ދ. އަތޮޅު ވާނީގައި ކުރިއަށްދިޔަ ފުލުހުންގެ ބޭސިކް ޓްރޭނިންގެ ތެރެއިން ބަލިވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ފުލުސް މީހާގެ އާއިލާ މީހުން މާލެއަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ނިޔާވި ފުލުސް މީހާގެ އާއިލާ މީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެއަށް ގެނެސްފައެވެ. މިވަގުތު އޭނާގެ ހަށިގަނޑު އޮތީ އައިޖީއެމްއެޗްގައެވެ.

ފުލުހުން ވިދާޅުވީ، އޭނާ ނިޔާވީ މިރޭ 11:48 ހާއިރު ކަމަށާއި، ވިފާޤު ނިޔާވީ ޕޮލިސް ޓްރޭނިން ސްކޫލްގައި ޕޮލިސް ބޭސިކް ޓްރޭނިން ހަދަމުން ދިޔަ ފުލުހަކު ބަލިވެގެން ކުޑަހުވަދޫގައި ފަރުވާ ދިނުމަށް ފަހު މާލެ ގެންނަނިކޮށް ދަތުރު މަތީގައި ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު މަލޫމާތު ފަހުން ޙިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤު އެވެ.