ސައިކަލެއްގެ މަތީގައި އިންދާ ފެން ޖެހި މައްސަލައިގައި އަނިޔާ ލިބުނު މީހާ ދެނެގަންނަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ ސައިކަލެއް މަތީގައި އިން މީހެއްގެ ގަޔަށް ފެން ޖެހި މައްސަލައިގެ ތަޙްޤީޤުގެ ބޭނުމަށް އަނިޔާ ލިބުނު މީހާ ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

އެހެންކަމުން އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވާ ހިއްސާ ކުރެއްވުމަށް ފުލުހުން އެދެއެވެ.

ސައިކަލެއްގެ މަތީގައި އިށީންދެގެން އިންދާ ބިދޭސީއެއްގެ ގަޔަށް ފެން ޖެހީ ސައްތާރު ނަމަކަށް ކިޔާ މީހަކު ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެހާދިސާގެ ވީޑިއޯ އާއްމުވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސައްތާރަށް އަމާޒުވިއެވެ. ފުލުހުން އެމައްސަލަ ބަލަން ފެށީ މީސް މީޑިއާގައި އެތައް ބަޔަކު ސައްތާރުގެ އަމަލުތައް ކުށްވެރިކޮށް އެކަން ބަލަން ފުލުހުންނަށް ގޮވާލަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އާފް ރައްޒާގު

  ގަލޮޅު ދަނޑު ޗެކް ކޮއްލަބަލަ ތިސޮރަކު ފެނޭތޯ

  16
  1
 2. ޖާޒީރާ ބޯއީ

  ސައްތާރު ކުރިޔަސް އެހެން މީހަކު ކުރިޔަސް ތިޔަކަން ވާނީ ގޮހަކަށް. ފެންޖަހަންނާ ޖަހަންވީ ކީޕަރު މައުރޫފުގެ ގަޔަށް އެއަށްފަހު އިމިގްރޭޗަންގެ ނާޖާއިޒް ފައިދާ ހޯދައި ގަނެގެން އުޅޭ މީހުންގެ ގަޔަށް ނިކަމެތިންނަކަށް ނޫން އަނިޔާވެރިވާންވީ.

  18
  6
 3. އަންނި

  ޑީޕޯޓް ކޮއްލަންބާ؟

  15
  2
 4. ބުހާރީ

  ފުލުހުން ވެސް އެސޮރު ގަޔަށް ފެންޖަންތަ؟

  13
  2
 5. އނނ

  މިހާރު އެ ބަންގާޅި މީހާ މި ކުއްވެރިވީ. ސާބަސް އިގޭ

  7
  15
 6. މުފަޒިލު

  ތީވަރަށްހެވާ ކަމެއް ދޯ،،، މިމީހުން ގަޑިހިނގާ ގޮތަށް މިބައި މީހުން ޗާޖު ވަނީ މީޑި ޔާހިނގާ ގޮތަ ދެތޯ...

  1
  7
 7. އައްޔަ

  އަވައްޓެރި ގައުމުގެތަކުގައި ހިނގާ ކަހަލަ ލާއިންސާނީ ކަންކަން ހުއްޓުވަންޖެހޭ. މިފަދަ ކަމެއްވެސް ދޫކޮށްލެވިގެން ނުވާނެ. ރަނގަޅު ޕޮލިސް.

  10
  3
 8. ޏަޖީބް

  މީކޮންކަމެއް ޢޭނަ މައްސަލަނެތީ ދައްތަމައްސަލަނެތީ ބާލިދީމައްސަލަނެތީ ދެން ޕޮލިސް ކޮންމަސަލަ

  5
  6
 9. ޢާސީ

  ޚކޮބާތަ ކޮބާތަ މުޅިމާލޭގަ ފަތުރާލައިފަވާ ކެމެރާތައް..އަބަދުވެސް އާންމުންގެ މީހެއް ކަމެއްހޯދާ މިޖެނީ ރިޕޯޓް ކުރަން އެހެން ހެދީމަ މުޖްތަމުގެތެރޭގަ މައްސަލަ އުފެދޭނެ ކަމެއްނޭނގޭބާ

  5
  1
 10. ޙަބީބު

  ބަންގާޅިންތައް ބޭރުކުރޭ ކިހާބޮޑު އުނދަގުލެއް

  2
  1
 11. ދެނެގަތުން

  މީހާ ދެނެ ނުގަނެވިގެންތަ ދީނަށް ފުރަށްސާރަ ކުރާއިރު ފިޔަވަޅު ނޭޅެނީ..

 12. އައްޑެ

  ސައިކަލަށް ދަވާދު ޖެހި މައްސަލާގަ އެސޮރަށް ތުހުމަތު ކުރެވޭތީ ބަދަލު ހޯދަން.

 13. ބޮނދު

  ބަންގުލަދޭސް މީހާ ހޯދާ ގެންނައިރު ގަވައިދާ ހިލާފަށް ވަގައް އުޅޭ ކަމުގައި ވަނީނަމަ ގަވައިދަށް ފައްތާ ދިވެހި މީހާ އުމުރައްޖަލަށްލާ.
  ޥަރިހަމަ 5 މީހުން އަރާތިއްބަސް ސައިކަލް ހަރު ލެބުނަސް
  އާމުކަމެއް ސައިކަލަށް އަރާ ތިބުން.

  2
  1
 14. ސައްތާރު

  މިއަދު މޫސުން ވަރަށް ސައްތާރު ކޮއްއުޅެނީ

 15. ާއައިމިން

  ވެމް ކޯ ގަރާޖުގަ މަސައްކަތް ކުރާ މީހެއް އެއީ އެތަނަށް ގޮސް އަހާބަލަ!
  ( ޕޮލިސް)