އެއްވުމެއް ބާއްވާނަމަ، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ބެހޭ ޤާނޫނާއި އެއްގޮތަށް އެކަން ކުރިޔަށް ގެންދިއުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައި ވަނީ، ރާއްޖޭގެ މަޝްހޫރު އިލްމުވެރިންގެ ބޮޑު ބައްދަލުވުމެއް މިރޭ ބާއްވަން ތައްޔާރުވަމުންދާ ކަމުގެ ޚަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުން ވިދާޅުވީ، މާލޭގައި މިއަދު އެއްވުމެއް ބާއްވަން އުޅޭ ކަމެއް އެ މުވައްސަސާއަށް އެނގިފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވުމެއް އިންތިޒާމްކުރާ ފަރާތަކުން އެކަން ފުލުހުންނަށް އަންގާފައިވެސް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިއަދު މާލޭ ސިޓީގައި އެއްވުމެއް ބާއްވަން އުޅޭ ކަމަށް، އެފަދަ އެއްވުމެއް ބާއްވަން އުޅޭ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގާފައެއް ނުވޭ. އެއްވެސް ފަރާތަކުން އެއްވުމެއް ބާއްވާނަމަ، "ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ބެހޭ ޤާނޫން" އާއި އެއްގޮތަށް ކުރަން ޖެހޭ ކަންކަން ކުރަން މި ސާވިސް އިން އިލްތިމާސްކުރަން،" ފުލުހުން ވިދާޅުވިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިރޭ އިލްމުވެރިން ބާއްވާ ބައްދަލުވުން އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ މަޝްހޫރު އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އެވެ. މައުލޫމާތު އެނގޭ މީހަކު ބުނީ މިރޭގެ ބައްދަލުވުން ބާއްވާ ތަނެއް ވަރަށް އަވަހަށް އިއުލާން ކުރާނޭ ކަމަށެވެ.

މި ބައްދަލުވުން ބާއްވަނީ އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުން ހުއްޓުވުމަށާއި އަދި ލާދީނީ މީހުންގެ ވާހަކަތައް ހުއްޓުވޭނޭ ގޮތަކާއި މެދު މަޝްވަރާ ކުރުމަށެވެ. ނަމަވެސް މި ބައްދަލުވުން ބާއްވާ ތަކަނާއި، މި ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ދީނީ އިލްމުވެރިންގެ ބޮޑު ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ގެންދާއިރު، ޑިމޮކްރެސީ ހިމާޔަތްކުރުމުގެ ނަމުގައި އުފައްދައިގެން އުޅޭ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކަށް ދީނީ އިލްމުވެރިންނާއި އެނޫންވެސް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ. އެ މައްސާލަގައި އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރު ކުރުމަށާއި، ޖަމިއްޔާ ބަންދު ކުރުމަށް ގޮވާލަމުން ދިޔަ ނަމަވެސް، ކަމާއި ގުޅުން ހުރި އިދާރާތަކުން މިކަމާއި ގުޅިގެން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޅަހުއްތު

  އެއްވުމެއްގެ ވާހަކަ ދައްކާއިރަށް އަވަހެއްނު ތެޅިގަތްލެއް. ބަލަ ކަލޭމެންގެ ހުވާގެ އަސާސްއަކީ ކޮބައިކަން ނޭނގުންތަ. ދީނަށް ފުރައްސާރަކުރަމުން ދުވާއިރު؟ ޔަހޫދީ އިމްރާންގެ އަސްލު ސޫރަ ދިވެހިންނަށް އެނގިއްޖެ މިނިސްޓަރުކަމަށް އާހިރަތް ވިއްކާލި ކަލޭގެ އިސްތިއުފާއަށް ގޮވާލަން.

  81
  3
 2. ދހދހދ

  މިހާރު ހޭލެވިޖެ މީއަމިއްލަހިޔާލު ?

  43
  1
 3. އަޖާއިބުން އަޖާއިބު

  އިހަކަށްދުވަހު ކުޑަކުދިންތަކެއް ނެރެގެން ތިމާވެށްޓޭ ކިޔާފައި މުޒާހަރާކޮށްފައި ހަޅޭއްލެވީ ގާނޫނާ އެއްގޮތަށްތަ؟ ގައިމު މުޒާހަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ ކުށެއް ކަމަށް އޮވޭ. އަނެއްކާ އެކުށް ކޮށްފައި ބައެއް މީހުން އެވާހަކަތައް ސަޅިކަމަކަށް ހަދައިގެން ނޫސްތަކުގައިވެސް ފަލައަކުރުން ރިޕޯޓް ހަދައިގެން ލިޔެފައި ހުރި. އެމައްސަލަ ނުބަލައި ތިބެފައި މިގޮވަނީ ކޮން ފަތިވަރެއްބާ؟

  74
  1
 4. އައްޔަބެ

  މިސަރުކާރު ހިމާޔަތްކުރުން ފާފަ ވެރިވާ ހިސާބަށް ކަންކަން ގޮއްސި. ސަރުކާރުގެ މައިފުށަށް ހީވެސްނުވޭ ގައުމު ފަނާވެދާއިރު.

  72
  2
 5. މުގައްދަރު

  މިގައުމުގައި ހިގާކަމައް ފެންނަ ގާނޫނުތައް ތިފެންނަނީ އެއްވެ އޫޅުމުގެ ގާނޫން މީރާގާނޫނު ސައިކަލްގަ އިސްޓިކާ ހިއްޕާ ގާނޫނު ބޭރުމީހުން ވިސާނެތި އުޅޭގާނޫނުކޮބާތޯ ކޮބާތޯ ހަމަހަމަކަމާ އިންސާފުގެ ގާނޫނުތައް ކޮބާތޯ ރައްޔަތުން ހިމާޔައް ކުރުމުގެ ގާނޫނު ކޮބާތޯ ވައްކަމާ ހިޔާނާތުގެ ގާނޫނު ކޮބާތޯ މަސްތުވާ އެއަޗިއްސާ ބެހޭ ގާނޫނު ކޮބާތޯ ދީނައް ފުރައްސާރަ ކުރުމާ ބެހޭ ގާނޫނު ލަދުންބޯހަލާތު މިޔޮއް ގައުމެއްތާދޯ މާތްﷲ މިއަނިޔާވެރިންގެ ކިބައިން މިގައުމު ސަލާމައް ކޮއްދެއްވާފާން ދޭވެ އާމީން

  43
  1
 6. ހުސޭނުބޭ

  ސަހިންދާމެން އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔުނުއިރު ހަމަ ތިހެން ނަސޭހަތްދިނިންތަ؟ ދަގަނޑު ކެނޑޭނީ ދަގަނޑުން! ޑިމޮކްރެޓިކް ނެޓްވާކަށް އަރާގަންނާކަށް ޤާނޫނެއް ބޭނުމެއްނުވާނެ! އެ މީހުންނަކީވެސް ޤާނޫނަކަށް ބަލާ ބައެއް ނޫން!

 7. އެންދެރި

  އިލްމް ވެރީންނަށް ބައްދަލު ވުންތައް ގޭގޭގަ އަދި ޓެރަސް މަތީގަ ވެސް. ބޭއްވޭނެ އެ ވެ އޮޕްޝަން ބައި ވަރެވެ .

  34
  2
 8. ހައިރާންވޭ

  ގަވާދާ ހިލާފަށް ގައުމުގެ ވެރިން އަމަލުކުރާއިރު ގަވާދާށް އަޅުވަން ނުކުންނަ ރައްޔިތުންނަ ގަވާއިދާ އެއްގޮތަށޭބުނެ ބިރުނުދައްކާ... ވެރިން ގަވާއިދުގަ ތިބެއްޖެނަމަ ރައްޔިތުން ތިބޭނީ ގަވާއިދުގަ.. މިއަދު ބިރުފަހަނައަޅާ ތިޔަބުނާ ގަވާއިދު ހަދާންކޮއްދޭން ރައްޔިތުން ނުކުންނަން ވާޖިބު.. ބިރުގަންނަންވީﷲދެކެ... މިދުނިޔެމީ ހިދުކޮޅެއް..

  53
  2
 9. ޜއޔތނ

  ޢެއްވުން ގަވާއިދާ އެއްކުރަންޏާ އެމްޑީއެން ފުރަތަމަ ޤަވާއިދަށް ގެނޭ. ޤާނޫނުގަވެސް އިންނަނީ އިސްލާމްދީނުގެ ހަމަތަކުންނޭ ކިޔަންފައްޓާފަ... ދެން...

 10. އިސްތިއުފާ

  އެމްސީ ހަމީދު އިސްތިއުފާ. ޓެރޮރިސްޓް ޝަހިންދާ އިސްތިއުފާ. ސަންތި މާރިޔާ އިސްތިއުފާ. ސޭކު އިމްރާން އިސްތިއުފާ. ކިބޫ އިސްތިއުފާ ދުވަހަކުވެސް ނުފެންނާނެ ލާދީނީ ބައިގަނޑު މީހުންނަށް ފުރައްސާރަކޮށް މަލާމާތް ކުރާތަނެއް. ލާދީނިއްޔަތު ހުއްޓެވުމަށް ރައްޔިތުން ތެދުވުމުން ރައްޔިތުން އެގޯސްވީ. މިފަދަ ލާދީނީކަންކަން ގިނަވާ ގައުމަކަށް މާތްﷲ ކޯފާއެއް ފޮނުއްވައިފި ނަމަ އެންމެނަށްވެސް ގެއްލުންވާނެ. 2004ގައި ރާއްޖެއަށް އައިފަދަ ކޯފާއެއް އަތުވެދާނެ. މީގެ ކުރިން އެވަރުގެ ސުނާމީ ކާރިސާއެއް ރާއްޖެ ތަޖުރިބާކޮށްފައެއް ނުވޭ. ބޭނުމެއް ނުވޭ މިސުންފާ ބައިގަނޑާހެދި ރާއްޖެއަށް ކޯފާއެއް އަންނަން.

 11. އިބްރާ

  ޕޮލިހަށް އަންގައިގެންތޯ ދީނަށް ފުރައްސާރަކުރަނީ؟

 12. ހަމަ ވައްޓާލާނީ

  ދެން ތިބުނަނީ ފުލުހުންނަކީ މަތިންފައިބާ ތިބި ބައެކޭތަ؟ ވެހިކަލްތަކުގައި އިސްޓިކާ ޖަހާހެން އެމްޑީއެންގެ މައްސަލަ ބެލިނަމަ މިއަދު މިގަނޑެއް ގަންނާކަށް ނުޖެހުނީސް.

 13. ާަާމަ

  އުސްލާމްދީނަށް ހަޖޫޖަހަނީ އެއީ ގާނޫނާއެއްގޮތަށް ދޮއްތޯ؟

  12
 14. ކިނބޫ

  ލާދީނީ ޖަމްއިއްޔާގެ އިސްވެރިން ތެޅިގަނެފި. ހީވޭ ކަމެއްހެން. ދީނާ ބެހިގަނެގެން މުސްލިމުންގެ ލޭ ކައްކުވާއިރު ނުވެސްދެނަތިބި. ސަޅިއެއްނު.

 15. Anonymous

  ފުލުހުންނަކައް ދެން ނޭގޭނެ

  10
 16. ޢަބްދުއްލާ

  ކުރީދުވަހަކު މީހަކު ހައްޔަރުކުރި ދީނައްފުރައްސާރަ ކޮއްގެން މިހާރުވެއްޖެޔޯ އޭނަގެެ ނަފްސާނީ ޓެސްޓުހަދަން... މީއަޅެ އަޖައިބެއްނުންތަ؟ ދީނުގެހިމާޔަތުގަ އެއްޗެކޭބުނާމީހަކު މިވަނީ ޓެރަރިސްޓަކަށް... ފުރައްސާރަކުރާމީހަކު މިވަނީ ބަލިމީހަކަށް... މީހާރުއިނގިއްޖެ ހަމަސީދާ ހުޅަނގުގެ ކާފަރުންކަން މިގައުމު ކޮންޓްރޯލްކުރަނީ ...ވެރިކަމުގަ ތިބިމީހުން އެމީހުންގެ ދަށުވެފަ

 17. ށަވިޔަނި

  ފުލުހުންގެ ލަދުހަޔާތްކޮބާ؟

 18. ލާދީނީ ޕާޓީ ޑީޕީ

  ބަހަނާއެއް ދައްކައިގެން ތިކަން ހުއްޓުވޭތޯ ބަލަންވާނެއެއްނު. ދެން ބަހަނާއަކަށް ބުނޭ ޤާނޫނާ ޚިލާފަަށޭ.

 19. ހަމަހަމަ

  ތަނެއްގަ ބައްދަލުވު މަކާއި އާން މުތަކަށް އެއްވުމމ މަކީ ތަފާތު ދެކަ މެއް.