ސެންޓާރާއިން ރާއްޖޭގައި އަލަށް އެޅުމަށް ހަމަޖެހިފާ ރިސޯޓް ތަރައްގީކުރަން މާލެ އަތޮޅުން 3 ރަށެއް ހިއްކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މިއަދު ބެންކޮކްގައި ހުންނަ ސެންޓާރާ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.

ސެންޓާރާގެ ފަރާތުން މި އެއްބަސްވުމުގައި އެ ކުންފުނީގެ ސީއީއޯ ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހުސައިން ޝާހްއެވެ.

މި އެގްރީމެންޓްގެ ދަށުން 21 ހެކްޓަރުގެ ބިމެއް މާލެ އަތޮޅު ފަޅަކުން ހިއްކަން ވަނީ ހަމަޖެހިފައެވެ. އަދި ހިލަ ތޮށި ޖެހުމުގެ މަސައްކަތްވެސް ކުރަން ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް 300 ދުވަހުން ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އޮރެންޖު

  މިހާރު އޯކޭދޯ ހިތްކައިގެން ރިސޯރޓް ހެދިޔަސް. މިމީހުން ކޮށްފިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ހަމަ ޔަހޫދީ ބައިގަނޑެއް.

  17
 2. މިއަދު

  މިއީ ދޮގެއްނޫން ! މަލެއަތޮޅުގެ ކޮންތާކުއޮތް ކޮންނަމެއްކިޔާފަޅެއް ދެންޙަވަލުކުރީ ކޮންކާއޮތް ދެފަޅެއް އޮޅުވާލަން ނުއުޅެ ތަފްޞީލުކޮށް ބުނެދީބަލަ

  12
 3. އަލީ

  ނުކުރާނަމޭ ބުނި ހުރިހާކަމެއް ކޮށް ހަމަވަނީ. ދިވެހި ރާއްޖޭގެ އެއްވެސް ފަރެއް ހިއްގައިގެން މިފަދަ ޕްރޮޖެކްޓެއް ނުހިންގާނަމޭބުނި. ވަރަށް ސަލާމް.

  12
 4. ހިންނަވަރުބަޖަރާ

  އެއްވެސް ބޭނުމެއް ނުހިފޭ ބޭކާރު މަހާޖައްރާފާ ބޭނުންނުކުރާތި.

  11
  1
 5. އަލިފު!

  ކިހިނެއްބާ ރަށްހިއްކަނީ! މީގެ ކުރިން ހިއްކައިއުޅެނީ ރަށްރަށުގެ ފަޅު!

 6. ބޯހަލަކު

  މިހާރު ތި މާވަށި ވެސް ނުވާނެ ހަލާކެއް.
  ކުރިން މި މީހުން ގެ އަނގާއިން ގޮވީ ފަޅުތަކަ ފަރާ އެއްޗެހި ހިއްކީ މަ ތި މާވެށި ހަލާކުވާނެ. މިހާރު އޯކޭ.

 7. ޢަލި ފުތު

  ފަޅުތަށް ހިއްކާތީކަންބޮޑުވެގެން ރަގަޅުކުރަން އައިބޭފުޅުނަށް މިކަން އޯކޭވީތޯ؟ އަޅުގަޑުމެން ސަރުކާރެއްގަ ފަޅުތަކެއްނުހިއްކާނަމޭ ވިދާޅޫވި ހަދާންނެތުނީތޯ؟ އަދި ވިދާޅުވި މާލެރައްޔިތުން ޕިކްނިކްދާން ތައްޔާރުކުރަނީ ގުދުރަތީގޮތުން ހެދިފައޮތް ރަށަކަށޭ! އެކަމު ހަމަޖެހިގެންދަނީ ފަޅުތަށް ހަލާކު ކޮއްގެން ޔާމީން ސަރުކާރުން ހިއްކާފަ އޮތް ފަސްގަޑެއް؟ މިހާރު ޔާމީން ކުރެއްވީކަންތަކަކީ މިޤައުމުގެ މުސްތަގްބަލް ކަންވިސްނިގެން އެގޮތައް ކަންތަށް ކުރާތީ އުފާވޭ.!!!!!!!!!!