ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލއަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް އެފަރާތުން ފަށާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ، ހުދުއަސުރުމާގެ، މުހައްމަދު ލިއުޝާދު (33އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
ލިއުޝާދުގެ ހިމެނޭ މައްސަލައެއްގެ ތަފްސީލެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ މުހައްމަދު ލިއުޝާދު އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑީޕާޓްމެންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މަށަށް ތިޔަ މީހަކު ފެނުނަސް ނުގުޅާނަން ފުލުސް އޮފީހަކަށް. ހަމަ އެއްދޮރުން ވައްދާފަ އަނެއް ދޮރުން ނެރޭނެ.