ހަރުކަށި ފިކުރާއި ދެކޮޅަށް ދިވެހި ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ ބައިނަލްއަޤުވާމީ ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން ލާދީނީ އެމްޑީއެން އިން ގޮވާލައިފިއެވެ.

އެމްޑީއެން އަކީ އިސްލާމްދީނާއި ހިލާފު ރިޕޯޓް ލިޔުނު މައްސަލައިގައި ސަރުކާރުން އުވާލާފައިވާ ޖަމިއްޔާއެކެވެ. ނަމަވެސް އެޖަމިއްޔާ އިން ގެންދަނީ އަދިވެސް އެކިކަންކަމުގައި އެޖަމިއްޔާ އިން ދެކޭ ގޮތް ހާމަކުރަމުންނެވެ.

ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ބަޔަކު ވަދެ ހުއްޓުވުމުން އެމްޑީއެން އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ހަރުކަށި ފިކުރުގެ މީހުން ހިންގާފައިވާ އަމަލުތަކަކީ އެފަދަ ކަންކަން ހިނގާފާނެ ކަމަށް 2015 ވަނަ އަހަރު އެމްޑީއެން އިން އިންޒާރު ދީފައިވާ ކަންކަން ކަމަށެވެ. ނަމަވެސް އެކަންކަން ހުއްޓުވަން ދިވެހި ފުލުހުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތް ކަމަށް އެމްޑީއެން އިން ބުނެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން މީހަކު ސްކޫލަކަށް ވަދެ އިސްލާމްދީނާއި ހިލާފު އެއްޗެހި ކިޔަވައިދޭ ކަމަށް ބުނެ އަޑު އުފުލި ކަމަށާއި އަދި މިއަދު ޔޯގާ ހަރަކާތް ހުއްޓުވާފައިވާކަން އެމްޑީއެން އިން ފާހަގަ ކޮށްފައި ވެއެވެ. "މިއިން އެއްވެސް ކަމަކާއި މެދު ދިވެހި ސަރުކާރުން ކަންބޮޑެއް ނުވެއެވެ. އަދި މިކަންކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަވަސް މިނުގައި ދިވެހި ސަރުކާރުން އަޅަމުންނެއް ނުގެންދެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ހަރުކަށި ފިކުރާއި ދެކޮޅަށް ފިޔަވަޅު ނާޅާތީ ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީއެން އިން ގޮވާލިއިރު އެޖަމިއްޔާ އިން މީގެ ކުރިން ވެސް ވަނީ ރައީސް ސޯލިހްގެ ސަރުކާރަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    އެމްޑީއެން އަށް ފިޔަވަޅު އަޅާ.... އެމްޑީއެން ކަހަލަ ލަދީނީ ބައިގަނޑު ހުރެ ރާއްޖޭގަ ފިތުނަ ފަސާދަ އުފެދެނީ... ގާނޫނު ގަ ވަރަށް ސާފު ބަހުން އެ އޮތީ މުސްލިމުންނަށް އެކަންޔޭ ދިވެހިންނަށް ވެވޭނީ.... އިސްލާމް ދީނަށް ފުރައްސާރަ ކުރާ އެމްޑީއެން އުވާލަން ޖެހޭ... އެމްޑީއެން ކަހަލަ ބައިގަނޑު އަކަށް ނުފެނޭ ރޭޕިސްޓުންނެއް އަދަބް ނުދޭ ތަނެއް، މިނިސްޓަރުން ޖިންސީ ގޯނާ ކޮށްފަ އެހެރަ ޔޫކޭގަ އުޅެނީ، އެތަން ތަނެއް ނުފެނޭ، ހަމަ އެކަނި ލާދީނީ ރިޕޯޓް ނެރޭ ބޭކާރު ބައިގަނޑެއް

    12
    1
  2. ؟؟؟

    ފާޑުފާޑުގެ ބަޔާންތައް ނެރެންގެން މާމޮޅުވާން އުޅޭނެކަމެއް ނެތް. 2015 2025 ކިޔައިގެން އަނގައަރުވިޔަސް ތިއާތުން ދައްކާވާހަކަ ގަބޫލެއް ނުކުރާނެ.

  3. 2022

    މިހާރު މާ ދީނީވެގެން އުޅޭނެކަމެއް ނެތް

  4. ބިސް

    ބޭން އެމްޑީއެން

  5. ސ

    އެމްޑީއެން މިއީ ބޭކާރު ލާދީނީ ބައިގަނޑެއް. ރޭޕިސްޓުން އެވަރަށް އުޅޭއިރު މިނިސްޓަރަކު ރޭޕިސްޓަކަށްވެ ޔޫކޭގަ މިނިވަން ކަމާއެކީ އުޅޭއިރު އެއްޗެކޭ ބުނަން ބޭނުން ނުވާ ބައިގަނޑެއް އަނގަ ހުޅުވަން ލަދު ގަންނަން ޖެހޭނެ... މި ސަރުކާރުން ރޭޕިސްޓަކަށް އަދަބް އެއް ނުދޭ... އެތަން ނުފެނޭ އެމްޑީއެން ބައިގަނޑަށް...

  6. ކަކުނިބޯ

    މަރުވެފަތިބޭމީހުން ވާހަކަދައްކާތަ، ވުޖޫދުގަނެތް ޖަމިއްޔާއަކަށް ބަސްބުނެވޭތަ ކީކެ ރައީސް ސޯލިހު

    37
    1
  7. Anonymous

    އޭ ކަލޭމެން ތީ ލާދީނީ ރިޕޯޓް ނެރުނީމަ އުވާލައިފައި އޮތް ބައެއްނު
    ކިހިނެއް މިވަނީ

    37
    • އަހުމަދު

      އުވާލީ ނަމަކަށް

  8. ސުވާޒް

    ލާދީނީ ފިކުރާދޭތެރޭ ވަރުގަދަ ފިޔަވަޅުތަކެއް ނާޅާހާ ހިނދަކު ރާއްޖޭގައި ގަތުލު އާމެއް ހިނގައިދާނެ ކަމުގެ ބިރު އޮންނާނެ.

  9. Anonymous

    އެމްޑީއެންގެ ނަމުގަ އެއްވެސް ބަޔަކަށް އެއްވެސް ވާހަކައެއް ނުދެއްކޭނެ. އުފެދުމުގަވެސް ބާތިލްވެފައޮތް ބައިގަނޑެއް އެމްޑީއެން އަކީ. ކިހިނެތްވެގެންތަ ތި ތެޅިބާލަނީ.

  10. ޚިޔާލު 2

    ދީނާއި ގުޅުވައިގެން އެއްވެސްފަރާތަކުން ގައުމުގައި ފަސާދަ އުފެއްދުމަކީ ކޮށްގެންވާނެކަމެއްނޫނެވެ. ދީނަކީ ފިތުނަ ފަސާދަ އުފެއްދުމަށް ބޭނުން ކުރަން ހެއުވާނެ ހަތިޔާރެއްވެސްނޫނެވެ. މުސްލިމު އެހެން ގައުމުތަކުގައި ޔޯގާއާއިބެހޭ ފަތުވާތަކަށްބަލައި ދިވެހިންވެސް ސުލްހަވެރި ހައްލެއްހޯދާށެވެ. ދީނީ ފިތުނައަކީ ނިއުކުލި ބޮމެއްފަދަ އެއްޗެއްކަން އެއްމެސް ދަންނަންވާނެއެވެ.

  11. ޢަލިފް

    އެންޓި ޔޯގާ..ބޯއިކޮޓް ޔޯގާ...

    10
  12. އަހުމަދު

    އެމްޑީއެންއާއި ހޯޕް ފޯ ވިމެން ގެ މީހުނަށް ދީނުގައޮތް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ

  13. އަޙްމަދު

    ކޮންމެއެއްޗެކޭ ކިޔަސް އެމް.ޑީ.އެމް އަކީ މާތްވެގެންވާ އިސްލާމް ދީން ފުނޑުފުންޑުކޮށްލުމުގެ މަގްސަދުގައި ބައެއްގެ އެހީއާއިއެކު މަސައްކަތްކުރާ ޖަމާޢަތެއް..

  14. ެއަޙްމަދު

    އިސްލާމް ދީނާއި ދިމާއިދިކޮޅު ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތަކާއި އެކަމުގެ ހަރަކާތްތަށް ހުއްޓުވަން ނިކުތުމުން އެކަން އެއީ ހަރުކަށިކަމަކަށްވުންއެއީ އަރަތެއްނު..

  15. ބޮލުރޮދި

    މިވާގޮތެއް ނޭނގުނު، އިސްލާމްދީނައި ޚިލާފު ރިޕޯޓް ރިޕޯރޓް ނެރުނީމަ ވުޖޫދުގަނެތް ޖަމިއްޔާއެއް ކަމަށް ބުނަނީ، އަލުން ފުރާނަ އެޅުނީ ތޯއްޗެއް.............

  16. މުޙައްމަދު

    އެންމެ ނުބައި ކެންސަރު އެމްޑީއެންގެ ފައިތައްވަނީ މުޅިދައުލަތުގެ އެންމެ މަތިން އެންމެ އަޑިއަށް ވަރުގަދައަށް ވަކި ހިއްޕާލާފަ.