، ނޭނގެ 200 ކަމެއް 900 ކަމެއް ގިނައީ. ދެން މިއުޅޭ ރީނދޫ ދޮގުވެރި ކައްޒާބުން 900 މިލިއަން 200 މިލިއަނަށްވުރެ މަދޭ ބުނާއިރަށް މިތިބެނީ ގަބޫލުކޮށްގެން. އެހެންވީމަ އެމީހުން ކައިރިއަށް ވަޑައިގެން ހިސާބުވހައްދަވައިގެން ނަމަވެސް އެބަޖެހޭ މިގަމާރު ދިވެހިންނަށް ވިސްނޭވަރު ކޮށްދޭން.

  9
  1
 5. Anonymous

  ދަންނަވަންތޯ! މިހާރު މިއޮތީ ހަމަސީދާ ޖައުޖޫޖް މައުޖޫޖުގެ ތެރެއިން ނުކުމެގެން އައިސް ތިބި ބައެއް. ދޮގުހަދާލަނީ، ދަހި އައިނަކުން މޮޅު ކެޔޮޅަކު މަސްބާނާލާހާ އަވަސް ކަމާ ފަރިތަ ކަމާއެކު. ދެން މިތިބީ ބޮލަށް ތެޔޮ އަރާފަތިބި ދިވެހިންތަކެއް. ލޮލަށް ފެނުނަސް ގަބޫލެއް ނުކުރާނެ. އެހެންވާނީވެސް. އީމާން ކަމެއްނެތް. ﷲ އަށް ލޯތްބެއްނެތް. ހަމައެކަނި ހިތާވެގެން މިއުޅެނީ. ޑެންމާކަށްގޮސް، 1400 އަހަރު ވެފައިވާ ދީން ކަމުނުގޮސްގެން އެ ދީން ބަދަލު ކުރުމަށް ނުވަތަ އެދީނުގެ ތެރެއަށް އިތުރު ކަންކަން ވަށްދަން ޑެންމާކުގެ ޒައިނިސްޓުންކައިރީ އެދުނު އިބިލީހާ.

  3
  3
 6. zayaan

  nama nama nukiyaa

  1
  3
 7. Anonymous

  މައްޔާވޫ ތަ އެތާ 5 އަހަރެ ހުޓެ؟

 8. އިހްލާސްތެރި ކަމާއެކުދިން ވޯޓް

  މަނިކުފާނުގެ ވެރިކަމުގާ މަނިކުފާނު ބޭނުން ކަމެއް ކުރެއްވި ކަން ރައްޔިތުންނަށް އިގޭ.... އޭރު ކީއްވެބާ އިންޓަނެޓް ކުޑަ ނުކުރެއްވީ.... ވަރަށް ވެދުން