އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ރާއްޖޭގެ ބައެއް އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމުއްގައި ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް އުފައްދަން ނިންމައިފިއެވެ.

މިގޮތަށް މިބޭފުޅުން ނިންމާފައިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގަައި އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ހިމަނާފައިވާ މައްސަލައެއް ހޫނުވެފައިވާ ދަނޑިވަޅުގައި ސަރުކާރުގެ އެއްވެސް ފަރާތަކުން އެކަމަށް ފިޔަވަޅެއް ނާޅާތީއެވެ.

އިސްލާމިކް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިހާރު ފެންމަތިވެފައިވާ އެމްޑީއެންގެ މައްސަލަ ހައްލު ކުރުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޒާހިރު ވަނީ އެ ބައްދަލުވުމުގައި ދެއްވާފައެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، މިނިސްޓްރީ އާއި ގުޅިގެން މިކަން ހައްލުކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެއްބަސް ވެވުނު ކަމަށާއި އޭގެ އިތުރުންވެސް ދީނީ ކަންކަމުގައި މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާނެ "ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް" އުފެއްދުމަށް ވެސް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ދިރާސާގެ ނަމުގައި އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި ރަސޫލާގެ ސުންނަތުންނާއި ޤުރުއާނުން ހާމަވާ ބައެއް ކަންކަމާއި މެދު އެ ރިޕޯޓުގައި ސުވާލު އުފައްދާފައިވެއެވެ. މިކަމަށް ދީނީ އިލްމުވެރިންނާއި ސިޔާސީ އަދި ސަރުކާރުގެ އިސް ފަރާތްތަކާއި ގިނަ އަދަދެއްގެ އާންމުންގެ ނުރުހުންވުން އަމާޒުވަމުންދާއިރު، އެފަރާތްތަކުން ދަނީ އެމްޑީއެން އުވާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މަގޭ ޚިޔާލު

  ޢިލްމުވެރިން އެކައްޗެއް ކިޔާ އެއްމިސްރާބަކަށް ދަތުރުކޮށްގެން ނޫނީ މިގައުމު ސަލާމަތުގެ އައްސޭރިއަކަށް ނުދާނެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ފެނުނީ ޢިލްމުވެރިން ޚިޔާލުތަފާތުވެފައިވާ މިންވަރު. އެންމެން އެކައްޗެއް ކިޔައި އެއްގޮތަކަށް އެއްބަސްވެ ކަންކަން ކޮށްގެންނޫނީ ރައްޔިތުންގެ އިތުބާރެއް ނުލިބޭނެ. އަހަރެންނަށް އޭރުވެސް ލަފާކުރެވުނު އެމްޑީޕީއަށް ބައިއަތު ހިފައިގެން އެމީހުންނަށް ވެރިކަން ދީފިނަމަ މިހާލު ޖެހޭނެކަން. ސަލަފު ޖަމިއްޔާއިންވެސް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ދައްކާނަމޭ ކިޔާފައި އެކަންތައްވެސް ދުއްވާލީ ބޮނޑު ނަގުލަށް. މުސްލިމުން އެއްބައިވަންތަވެގެން މެނުވީ އިސްލާމްދީނަށް ނަސްރެއް ނުލިބޭނެ.

  10
  1
  • ށަވިޔަނި

   މިޤައުމުގައި ގަބީލާތައް އުފައްދާ މުސްލިމުންތައް ބައިބައިކޮއްލީ ކެނެރީގޭ ދައްޖލ.

 2. ސަމީ

  މިހާރުވެސް ފަތުވާ މަޖިހެއްވެސް އޮވެމެ އެ މަޖިލިހުން ބުނާ އެއްވެސް އެއްޗެއް ޤަބޫލު ނުކޮށް އެއުޅެނީ މިކަމުގެ އަޑީގަ ހުންނަނީ ކެނެރީގޭ ނަޝީދު މިކަން ބައެއްމީހުން ގަބޫލު ނުކުރަން އެއުޅެނީ

 3. ޖަޒީރާ

  ތި އުފައްދާ ޖަމިއްޔާ ސިޔާސީ މީހުންގެ ދަލުގައިޖެހި ސީޔާސީ ނުވެއްޖެއްޔާ ވަރަށް ރަގަޅު، އެނބުރި ފަސްބަލާލުމުން ފެންނަ މަންޒަރުން މިކޮމެންޓް ކޮއްލަން ޖެހުނީ