ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޙުކުމް އިއްވުން އަންނަ ނޮވެމްބަރ މަހުގެ 05 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މިއަދު އޮތް ހުލާސާ ބަޔާން އިއްވުން ނިންމާލަމުން މައްސަލަ ބައްލަވާ ގާޞީ އަހްމަދު ހައިލަމް ވިދާޅުވީ މިމައްސަލައިގެ ޙުކުމް އިއްވުން އޮންނާނީ ނޮވެމްބަރ 05 ވަނަ ދުވަހުގެ 15:00 ގައި ކަމަށެވެ.
މިއަދު އޮތް ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ވެސް ޔާމީންގެ ވަކީލުން އެންމެ ބޮޑަށް ފާހަގަ ކުރީ އެސްއޯއެފް އިން މީހެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމަކީ އޭގެ ޒާތުގައި ކުށެއް ނޫންކަން ސާފުކޮށްދިނުމަށާއި، ކުށެއް ކުރުމުގެ ނިޔަތެއް ޔާމީންގެ ކިބައިގައި ނެތްކަން ސާބިތުކޮށްދިނުމަށެވެ.
މީގެ އިތުރުން ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތު އަދި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސް ބަލައިނުގަނަވޭނެ ކަމަށް ވިދާޅުވެ ވެސް ޔާމީންގެ ވަކީލުން ގިނަ ނުކުތާތަކެއް ފާހަގަ ކުރިއެވެ.
ދައުލަތުން އިއްވި ހުލާސާ ބަޔާނުގައި ވިދާޅުވީ އަބްދުﷲ ޒިޔަތު ދިން ހެކިބަހުގައި އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކޮށްފައި ވަނީ ޔާމީން ބުނެގެންކަން ސާބިތުވާ ކަމަށާއި އަދި އަދީބުގެ ހެކިބަހުން ޕީޕީއެމްގެ ފައިސާ ބެލެހެއްޓި ކަމަށާއި ނަމަވެސް އެއީ އެހައި ބޮޑު އަދަދެއް ނޫންކަން ސާބިތުވާ ކަމަށެވެ.
އަދީބާއި ޒިޔަތު ދިން ހެކިބަހަށް އެކައުންޓް ސްޓޭޓްމަންޓުން ބާރުލިބޭ ކަމަށާއި ބަހުސްގެ ބޭނުމަށް އަދީބާއި ޒިޔަތަކީ ފާސިގުން ކަމަށް ބެލިނަމަވެސް މިމައްސަލަ ޔާމީންގެ މައްޗަށް ސާބިތުކުރެވޭނެ ހެކިތައް އެބަހުރި ކަމަށް ދައުލަތުން ވިދާޅުވިއެވެ. އެހެންކަމުން އަދީބާއި ޒިޔަތުގެ ހެކިބަސް މިމައްސަލައިގައި ބަލައިގަންނަން ޖެހޭނެ ކަމަށް ދައުލަތުން ގަބޫލުކުރާކަމަށް ދައުލަތުން ވިދާޅުވިއެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ މަނީ ލޯންޑާ ކުރުމުގެ ގޮތުން ޔާމީން ކުރި އަމަލެއް ދައުލަތައް ދައްކައިދީފައި ނުވާކަމަށާއި އަމިއްލަ އަށް އިސްނަގައިގެން އޭސީސީ އާއި އެކު އެކްސްކްރޯ އެކައުންޓެއް ހުޅުވުމުން އަދި ޔާމީން އެފައިސާ އެކައުންޓްގައި ބެހެއްޓުމުން ޔާމީންގެ ނިޔަތް ސާފުވާ ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ކުށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަންނާނެއެވެ.
ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ރައީސް ޔާމީން މި މައްސަލައިން ސަލާމަތްވެ، އަދިވެސް އަޅުގަނޑުމެންނާއިއެކީ ދިވެހި މި ގައުމަށް ޚިދުމަތްކޮށްދެއްވުމުގެ ހެޔޮ ތައުފީގު މިންވަރުކޮށްދެއްވައިފާނދޭވެ. ނުބައި ނުލަފާ މަކަރުވެރި ލާދީނީ ސަރުކާރުގެ ވަކިތަކުން އެމަނިކުފާނު ސަލާމަތްކޮށްދެއްވައި އެބައިމީހުންގެ ރޭވުންތައް ފަޟީހަތްވެ ނިކަމެތި ބައެއްކަމުގައި އެބައިމީހުން ލައްވައިފާނދޭވެ. އާމީން.
ކޮން ހުކުމެއްތަ
ޖަލަު ހުކުމެއް އަންނާ ނެ ކަމައް ލަފާކުރެވެނީ އެއީ ކައުސިލް އިމްތިހާބު އަތުލުމުގެ ބޭނުމުގައި
ޖަލުހުކުމް އައިއްޔާ ސަރުކާރު ވައްޓާލަން ނުކުންނަންވީ. އެގޮތަށް ހުކުމްކޮށްފިއްޔާ އެއިން އެނގޭ އެއްޗަކީ މިސަރުކާރުގައި އެއްވެސް އިންސާފްވެރިކަމެއް ނެތްކަން. މިސަރުކާރުގެ ހުރިހާކަމެއް ހިގަނީ ސަދޫމްބާގައާއި ފިރްއައުނާއި ހާމާންގެ ކޯޓުތައް ހިނގާހެން.
ހުކުމް އަދި ތިޔަކުރެވެނީ ދަށުކޯޓުން އަދި ފިލުމެއް ނުނިމޭ މިހާރު ކަންކަން މިދާގޮތުން ޔާމީނުގެ ސަޕޯޓަރުން ގިނަވާނެ