ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލްތައް މަޖިލީހުގެ ކޮމެޓީތަކުން ޑްރާފްޓް ކުރާގޮތައް ހަމަޖެއްސުމުން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ކަންބޮޑުވުން ފާޅުކުރައްވާފައި ވީނަމަވެސް މަޖިލީހުގެ ނިންމުމަށް ބަދަލު ނުގެނެސް ކުރިން ވެސް ނިންމާފައި އޮތްގޮތައް ކޮމެޓީތަކުން ބިލްތައް ޑްރާފްޓް ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ޤަވައިދުގައި ސިޔާސީ ޕާޓީތަކަށް ބިލް ހުށަހެޅޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތް ކަމަށެވެ. "ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް މިއީ ޤާނޫނު ހަދާ މަޖިލިސް ކަމާއި ޤާނޫނު ހެދުމުގެ އެންމެހާ މަސައްކަތްތައް މިމަޖިލީހަށް ކުރެވޭނެކަމާއި، ކުރަންޖެހޭނެކަމަށް ބުނެފައިވޭ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލީހަށް ކަމެއް ހުށަހެޅުމުން ދެން އޮންނާނީ ކަމާގުޅޭ ކޮމެޓީއަކަށް ފޮނުވުމުން ކަމަށެވެ.
ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕީޖީ ލީޑަރު ބޭނުންވާ 20 ބިލްގެ ތެރެއިން މާލީ ދެބިލް ފިޔަވައި އެހެން ހުރިހާ ބިލެއް މަޖިލީހުގެ ކޮމެޓީތަކަށް ޑްރާފްޓް ކުރެވޭނެ ކަމަށެވެ.
"18 ބިލްވެސް ހުށަހަޅަނީ ސަރުކާރު ހިންގާ ޕާޓީ އިން. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ ޤާނޫނު އަސާސީގެ ރޫހާއި އެއްގޮތައް ޤާނޫނު އަސާސީ ތަންފީޒު ކުރަން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބިލްތައް ޑްރާފްޓް ކުރާނީ ބަންޑާރަނައިބުގެ އޮފީހާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި އެކުގައި ކަމަށެވެ.
މަޖިލީހަށް ހުށަހަޅާ ބިލްތައް ކޮމެޓީތަކުން ޑްރާފްޓް ކުރާ ގޮތައް ހަމަޖައްސާ ބިލްތައް ޑްރާފްޓް ކުރުމުގައި ބަންޑާރަނައިބު އޮފީހުގެ ދައުރެއް ނޯންނަ ގޮތައް ހަމަޖެއްސުމުން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަޞީލަތް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަޞީލަތެވެ. ނަޒާޙަތްތެރި މަޖިލީހަކުން އެފުރުޞަތު ސަރުކާރަށް ފަހިކޮށްދޭނެއެވެ." ބަންޑާރަނައިބު ރިއްފަތުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރިޔާސީ ނިޒާމެއްގައި ގަދަކަމުން ބަރުލަމާނީ ސިފަތައް ގެނެސް ގާނޫނާއި ގަވާއިދާޚިލާފަށް މަޖިލިސް ހިންގުން ބަލައެއް ނުގަނެވޭ. ރައީސް ނަސީދަށްވުރެ އަމިއްލަ އެދުން ބޮޑު ރައީސެއް އަދި މިދިވެހިރާއްޖެ ނުދެކޭ. ރައީސުލްޖުމްހޫރިއްޔާ އެބަޖެހޭ ރައީސްނަސީދު ގާނޫނީ އިމުގެ ތެރެއަށް ވައްދަން. އެހެންނޫނީ ހީނުކުރާ ވަރުގެ ބޮޑުގެއްލުމެއް ދިވެހިދައުލަތަށް ލިބިދާނެ.
ތިޔަ ބަލާވެރިކަމުން މިގައުމު ސަލާމަތް ވާނެ ދުވަސް ﷲ މިންވަރު ކުރައްވާށި <<<<<<
އާމީން
މަޖިލީހުގައި ތިކަން ކުރެވޭ ފެންވަރުގެ ބަޔަކު ނެތް. އެހެނެއްނޫން މަޖިލީހުން ލޯފާމްތަކާ ހަވާލުކޮށްގެން ތިކަން ކުރެވިދާނެ. އޭރުންވެސް އެޖެހެނީ ހަމަ އެއްތަނެއްގަ.
ބަގުޑިރައީސް
ވެރިކަން ކުރާ ހިތުން މަރުދެނީ.. އެޖެންޑާ 19 ގެ ދަށުން ދައުލަތް ހިންގުންވެސް މަޖިލީހައް...
ތީ ޤާނޫނު ހަދާ މަޖްލިސް ކަން އަޅުގަނޑު މެންނަށް އެނގޭ، މަނިކުފާނަށް ނޫންތޯ އެކަން ނޭގިގެން ތިޔަ އުޅުއްވަނީ، ތިޔަ މަޖްލިސް އިން މިހާރު ނުކުރާކަށް ކަމެއް އެބަ އޮތްތޯ؟
ތިޔަޢީ ޤާނުހަދާ ތަނަކީވެސް
ފުލުހުންނަކީވެސް
ޕީޖީ ވެސް
ކޯޓު ތައްވެސް
ރައީސް އަކީވެސް
ޑިމޮކްރަސީއޭ ކިޔައިގެން އެމްމެ ބާރަށް ހަޅޭލެވިމީހާ މިހަދަނީ ކިހިނެއް! އުތުރުކޮރެޔާ ޑިމޮކްރަސީ މިއޮތީ ގެނެސްދީފައި! މާދަމާ ޖެހޭނެ ކައިވެނި ވަރިވެސް މަޖިލީހުން ފާސްކުރަން!
މީނާ ދަސްކުރީ އާންސަންސޫކީ ކައިރިން. ވަރަށްމޮޅުވާނެ.
މިމީހާއަކީ ވަރަށް ޚުދުމުޚުތާރު އަދި އެހައިމެ މަކަރުވެރި މީހެއް... ބޭނުންވަނީ ހުރިހާ ބާރެއް މުށުތެރޭ ބާއްވައިގެން ގައުމުގެ ވެރިކަން ކުރަން.. މަޖިލީހުން އޭނާ ބޭނުންވާ ގޮތަކަށް ޤާނޫނު ޑްރާފްޓްކޮށް އޭނާ އެ ޤާނޫނު އެމަޖިލީހުން ފާސްކޮށް.. ރައްޔިތުންގެ މައްޗަށް ބާރުގަދަ ވެރިޔަކަށް ވުމުގެ އެޖެންޑާގެ ކޮޅުމަތި މި ފެންނަނީ..
ބާރު ހުރި ވަރު ފެނޭނު އެކަމު ރައީސް ވެދާޅުވާނެ ދެމީހުން ދޭތެރޭ މައްސަލަ އެއް ނެތޭ ސަރުކާރު ހިންގާ ޕާޓީން ސަރުކާރަށް ޖެއްސުން ކުރަނީ
މައްސަލައެއް ނެތޭ. ދޭތި ރާވައިގެން ހިންގާ ޖަރީމާ. އެއް ޒާތު ދޭތި.
ރައްޔިތުންގެ މިހާރުގެ މަޖިލީސް އަކީ އުވާލަންޖެހޭ ތަނެކެވެ
މަޖިލީހަކީ ގޮށްމުށުބާރު ހިންގަން އޮތް ތަނެއްނޫނެވެ
ދައުލަތުން ބޮޑުޚަރަދެއް ކޮށްގެން ރައްޔިޔިތުންގެ މަޖިލީހެއް
އުފައްދާފައިވަނީ ގައުމީ މަސްލަހަތު ދަމަހައްޓާށެވެ އަމިއްލަ
މަސްލަހަތު އިސްކުރާކަށް ނޫނެވެ.
ހައްހައް ހާ ސޯލިހް ޕަޕެޓްއަކައް ހަދާނިމިނީމި، ހަަތަރެސްފައިގަ ވާޖަހާފަ ދެންކުޅޭނީ މަޖުލީހުން
ރާއްޖޭގައި މިއޮތީ 02 ސަރުކާރެއް އުތަ؟؟؟؟
ލައްބަ! އަންނިބުނި އަނދިރި ސަރުކާރަކީ ރައްޔިތުންގެ މަޖިލިސް .
ވަރަށް މަޖާ. ތާލިޔާ ތާލިޔާ.
ބޭރުކުރޭ
މި މުއްލާ ކެނެރީ ނަސީދު ބޭނުންވަނީ ލޮބުވެތި ރައީސް އިބޫ ސޯލިހު ބޭރުކޮށް މުއްލާ ނަސީދު ވެރިކަންކުރަން. ވަރަށް ވެރިކަން ބޭނުން މީހެއް ނަސީދަކީ
މިކަލޭގެ ފޮޓޯ ނުޖަހާބަލަ. ފެނުނީމަވެސް ހޮޑުލަވާ!
ހަމަ ހުވާ މަވެސް މީތި ފެނުނީމަ ހޮޑުލަވާ!!
މީކަމުން އިގިގެންދަނީ ރައީސުލް ޖުމްހޫރިއްޔާގެ ނާގާބިލްކަން ވެރިކަން ކުރުމުގެ ހިކުމަތްނެތްކަން
ގާނޫނުއަސާސީ މިދަނީ އޮޅެމުން ތެޅެމުން ފޮޅެމުން. ގާނޫނުއަސާސީގައި ދައުލަތަށް ގާނޫނީ ލަފާ ދިނުމުގެ ބާރު ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަކަށް ނޫން. އެ ބާރު ދީފައި އޮތީ އެޓަރނީޖެނެރަލަށް. ރައްޔިތުންގެ މަޖިލީހަށް ދީފައި އޮތީ ގާނޫނު ހެދުމުގެ ބާރު. ގާނޫނު އެކުލަވައިލައި މަޖިލީހަށް ހުށަހެޅުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް އޮތް ބާރެއް ނޫން. ގާނޫނުތައް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ފަރާތްތަކުން އެކުލަވައި ހުށަހެޅީމާ އެ ހުށަހެޅުމެއް ބަލައި ގާނޫނަކަށް ހަދާނީތޯ ނުވަތަ ނޫންތޯ ނިންމުން މަޖިލީހުގެ މަސްއޫލިއްޔަތަކީ. މިހާރު ތިޔަ ދަނީ ހައްދުން ނެއްޓިގެން.
ތިޔަމަޖުލީހުން ހުތުބާ ވެސް ތައްޔާރު ކުރަން ފެނޭ!
ޢެއްމެ ބޮޑުހަރަދެއް މިކުރަނީ ކޮއްއްމެ ބަޔަކުވެސް އެމީހުންގެ ދަރިންނައް އެއްމެފެންވަރު ރައަގަޅު ތައުލީމެއް ދެވޭތޯ އެކުދިންހާސިލްވެސްކުރޭ ނަމަވެސް އެކުދިންގެ ކާމިޔާބު ބައްޓަންކޮއް ގަވާއިދާއި ގާނޫނު ހަދާތަންތަނައް މީހުން ނަގާއިރު ނުބަލާ މިކަންކުރެވޭނެބައެއްތޯ އެކަނިމިބަލަނީ ކުލާސްޓީޗަރުންގެ ފެންވަރުހުރިތޯ ބަލިތަކައް ފަރުވާދޭ ޑޜ މޮޅުތޯ އެއީއެކަމައް ހާއްސަމީހެއްތޯ ނަމަވެސް ސިޔާސީ ޕާޓީއެއްގެ ކަމެއްނިއްމަން ހެޔޮގާބިލް ކަމައްހާއްސަ މީހަކައްނުވިއަސް ކުލައެއްހުރެއްޖެނަމަ ވަޒީފާއަކައް ކުރިމަތިލާނަމަ އެތައް ލިއުމެއް ހުޝައަޅަންޖެހޭ ތައުލީމު ތަޖުރިބާ އަދިމެޑިކަލް ޕޮލިސްރިޕޯޓް ކޮއްމެދިވެއްސަކުވެސް.