ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ދައުވާގެ ޚުލާސާ ބަޔާން އިއްވުމަށް ބާއްވާ ޝަރީޢަތުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ހުށަހަޅުއްވާ ބަޔާން މާދިގުވުމުން ހުސްވަގުތުކޮޅަކަށް ޝަރީޢަތް މެދުކަނޑާލައިފިއެވެ.
ޝަރީޢަތް މެދުކަނޑާލާފައި ވަނީ ދިހަ މިނެޓަށެވެ.
ހުލާސާ ބަޔާން ދިގުވުމުން ގާޞީ ހައިލަމް ވަނީ ޔާމީންގެ ވަކީލުންނާއި ސުވާލު ކުރައްވާފައެވެ. ގާޞީ ވަނީދެން ފާހަގަ ކުރަން ބޭނުންވަނީ ކޮންކަމެއްތޯ ސުވާލު ކުރައްވާފައެވެ.
ޔާމީންގެ ވަކީލް އަލީ ޝާހް ވިދާޅުވީ ވަކިވަކިން ފާހަގަ ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އަދި ގަޑިއެއްހާއިރު ބޭނުންވާ ކަމަށެވެ.
ޔާމީނާއި ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ ހުލާސާ ބަޔާން ހުށަހަޅަން ތާވަލް ކުރީ މިއަދު 13:00 އަށެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލިސް ފެށޭވަރުވީ 13:30 ހާއިރުއެވެ. ފުރަތަމަ ދައުލަތުން ހުލާސާ ބަޔާން ހުށަހަޅަން ފުރުސަތު ދިނުމުން 30 ވަރަކަށް މިނެޓް ތެރޭގައި ވަނީ ހުލާސާ ބަޔާން ހުށަހަޅައި ނިންމާފައެވެ.
14:00 އިން ފެށިގެން އަދިވެސް ކުރިއަށް ދަނީ ޔާމީންގެ ފަރާތުން ހުށަހަޅާ ހުލާސާ ބަޔާން ހުށަހެޅުމެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ބައެއް އަޑުއެހުންތައް މީގެ ކުރިން ވެސް ވަރަށް ބޮޑަށް ދިގުދެމިގެންދިޔައެވެ. އަދި ބައެއް އަޑުއެހުންތައް ދިގުވަމުން ދާތީ ގަޞީ ހައިލަމް ވަނީ ޔާމީންގެ ވަކީލުން ދައްކަވާ ވާހަކަފުޅުތައް ކުރުކޮށް ދެއްކުމަށް އެތައް ފަހަރެއްގެ މަތިން ދަންނަވާފައެވެ.
ޔާމީންގެ ވަ ކީލުންނަށް ޙުލާސާގެ މާނަ ނޭގުމަ ކީ ޤާޒީގެ މައްސަލައެއް ނޫންދެއްތޯ.... ވަ ކީލް ކަމުގެ ސަރުތު ހަމަވޭތޯ ބެލުން މުހިއްމު... ކުރީދުވަހުވެސް ޙުތުބާއެއް ވިދާޅުވީ... މިމީހުންނަ ކީ ކޯޓަށް ނޫނީ ޤާޒީއަށް ޖެއްސުން ކުރަންދާ ބައެއްތޯ..
ޚުލާސާގެ މާނަ ނޭގެނީ މާވަޑި ފަލާހް އަށް، ކިތަންމެ ޚުލާސާ ކުރިޔަސްވެސް މައްސަލައިގެ ބާވަތުން ބަޔާން ދިގުވުމަކީ އެކަށީގެންވާކަމެއް، ގިނަކަންކަން ފާހަގަ ކުރަންޖެހެންޏާ ބަޔާން ކުރުވާނެ ގޮތެއް ނޯންނާނެ، ހަދާނެގޮތެއް ހަދަން، ދައްކަން ބޭނުންވާ ވާހަކަ ނުދައްކައެއް ދުލެއް ނުކުރެވޭނެ، އަހަރުމެން އެންމެގެ ކުރިމަތީ މައްސަލަ ހުށަހެޅިގެން ދިޔައީ އަދި ހެކިބަސް ނެގިގެންދިޔައީ، ދެއުޅިއެއްނުވާ ޒާތު ވާހަކަ ދައުވާ ހުށަހެޅިފަރާތުން ދެއްކީ މިކަންކަން ބަޔާނުން ބުނެދެވެންޖެހޭނެ