ވީމީޑިއާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ނޫސްވެރިން ކަނޑާ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ނިންމައިފިއެވެ.

އެމްއެމްސީ އިން މިގޮތަށް ނިންމާފައިވަނީ އިއްޔެ ކުރިއަށް ދިޔަ އެ ކައުންސިލްގެ މެމްބަރުންގެ ބައްދަލުވުގައެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ، ވީމީޑިއާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ނޫސްވެރިން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރަން ނުވަތަ ވަޒީފާ ގެއްލޭފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެކަން ބަލައި ސާފުކުރަން ނިންމާފައިވާ ކަމަށެވެ.

"މިއީ ނޫސްވެރިންނާ ގުޅުންހުރި ކަމަކަށްވާތީ މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާ ރިލޭޝަންސް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއާއި ހަވާލުކޮށް މިކަން ހިނގައިގެން އުޅޭގޮތެއް ބަލައި ސާފުކުރުމަށް ނިންމައިފި" މީޑީއާ ކައުންސިލުން ވިދާޅުވިއެވެ.

ގާސިިމް އިބްރާހިމްގެ އައިލެންޑް ބްރޮޑްކާސްޓިން ކުންފުނިން ހިންގަމުން އަންނަ ވީ މީޑިއާ އިން މުވައްޒަފުން މަދުކުރަން ނިންމާފައި ވަނީ ކުންފުނީގެ ޚަރަދުތައް ކުޑަކުރަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ްްަޤައުމު

    ތިޔަ ސޭޓަން ވާނީ އެވަރު. މުވައްޒަފުންނަށް މުސާރަ ބަރާބަރަށް ނުދެވޭ އެކަމު ސިޔާސީ މީހުންނަށް ބަހަންވެއްޖެޔާ އެވަރެއް ނެތް. ވެރިކަމަށް އަންނަށް ވެގެން ބައި ބޮޑުކުރަން ކުރާކަމަކަށް ތިވާނީ ބަހާނެ ފައިސާ ރައްކާކުރަންފެށީތި.. ހެހެހެ ވަރަށް ހާލުގަ އުޅެމުންދާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި ދެން އެމީހުންގެ އާއިލާތައް މަގުމަތިވަނީމި.. ސޭޓު ޒިންމާ ނަގަންވާނެ. އެންމެ ފަހުންވެސް ހަރަދު ބޮޑުވެގެން 20 މުވައްޒަފުން ވަކިކޮށްފަ މަހެއް ނުވަނީސް 40 މީހުންނަށް ވާޒީފަ ދީފި ...