ކުށެއްގެ އަދަބަށް ޖަލުގައި އޮންނަން ޖެހުމުން ޝަކުވާ ކުރާނީ އެންމެ ބޮޑު ފިނޑިން ކަމަށް ޕީޕީއެމްގެ ސެކެރެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ޖަލަށްލާ ވާހަކަ ދައްކަވާއިރު، އެއިން ބޭފުޅަކަށް އެއް ދުވަހު ވެސް ޖަލުގައި ކެތްކޮށްނުލެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވިދާޅުވުމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ހަލީލް ވިދާޅުވީ މަހުލޫފު އަކީ ފިނޑިއެއް ކަމަށާއި ކަމަކާއި ޖެހުމުން އަބަދުވެސް ފަހަތު ފަޔަށް ބުރަވެ, ޝަކުވާ ކުރަށްވާ ބޭފުޅެއް ކަމަށެވެ.

"ދުނިޔޭގެ ލެއްވި ހުރިހާ ކުށެއް ކުރަން ބޭނުން ވޭ, އެކަމަކު އަދަބު ލިބޭ ހިސާބުން, އަދަބު ލިބުނީމަ ދެން އޮންނަނީ ޝަކުވާ, ހަމަ އެކަނި މަހުލޫފެއް ނޫން އިދިކޮޅު ގިނަ މީހުންނަކީ ދިވެހި ރައްޔިތުންގެ އިހުސާސްތަކާއި ދެކޮޅަށް މަސައްކަތް ކުރާ މީހުން , އެބޭފުޅުން އެގޮވާލަނީ ނޫންތޯ ޖަލުން ތިމަންނަށްމެން މިނިވަން ކުރަން ޖެހެއޭ, އެކަމަކު މިބޭފުޅުންނަށް ނުކުރެވޭ ކަމަކީ ޖަލުގައި ތިބި އެހެން ނިކަމެތި ރައްޔިތުން މިނިވަން ކުރަން ގޮވާ ނުލުން " ހަލީލް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގަތުމުން ޖަލަށްދާން, ގައިދީއެއްގެ ޓިކެޓް ދީފައި ޖަލަށް ފޮނުވާލާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބުރާހިމް ފަލާހު ވިދާޅުވި ވިދާޅުވުމަށް ރަށްދު ދެއްވައި މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، ހިނި އައިސްފައި ތިބެ ވާހަކަ ދައްކަނީ، ޖަލަކީ ކިހާ ވަރެއްގެ ތަނެއްކަން އިހްސާސް ނުކުރެވޭތީ ކަމަށެވެ.

މަޚްލޫފް ވިދާޅުވީ، އެންމެ ދުވަހެއް ވެސް އާއިލާއާ ދުރުގައި ޖަލުގައި ހޭދަކުރުމަކީ ކިހާވަރެއްގެ ހިތްދަތި އަނިޔާއެއްކަން ސަރުކާރުގެ އިސް ބޭފުޅުންނަށް ނުވިސްނޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަލީލް

    ކުށަކަށް ނުވާކަހަލަ ކުށެއްގަ ވީމަ ޝަކުވާ ކުރެވޭނެ!

  2. ޝަބީން

    ޚަލީލައްވެސް ތި ދުވަސް ފެންނާނެ ހެން ހީވަނީ..

  3. ވަރު

    ޝަކުވާ ވެސް ކުރާނެ ކުށެއް ނުކުރަނިސް އަދަބު ދިނީމަ

  4. ބާލި

    ޚަލީލައް ތިދުވަސް ޖެހުނީމާ ތިހެނެއް ނުބުނާނެ

  5. ކޮޅުދާލި

    ތިމާއަށްވެސް ނަހައްގުން ޖަލުގައި ދުވަސްތައް ހޭދަކުރްނަޖެހުމުން ކުރެވޭ އިހުސާސް އެނގޭނީ އެދުވަހަކުން ބޭއިންސާފުން އަނިޔާދޭމީހުން އެދުވަސް ދެކޭނޭ!!!!

  6. ޔާގުން

    ތިޔަހެން ހަލާލުފައިސާއަށާ ވަޔަށް މަސައްކަތްކުރިމީހުން އެތިބީޖަލުގަ ތިޔަނަހަލާލުޕީއެޗްޑީ ބިރެއްނުގަނޭތަ.

  7. ނަޑެއްލާ

    މިވެރިން ޖަލައް ލާ ދުވަހަކީ ރާއްޖޭގެ %99 ރައްޔިތުން ބާރަށް އަތްޖަހަންތިބޭނެ ދުވަހަކަށް ވާނެ ކަމާއި މެދަކު މަމެން އެއްވެސް ޝައްކެތް ނުކުރަން.

  8. ހުސޭނު

    މޮޔަޔަކު ބުންޏަސް ތެދެއް ވާނީ ތެދަކަށް. ކޮންމެ މީހަކުވެސް މަގުމަތީގައި ހަޅޭލަވާފަ ތިމާ ވަރުގެ މީހަކު ނެތިގެން އުޅެނީ. ހަމަ ޖަލަށް ލާއިރަށް ބަލިވެ ހުރިހާ ގޮތެއްވެސް ވާނެ. ޚަލީލުވެސް ޖަލަށް ލީމަ އެނގެނޭ އެތަނުގައި ބަލިޖައްސާ ޖަރާސީމު އޮތްވަރު. މަހުންނާނަށް ޙަލީލު ޖަލަށް ލާދުވަހަކުން ބަލިވެގެން ޖަލުން ނުކުންނަން ޝަކުވާ ކުރާތަން ބަލަން