މާލޭގައި ރޭ ބިދޭސީ މީހަކު ރަހީނުކުރި މައްސަލަ އާއި ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ރޭވެސް ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު މިއަދު އިތުރު މީހަކު ހައްޔަރުކޮށް މި މައްސަލަ ތަހުޤީޤު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި އެންމެންނަކީވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 24 އަހަރުގެ ދެމީހުންނާއި 22 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ.

ފުލުހުން ވިދާޅުވީ މީހަކު ރަހީނުކޮށްފައި ހުރީ މާފަންނުގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތެރޭގައިކަމަށެވެ. ފުލުހުންނަށް މި މައުލޫމާތު ލިބުމާއި އެކު އެތަނަށް ގޮސް ރަހީނުކޮށްފައި ހުރި މީހާ ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުން ވިދާޅުވީ މީހަކު ރަހީނުކޮށްފައި ހުރީ މާފަންނުގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތެރޭގައިކަމަށެވެ. ފުލުހުންނަށް މި މައުލޫމާތު ލިބުމާއި އެކު އެތަނަށް ގޮސް

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާެއަހަރެން

    ޑީޕޯޓް ކުރޭ. ދެންފެންނާނީ ދިވެހިން ރަހީނު ކުރާތަން. މިއީ ޤައުމީ ސަލާމަތާއި ދިވެހި މުޖުތަަމައުއަށް އޮތް ވަރަށް ވިހަ ގަދަ ނުރަކަލެއް