މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ތައްޔާރުކޮށް، ނެރުނު ރިޕޯޓާއި ގުޅޭ މައްސަލައެއް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީ، އާދަލާތް ޕާޓީން ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި ރިޕޯޓާއި ގުޅޭ މައްސަލައެއް އިސްލާމިކް މިނިސްޓްރީގެ ފަރާތުންވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އޭގެ ކުރިން އާއްމުންގެ މީހަކު އެ މައްސަލަ ފުލުހުންނަށް ހުށަހެޅިކަމަށް ފުލުހުން ވަނީ ރޭ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީން މިއަދު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާއި، ރަސޫލާއަށް ފުރައްސާރަކޮށް ދީނާ ހިލާފު ވާހަކަދައްކާފައިވާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން މިއަދު 13:00 ގައި ފުލުހަށް މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ހޫނުވެ، އެ ޖަމިއްޔާ އުވާލަންވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މިގޮތަށް ބުނަމުންދާ ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިންނާއި، ބައެއް މަޖިލީސް މެންބަރުންވެސް ހިމެނެއެވެ.

އެ ރިޕޯޓާއި ގުޅިގެން އާދާލަތް ޕާޓީން ވަނީ، އެކަން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާރިފާ

    ކުޑަކޮށް އެބަ ރަނގަޅުވޭ.

    64
  2. Anonymous

    ދެން ފެންނާނީ އަދާލަތުޕާޓީގެ ތިޔަ ނިންމުމުގެ ސަބަބުން އެޕާޓީ ކޯލިޝަނުން ވަކިކޮށް މިފޮޓޯއިން ފެންނަންތިބި އެޕާޓީގެ މިނިސްޓަރުން އަދި އެހެނިހެން ސިޔާސީ މަގާމުތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްލާތަން، ޝިދާތާއާއި ޢަލީޒާހިރު މަގާމުން ވަކިކޮށްލާނެކަމުގެ ބިރުހީނުވަނީތަ؟؟އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ތެދުވުނީނަމަ ތިބޭފުޅުންނަށް މަރުޙަބާ، އައްސަރިބަހާއި ސާބަސް

    135