އެމްޑީއެން ސަސްޕެންޑުކޮށްފައި ވަނިކޮށް އެޖަމިއްޔާ ހިމެނޭހެން ޖަމިއްޔާ ޖަމާއަތްތައް އުވާލުމަށް ތަރުހީބު ނުދޭކަމަށް ބުނެ ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީން ބަޔާން ނެރުނީ އެޕާޓީގެ ގައުމީ މަޖިލީހުގައި މަޝްވަރާކުރުމަށްފަހުގައި ކަމަށް އެޕާޓީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނީ ދެންމެ އެޕާޓީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ބުނެފައިވަނީ އެބަޔާނުގައި ވަނީ އެޕާޓީން ދެކޭ ގޮތް ކަމަށާއި އަދި އެކަން ހާމަކޮށްފައިވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ 57 މެންބަރުން ހިމެނޭ ގޮތުން މިއަދު ބޭއްވި އެ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

އެބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ އެޕާޓީއިން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭ ކަމަށެވެ. އަދި އެއީ އެޕާޓީން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުސޫލު ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި އެމްޑީއެންގެ ނަން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތްތައް ހުއްޓުވަން ތަރުހީބު ނުދޭނެ ކަމަށް އެޕާޓީން ބުނެފައިވެއެވެ. އެޕާޓީން މިހެން ބުނި އިރު އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި އެ ޖަމިއްޔާ ވަނީ ސަސްޕެންޑުކޮށްފައެވެ. އެކަމާ ގުޅިގެން އެމްޑީއެން އަށް އަލުން ހުއްދަދީ، ރާއްޖޭގެ ދީނީ ޖަމާޢަތްތަކުގެ އަމަލުތައް ބަލައި ތަހުޤީޤު ކުރުމަށް ހިއުމަން ރައިޓްސް ވޮޗް އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް ވަނީ ގޮވާލައިފިއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެޕާޓީއަކީ "މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް" ކަމަށެވެ. އަދި އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް އެޕާޓީން ތާއިދު ނުކުރާނެ ކަމަށާއި މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރިކުރާ ކަމަށެވެ.

"ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ތަޙްޤީޤުކޮށް ޤާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ތަކުރު

  ކިރިޔާވެސް ދީނަށް ލޯބިކުރާ މީހަކު މި ސަރުކާރުގެ ސިޔާސީ އެއްވެސް މަޤާމެއްގައި ހުރިނަމަ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަން..

  53
  1
 2. ޢަލީ ހަމީދު

  ގައުމީ މަޖިލީހެއް އަންނިއެއް ސަކިންދާ އެއް ކިޔާނެ ކަމެއްނެތް..ހުސްލާދީނީ ލާގައުމީ މީހުން.. ހުރިހިތާމައެއްގެ ބޮޑުކަމާ..ގައުމުގަ ތިބި ސޯލިހު އަޅުންގެ ދުއާ އިން މިގައުމު ސަލާމަތް ކުރަން ވާންދޭ..

  44
 3. ޒަރީނާ

  ތިމީހުންގެ ވިސްނުންހުރިގޮތް ވަރަށްސާފު.ދެން މަވާ ސަލާމް.އެމްޑީޕީއަކަށްދޭނެ ވޯޓެއްނެތް ދެނެއް.ވަރަށް އުއްމީދާއެކުވޯޓްދިނީ.

  26
  • Anonymous

   ވަގުތު ފާއިތުވެއްޖެ.

 4. ޝަމްސީން

  އިސްލާހު ވާން އެދޭނަމަ ފުރުސަތު ނަގާނުލާ.. ކުރެވޭނެ ސުވާލު މުޅީން އުމުރު ހުސްވުމާއެކީ.. ބުނެވޭނެ ހެޔޮ ޖަވާބު މުޅީން ހީން އުފާވެލާ..އިސްލާހު ވާން އެދޭނަމަ ފުރުސަތު ނަގާނުލާ.. މިސްރާބު ރަނގަޅު ސީދާ ކޮއްލަން އަވާސްވެލާ.. އަމުރައް އިލާހު ރައްބީ ކިޔަމަންވެ އުޅެބަލާ..

  13
 5. ނަމަ

  ގައުމީ މަޖިލީހުގަ ތިބީ އަނެއްކާ ހުސްޖާހިލުންބާ

  13
 6. މޯދީ

  ލާދީނީ ޕާޓީ

  14