މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކުގެ އިތުރުން ކީރިތި މާތް ނަބިއްޔާ މުޙައްމަދު ގެފާނަށް ހަޖޫ ޖެހުމާއި ކުރުމަށް ހިންގާ ކަންކަން ކުށްވެރި ކުރާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އަދި އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް އެޕާޓީން ތާއިދު ނުކުރާނެ ކަމަށާއި މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރިކުރާ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެކެވެ. މިޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއްނޫނެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން މިޕާޓީން ކުށްވެރިކުރަމެވެ.،" ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ހިންގުން ހުއްޓުވަން ޖެހޭ ކަމަށާއި ޖަލްސާތަކާއި އެކިއެކި ފޯރަމްތަކާއި މީސްމީޑިޔާގެ އެކިއެކި ވަޞީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ އެޕާޓީން ބަލައިގަންނަ ކަންކަން ނޫންކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ ހައްދުފަހަނައަޅާފައިވާ ހަރުކަށި ޢަމަލުތަކަކީ އެޕާޓީން އަބަދުވެސް ކުށްވެރިކުރާ ޢަމަލުތަކެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

""ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ތަޙްޤީޤުކޮށް ޤާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Anonymous

  ކަލޭމެން ނެރޭ މުނާފިގު ފާސިގު ފާޖިރު ބަޔާން ތަކައް އަހަރެމެން ނުހެއްލޭނެ. ކަލޭމެނާ ދެކޮޅައް ވަރައް ފާރަވެރި ކަމާއި އެކު ބަލާނަން.

  70
  2
 2. ސސ

  ކުށްވެރިކުރީމަ ނިމުނީތަ. ފިޔަވަޅިވެސް އަޅަންޖެހޭ. އުވާލަންވެސް ޖެހޭ. ކޮން ހަރުކައްޓެއް މަޑުކައްޓެއް ކިޔާކަށް

  63
  2
 3. ޙަރީބު

  ރާއްޖޭގައި އޮތް ހަމައެކަނި ލާދީނާ ޕާޓީ އާއި އެޕާޓީގެ ވެރިން ފަންޑުކުރާ ލާދީނީ ސަހިންދާގެ ޓެރަރިސްޓު ޖަމިއްޔާ އުވާލަދީ...

  53
  2
 4. ބޯހަލާކު

  މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން މިޕާޓީން ކުށްވެރިކުރަމެވެ.،" ބަޔާނުގައި ވެއެވެ. ކުށްވެރި ކޮށްފަ ނުކުރާ އެއްޗެއްނެތް. އިސްލާމްދީނުގެ ހަމަތަކާ އުސޫލުތައްވެސް މިއޮތީ ކުށްވެރި ކޮށްފައެއްނު.

  38
  2
 5. މަގޭ ޚިޔާލު

  އެމްޑީޕީން މިގެންގުޅެނީ ލިބަރަލް ފިކުރުގެވެސް އެންމެ ހަރުކަށި ވައްތަރުދޯ! އިސްލާމީ ފިކުރު ފިޔަވައި ދެންހުރި ހުރިހާ ފިކުރަކަށް ޖާގަ ދޭންވީއޯ، އިސްލާމީ ފިކުރާ ތިމަންނަމެން ދެކޮޅޯ. ހަރުކަށި ފިކުރު އެވެރިން މާނަ ކުރަނީ އަހުލުއްސުންނާ ވަލްޖަމާއަތުގެ އަޤީދާއާއި ފިކުރަށްކަން ޔަގީން.

  32
  2
 6. ވިސްނާ

  ޢިލްމުވެރިން ވިދާޅުވެއެވެ. ލާއިލާހަ އިއްލަﷲގެ މާނަ އަބޫޖަހުލަށް އެނގުނު މިންވަރަށް ނޭނގިއްޖެ ކޮންމެ މުސްލިމަކަށް ހިތާމަ ހުއްޓެވެ. ލާއިލާހަ އިއްލަﷲ ހަމައެކަނި ދުލުން ކިޔައިގެން ސުވަރުގެ ވަންނާނެނަމަ، އަބޫ ޖަހުލު އެކަލިމަ ނުކީ ކީއްވެ؟

  22
  1
 7. އަޖާއިބު

  ކޮން ކަހަލަ ކުށްވެރިކުރުމެއް ތިޔައީ؟ އެމީހުންގެ މައްޗަށް ފިޔަވަޅު އެޅުމެއް ނެތް. ޖަމްޢިއްޔާ އުވާލުމެއް ނެތް. މީ ކޮން ވައްތަރެއްގެ ފިޔަވަޅެއްތަ؟ އެއީ ފުރައްސާރަކުރުމުގެ ފިޔަވަޅުތަ. މިހާރު މިހާރަށް ތިޔަ ޖަމްއިއްޔާ އުވާލާ. އުވާލަން ޖެހިލުންވާންޖެހޭ ވަރުގެ ބައެއް ނޫން. މުނާފިގު ބަޔާނެއް އަނެއްކާވެސް ނެރުނީނު.

  24
  1
 8. މާމިގިލީ މީހާ

  ވެރިކަން ލިބުނީމާ ނަސީދުމެންގެ ހިތައް އަރަނީ ދެން ތިމަންނާމެން މަރެއް ނުވާނޭ ހުރިހާކަމެއް ހަމަވީޔޭ. ނަސީދުވެސް އެބުރި ދިޔުން އޮތީ ކޮންތާކަށް ތޯ. ތިހިން ހަޖޫޖަހާއިރު.

  30
  1
 9. ބުރޯ

  އެމްޑިއެން ގެ ސަހިންދާ ވިދާޅުވި އޭނާ ކުށެއްކުރިނަމަ އޭނާ އަށް އަދަބު ލިބެންޖެހޭނެ ކަމަށް ނަސީދު ވިދާޅުވި އެރިޕޯޓްގާ ދީނާ ހިލާފު ވާހަކަތައް ހުރިކަމަށް އަނެއްފަހަރު ވިދާޅުވީ އެރިޕޯޓްގާ ހުރިކަމަކީ ލިއުމުގާ ސައްލަﷲއަލަހި ވަސައްލަމަ ލިޔެވިފަނެތުމޭ އަނެއްފަހަރު ވިދާޅުވި އިގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރުމުގާ މައްސަލަ ހުރީއޭ .އަނެއްފަހަރު ވިދާޅުވެއްޖެ ފިޔަވަޅުއަޅަން . މިހިސާބުން އަޅުގަނޑަށް ވިސްނެނީ މިރިޕޯޓް ލިޔެ ތައްޔާރު ކުރުމުގާ ނަސީދު ގެ އަތެއް ވާކަމަށް. ނުވަތަ ނަސީދު ލިޔެފަ ސާއިއުކުރުމަށް ސަހިންދާއާ ހަވާލުކުރީކަމަށް. އޭގެ ހެއްކަކީ ސަހިންދާ ފުލުހަށް ހާޒިރު ނުކޮށް އޭނައާ ސުވާލު ކުރުމަކާނުލާ ޖަރުމަނަށް ފުރުވާލުން. ތަހުގީގު ކުރަމުންދަނީއޭ ކިޔާ މައްސަލަ ފިނިކުރަން ފުލުހުންމަސައްކަތް ކޮށްފަ ވުން.

  17
  1
 10. އަހުމަދު ސަފީގު

  މެދުމިނުގެ ދީނީފިކުރު އޭކިޔަގެން ކޮންމެހެން އިސްލާމްދީން މިތަނުން ނައްތާލަން މަސަތްކަތް ނުކުރެއްވުން އެދެން .

  14
  1
 11. ބުރޯ

  ދިވެއްސަކަށް އެންމެގިނައިން ރަސޫލާ އަށް ހަޖޫޖަހާ ދީނަށް ފުރައްސާރަކޮށް ހަދާފަ ހުރި މީހަކީ އެމްޑީޕީ ގެ މީހުން އެންމެ ލޯބިވާ ނަސީދު އޭނާ ދައްކާފަ ހުރި ވާހަކަ ޔޫޓިއުބުގާ އެހުރީ ވީއިރު އޭނާގެ އެވާހަކަތައް ކުއްވެރި ނުކުރަނީ ކީއްވެ . ކާފަރަކު ދެކެ ބަޔަކު ލޯބިވާނަމަ ގިޔާމަތް ދުވަހު އެބަޔަކު މަހުސަރު ކުރައްވާނީ އެ ކާފަރަކާ އެކު . އެކާފަރު މީހާ ނަރަކަޔަށް ވަންނަ އިރު އެމީހާގެ ފަހަތުން ތާއީދުކުރާ އެލޯބި ކުރާމީހުންވެސް ނަރަކަ އަށް ވަންނަން ޖެހޭނެ.

  11
 12. ޝަފީޢު

  ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާއެއް.

  11
 13. ތޫ

  ކަން ކުރީީ މިބައި ގަނޑު ބުނެގެން ކަމަށް ވާތީ އެމީހުންނަށް ފިޔަވަޅެއް އަޅާގެންނުވޭ!
  މިގައުމައްޖެހުނު ބޮޑު ވަބާއެއް!
  މި ތިލަފަތަށް އަރާފިތަ އެމީހަކީ ދީނަށް
  ފުރްްސާރަ ކޮއްފަ އަނެއް ކޮޅުންދީންދެކެ ލޯބިވާކަމަށް ދެއްކޭ މީހެއްގޮތަށް މިފެންބަނީ!

 14. އަބްދުއްލާ

  ރަސޫލާއަށް ހަޖޫޖެހުން ކުށްވެރިކުރަން: އެމްޑީޕީ

  5 ގަޑިއިރު ކުރިން ( އޮކްޓޯބަރ 12, 2019 )

  މާލަސްވެއްޖެ މާލަސްވެއްޖެ. ތިއޮތީ ސްޕަަޖެޖޯރިޓީއާއެކު .

  ނިކަން އަޅެ މިފަދަ އަަމަލެއް މީގެފަހުން ކުރާބަޔަކަށް މުރުތައްދު ވާމީހުނަށް

  އޮންނަ ހުކުން ތަންފީޒު ކުރެވޭގޮތަށް ގާނޫނެއް ފާސްކޮށްލަބަލަ.

  މިހާރު ތިއޮތީ ބުޅާ ގޯނިން ބޭރުވެފަ. ރައްލާޖެހި ސިއްކައިން ސިއްކަ ޖެހިފަ.

 15. ލޮލީ

  ކަލޭމެންގެ ހިތް އަހަރުމެންނަށް އެނގޭނަމަ ތީގެ ހަގީގަތް އެގުނީސް އެކަމު އެގޭކަމަކީ، ދީނަށް ފުރައްސާރަ ކުރި ޖަމިއްޔާ އުވާލުމާއި ކަލޭމެން ދެކޮޅު ހަދާކަން، ދުންއަރަންޏާ އަލިފާން ނެތި ދާނެކަމަށް ޤަބޫލެއް ނުކުރެވޭ

 16. ރުޒާނާ ޗޮއްޕަޓު

  އެހެރަ އަންހެންމީހާގެ ރީނދޫ ލިބާސް ގެއްލުނީތަ؟