އިސްލާމްދީނުގެ ދިފާޢުގައި ވަކާލާތު ކުރުމަކީ ދީން ސިޔާސީ ހަތިޔާރަކަށް ހެދުން ނޫން ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ދިފާޢުގައ ނުވަތަ ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި ނުވަތަ ޤުރުއާނުގެ ދިފާޢުގައި ވަކާލާތު ކުރުމަކީ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ހެދުން ނޫން ކަމަށެވެ. "އެއީ ކޮންމެ މުސްލިމަކު ކުރަން ޖެހޭނެ ކަމެކެވެ. ވަކިން ހާއްސަކޮށް އިލްމްވެރިން ކުރަން ޖެހޭނެ ކަމެކެވެ." ޝަހީމް ވިދާޅުވިއެވެ.
Islam dheenuge dhifaauga nuvatha nabiyyaa صلى الله عليه وسلم ge dhifaauga nuvatha quran ge dhifaauga vakaalaathu kurumaki islam dheen (siyaasee hathiyaarakah) hedhumeh nooneve. Ee komme muslimaku kuran jeheyne kamekeve. Vakin khaassakoh e ee ilmuverin kuran jeheyne kamekeve.
— Mohamed Shaheem Ali Saeed (@Mohamedshaheem1) October 6, 2019
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގެ މައްސަލަ ހޫނުވެފައި ވަނިކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޕޯޓާއި ގުޅިގެން ދައްކާ ވާހަކައަކީ ދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރުން ކަމަށް ސިފަ ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.
އެއާއި އެކު ފާޑުކިޔުންތަކާއި ގުޅިގެން ހަމަހިމޭންވެފައި ތިއްބެވި އެމްޑީޕީގެ ސީނިއާ މެންބަރުންނާއި އެކްޓިވިސްޓުން ވެސް މިހާރު ގެންދަނީ އިލްމުވެރިންގެ ވާހަކަތަކަކީ އިސްލާމްދީން ހަތިޔާރަކަށް ބޭނުން ކުރުން ކަމަށް ބުނަމުންނެވެ.
ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގައި ހުރި ވާހަކަތައް ކުށްވެރި ކުރެއްވުމުގެ ބަދަލުގައި ނަޝީދު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ.
"އިސްލާމް ދީނަކީ އެންމެ ފުރިހަމަ އެންމެ މާތް އަދި އެންމެ ތަހުޒީބީ ދީން" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިސްލާމްދީނުގެ ދިފާޢުގައ ނުވަތަ ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި ނުވަތަ ޤުރުއާނުގެ ދިފާޢުގައި ވަކާލާތު ކުރުމަކީ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ހެދުން ނޫން އަދި ސިާސީ ވަކި މަގުސަދެއް ޙާސިލިކުރުމަށްޓަކައި ދީނުގެ ޙައްގުބަސް ވަންހަނާ ކުރުމަކީވެސް ނުވަތަ ހަނު ހުރުމަކީވެސް ކުރަން ހެއުވާނެ ކަމެއްނޫން.
ތާއީދު! ރަގަނޅު ވާހަކައެއް! ހެހެ! މިހާރު މިގޯސްވީ އިސްލާމް ދީނަށާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެމްއިން ނެރުނު ރިޕޯޓް ކުށްވެރިކޮށް އެވާހަކަ ދައްކާ މީހުން! އެރިޕޯޓު ނެރުނު މީހުން ހަމަ ރަގަނޅު މިމީހުނަށް! ދެން އެވާހަކަ ދައްކަނީ ހަމައެކަނި ސިޔާސީ މީހުނެއްނޫން! އެވާހަކަ އެބަދައްކާ މިރާއްޖޭގައި ތިބި އިސްލާމްދީނަށް ލޯބިކުރާ އެންމެހާ ރައްޔިތުން! ދެން ސިޔާސީ ޕާޓީތައް ހަދައިގެން އުޅޭ ބަޔަކު ޕާޓީތައް ހަދައިގެން އެއުޅެނީ ޕާޓީތައް ހެދުމަށް އެކުލަވާލާފައިވާ ގާނޫނުތަކުގެ ތެރެއިން! އެހެންވީމަ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުންވެސް އަޑުއުފުލާނެ، ބަޔަކު އިސްލާމްދީނާއި ދެކޮޅު އަދި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓްނެރެ ވާހަކަ ދައްކާކަމުގައިވާނަމަ! ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ސިޔާސީ މީހުން އެފަދަ ކަންކަމާ ދެކޮޅަށް ވާހަކަ ދައްކާ އަޑުއުފުލަން އެންމެ އައުލާކަން ބޮޑީވެސް! އެމީހުން އިސްނަގާ ފިޔަވަޅުވެސް އަޅަންޖެހޭ! މަޖުބޫރުވެސް މެ! އެހެންކަމުން ސިޔާސީ ޕާޓީތަކުން އެވާހަކަ ދައްކަން ފެށީމާ ދީން ހަތިޔާރަކަށް ސިޔާސީ މީހުން ހަދަނީއޭ ބުނެ ކުރިން މިދެންނެވި ބައިގަޑަށް ހިތްވަރުދޭ ކަމަށް ތުހުމަތުކުރެވޭ މީހުން މިޓްވީޓްތައް މިކުރަނީ! މިއީ ހިތާމަ ހުރިކަމެއް! އަޅުގަނޑުމެން އެންމެންވެސް މިއީ ހިތާމަ ހުރިކަމެކޭ ކަންބޮޑުވުމޭ ކިޔައިގެން ވާހަކަތައް ދައްކާ ނިންމާލާ ގިނަ ކަންކަމުގައި! އެކަމަކު މިކަން އެހެން އެގޮތަށް ނިންމައިގެންނުވާނެ! މިއީ އެއައްވުރެން ސީރިއަސް މައްސަލައެއް! ގައުމީ ދީނީ މައްސަލައެއް!
ދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެންވެސް ކޮންމެ އެއްޗަކަށް ހަދައިގެންވެސް މި ދީން ދިފާއު ކުރަންޖެހޭނެ އަންނި އަށް އެނގޭނީ އިސްލާމްދީން ނޫން އެހެންދީންތަކާބެހޭ ވާހަކަދައްކާ ނިދަން ޝަހާދަތް ނޫން އެއްޗެއް ނޫނީ ކުރުސި ނޫން އެއްޗެއް ކިޔަން ބުނެދިނުން
މިދަނީ ވެއްޓެން.
2016 ވަނަ އަހަރު މިމައްސަލަ ނުބެލުމަކީ ޝަހީމުމެން ލަ ދުގަންނަން ޖެހޭނެކަމެއް
ކުރީ ސަރުކާރޭ ނުކިޔާ ނޭވާއެއްވެސް ނެލެވެ ދޯ؟ ބަލަ އެސަރުކާރު ގޯސްވެގެން ނޫންތަ ވެރިކަން ބަދަލު ކުރީ؟
ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ދިފާޢުގައ ނުވަތަ ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި ނުވަތަ ޤުރުއާނުގެ ދިފާޢުގައި ވަކާލާތު ކުރުމަކީ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ހެދުން ނޫން ކަމަށެވެ. "އެއީ ކޮންމެ މުސްލިމަކު ކުރަން ޖެހޭނެ ކަމެކެވެ. ވަކިން ހާއްސަކޮށް އިލްމްވެރިން ކުރަން ޖެހޭނެ ކަމެކެވެ." ޝަހީމް ވިދާޅުވިއެވެ.
ތި ވާހަކަ ރަނގަޅު
އެކަމަކު
ނަބިއްޔާ
صلى الله عليه وسلم ގެ ތާހިރު ސުއްނަތަށް ޢަމަލު ކުރުން ދޫކޮއްލާ ކޮއްމެ ވެރިކަމަކަށް عقيدة ބަދަލުވާ ޢިލްމުވެރިންގެ ނަމުގައި އުޅޭ ތީކަހަލަ ސިޔާސީ ޝޭޙުންގެ ވާކަ ނަޝީދު އެބުނަނީ.
ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގައި ހުރި ވާހަކަތައް ކުށްވެރި ކުރެއްވުމުގެ ބަދަލުގައި ނަޝީދު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ
ނަސީދު ބުއްޏަސް އެއީ ރަނގަޅު ވާހކައެއް.
ނަސީދު އެބުނީ މުސްލިމުން ދައްކައިގެން ނުވާނެ ވާހަކަ ރިޕޯޓުގައި އެބަހުރި ކަމައް؟ އަޅުގަނޑު ހިތައް އަރާ މުސްލިމުންނައް ހަރާމް މުސްލިމުން ކުރަން ނުވާފަދަ ކަންތައް ބަގުރަލާ އޫރުމަސް ވިއްކުމަކީ އެކަމަކު އެކަން ފާޅުގަ ކުރިޔަސް ބޮޑު ކަމަކައް ވެގެން ބަޔަކު ނޫޅެނީ ކީއްވެބާއޭ
އެއީ ފުރައްސާރައަށް ނުވާތީ. ހަޖޫ ޖެހުމަށް ނުވާތީ.
އެއީ ވެސް ބޮޑުކަމެއް.ރައްޔިތުން އެކަމާދެކޮޅަށް އަޑު އުފުލާކަމެއް..ކަންކަމުގަ ހަވާލުވެގެން މިތިބެޭ މީހުންނަށް އެއީ ބޮޑުކަމަކަށް ނުވަނީ..މާތްﷲއާއި މާތްރަސޫލާގެ ޒާތުފުޅަށް ނިސްބަތްކޮށް ދޮގު އިލްޒާމް އެޅުވުން މާތްﷲ ބާވައިލެއްވި ކަންކަމަށް އިންކާރުކޮށް ހަޖޫޖަހާ ހެދުމަކީ އެންމެ ބޮޑެތި ކަންކަން.......ﷲ ހެއްދެވި ބިމުގަ ﷲ ދެއްވި ރިޒުޤުން ކައިބޮއި ތިބޭހާލު ލަދެއް ނުގަނޭ މިޒާތުގެ ހުތުރު އިލްޒާމް އަޅުވާކަށް.. އިންސާނާގެ ހަށިގަނޑުގައިވާ އެންމެހާ ބާރެއް ގެއްލި ބަލި އެނދުގަ އޮންނަ އިރު އެއޮންނަ ނިކަމެތި ހާލާމެދު ނިކަން ވިސްނާލަބަލަ..އެފަދަ ދުވަހެއްގަވެސް ޑޮކްޓަރުން ކިތަންމެ މަސައްކަތެއްކުރިޔަސް އެގެއްލުނު ބާރެއް އަނބުރާހޯދައެއް ނުދެވޭނެ..ހަމައެކަނި އެބާރު ދެއްވެވޭނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް..
އަދުގެ އިސްލާމިކު މިނިސްޓަރަކައް ޝަހީމު ހުއްޓަސް ކަންހިނގާނީ މިހާރުވެސް ހިނގާގޮތައް ކަމައް ލަފާކުރެވޭ. ޝަހީމަކީވެސް ހަމަ އެކަނި އަނގައެއް.