ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް މީހަކު ހައްޔަރުކުރީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.
އެފޮޓޯއަކީ އައިއެސް ޖަމާޢާތުން މީގެ ކުރިން އާއްމުކޮށްފައިވާ ފޮޓޯއެއް ކަމަށް ބެލެވޭ ފޮޓޯއެކެވެ.
އެފޮޓޯގައި ވަޅިއެއް ހިފައިގެން ހުންނަ މީހަކު ފެންނައިރު ކުޑަކަކޫ މައްޗަށް ތިރިކޮށްފައި އިންނަ މީހާގެ ފޮޓޯ އެޑިޓްކޮށް ވަނީ ޝަހިންދާގެ ފޮޓޯއެއް ލާފައެވެ.
ޒުވާނާ ހައްޔަރުކުރީ އޭނާ ހައްޔަރުކުރަން މުރުތަދެއް ކަމަށްވާ މުޒައްފަރު މުހައްމަދު ނައީމް (މުޖޫ ނައީމް) ގޮވާލިތާ 24 ގަޑިއިރު ވެސް ނުވަނީސްކަން ފާހަގަ ކުރެވެއެވެ.
ރައީސް ޞާލިހް، ހޯމް މިނިސްޓަރ އައިޝައިހް އިމްރާން އަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ޓެގްކޮށް މުޖޫ ނައީމް ވަނީ ޓެރަރިޒަމްގެ ޤާނޫނު ތަންފީޒު ކުރަން ފަށަނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ.
"މިހާރު މިކަންތައް މިދަނީ ހައްދުން ނައްޓައިގެން" މުޖޫ ނައީމް ޓްވިޓާގައި ބުނެފައި ވެއެވެ.
ހައްޔަރުކުރި ޒުވާނާ ވެސް ވަނީ މުޖޫ ނައީމަށް ރައްދު ދީފައެވެ. އޭނާ ބުނެފައި ވަނީ "ކަލޭ (މުޖޫ ނައީމް) ހީކުރަނީ ކަލޭ މަގޭ ސްކްރީންޝޮޓް ނަގައިގެން ޓްވީޓް ކުރީމަ ބިރު ގަންނާނެ ކަމަށްތަ މިހިރަ ބުރާންޗާ. ތިހެން ފޮނު އަރުވަ އަރުވާ ތިބެން ޖެހެނީ. މިގައުމަށް އިސްލާމްދީން ނޫން ދީނެއް ނުގެނެވޭނެ ﷲ އިރާދަކުރެއްވިއްޔާ."
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ޒުވާނަކީ ޝައްމާން ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ކައިވެނި ކުރީ 2017 ޖުލައި މަހު އެވެ. ދެމަފިރިންނަށް ލިބުނު އަލަތު ދަރިފުޅަށް އަދި އަށް މަސް ނުވެއެވެ.
އެމްޑީއެންގެ މައްސަލަ ބޮޑުނުވަނީސް ސެޕްޓެމްބަރ 01 ގައި އޭނާ ލިޔެފައިވާ ސްޓޭޓަސްއެއްގައި ނަބިއްޔާއަށް ފުރައްސާރަ ކުރުމުގެ ޙުކުމަކީ ގަތުލުން ކުރުން ކަމަށާއި އޭނާ ތައުބާވިޔަސް އެކަމަކަށް ބަދަލު ނާންނަ ކަމަށް ބުނެފައި ވެއެވެ.
ސެޕްޓެމްބަރ 20 ވަނަ ދުވަހު އޭނާ ޝެއާ ކުރި ޕޯސްޓެއްގައި ވަނީ ސިހުރުވެރިޔާގެ ހައްދަކީ ކަނޑީގެ އެތިފަހަރަކުން ޖަހައި ބޯ ބުރިކޮށްލުމެވެ. 23 ސެޕްޓެމްބަރ ގައި އޭނާ ޝެއާކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޖުހާ ޕޭޖް ބްލްކޮ ނުކުރެވޭނަމަ އެޕޭޖް ހިންގާ ފަރާތައް ބަދު ދުޢާ ކުރަން އެދިފައެވެ.
ދީނީ ހަރުކަށި ވިސްނުމަށް ތާއިދުކޮށް ފޭސްބުކްގައި އޭނާ އެއްވެސް ޕޯސްޓެއް ކޮށްފައެއް ނުވެއެވެ.
އޭނާ ހައްޔަރުކުރިތާ ގިނަ އިރުތަކެއްނުވެ ޝަހިންދާގެ ފޮޓޯ ވަނީ ރިމޫވް ކޮށްފައެވެ. ނަމަވެސް ފޮޓޯ ފުލުހުން އޭނާ ލައްވާ ރިމޫވް ކުރުވީ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކުރީ މުޖުތަމަޢުގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނައަށް ގެއްލުންދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ނިރުބަވެރި ޖަމާޢަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް މީސްމީޑިއާގައި އާންމުކޮށް ހާމަކުރަމުން ދިޔަ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ.
ހައްޔަރުކުރި ޒުވާނަކީ އަކީ ރައީސް ޞާލިހާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއިދުކުރާ ޒުވާނެއްކަން އޭނާގެ ފޭސްބުކް އެކައުންޓްގައި ކޮށްފައި ހުރި ޕޯސްޓްތަކުން އެނގެއެވެ.
ހައްޔަރުކޮށްފައިވާ ޒުވާނާގެ އަނބިމީހާ ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އޭނާ އާއި އެކު އަބަދުވެސް ހުރެދިނުމަށް އެދިފައި ވެއެވެ. އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދެމަފިރިން ބައްދަލުވާނެ ކަމަށް ބުނެފައިވެއެވެ.
ޝައްމާން ދޫކޮށްލުމަށް އޭނާގެ ގިނަ ރަހުމަތްތެރިން ގެންދަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.
ޝައްމާންގެ މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކުރައްވާފައެއް ނުވެއެވެ.
މިސަރުކާރުގެ ސިޔާސަތު ދަމަހައްޓާން ފުލުހުންގެ ތެރެއަށްލާފައިވާ އެމްސީ ހަމީދަކީ ނާގާބިލް ނުކުޅެދުންތެރިއެއް. އޭނާ ނަށާނީ ފާސިދުންގެ ބެރަށް.
ޝަހިންދާއަށް މަރުގެ އިންޒާރު ދިންމީހާ ހައްޔަރުކުރެެެެެއްވިއިރު (ހާމަކަންބޮޑުގޮތެއްގައި) ދީނަށް ފުރައްސާރަކުރި ޝަހިންދާއާާ އަށް ފިޔަވަޅު ނޭޅުއްވީ ކީއްވެތޯ؟
ޟަހިންދާ އަކީ ވެސް ޓެރަރިސްޓެއް.ކީއްވެ ޟަހިންދާ ހައްޔަރުނުކުރެވިގެން މިއުޅެނީ؟ކީއްވެހޭ އެމްޑީއެން ގެ ރިޕޯޓު ލޔުނު މީހުން ހައްޔަރު ނުކުރެވިގެން މިއުޅެނީ؟އަޖާއިބެއް ނުވޏެތަ؟ކީއްވެހޭ ޟަހިންދާ ހައްޔަރު އިންޓަރޕޯލް ރެޑް ނޯޓިސް ނުނެރެވިގެން މިއުޅެނީ؟ކަންކަން ނުވާނަމަ މަޤާމުތަކުން އިސްތިއުފާދޭށެވެ.
ކޮންމެ ދިވެއްސަކު ވީ ޝަހިންދާގެ ފޮޓޯއެއް ފޭސްބުކް އަށް ލާން.
އެޒުވާނާގެ ދިފާއުގަ ނުކުންނަން ފެނޭ. މިސަރުކާރަށް އިސްލާމްދީނަށްވުރެ މުރުތައްދު މުޖޫ ނައީމުވެސް މާމޮޅު
މިގައުމު ހިނގަނީ މުރުތައްދުންގެ އަތްމަތީގަވީމަ މުރުތައްދުން އެދޭކަންކަން ކުރަންޖެހޭނީ. މުރުތައްދުވާ މީހާ އެނބުރި އިސްލާހްނުވުމުން އޭނާއަށް ދުނިޔެމަތީގައި އޮންނަ އަދަބީ ގަތުލުކަންވެސް މީމީހުން ހަނދާން ކުރާކަށް ބޭނުމެއްނުވޭ. މަރުވުމަށްފަހު ނަރަކައިގެ ވޭންދެނިވި އަޒާބު ހުންނާނެކަން މިދިވެހި ގައުމަށް އުފަން ކޮންމެ މީހަކަށް އެނގޭނެ. މިއަދު އިބިލީހަށް ކިޔަމަންވެ ﷲ އަށް އުރެދުނަސް ގަތްކޮޅަކީ މުސްލިމް ކޮޅު.
ޙަޤީގަތުގައި ދީނާ ޤައުމަށްޓަކއި މިހާރުން މިހާރަށް ނުކުންނަންޖެހޭ
*އަދިވެސްޝަހިންދާއާމުޖޫނައީމްބުނާބަސްތައަޑުއަހަންޖެހެނީ
ހައްޔަރުކުރި ޒުވާނަކީ އަކީ ރައީސް ޞާލިހާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއިދުކުރާ ޒުވާނެއްކަން އޭނާގެ ފޭސްބުކް އެކައުންޓްގައި ކޮށްފައި ހުރި ޕޯސްޓްތަކުން އެނގެއެވެ. އަދިވެސް އެމްޑީޕީގެ ހަގީގަތް ހިޔެއް ނުވޭ ތިކަހަލަ ދިވެހިންނަށް އިނގޭނެހެނެއް.
އަދިވެސް މި ރީދޫ ބައިގަނޑު ވޯޓް ހޯދަން އައިމަ ދޭތި. ދީފަ ކިޔާނީ ދީން ދެކެޔޭ އެންމެ ލޯބިވަނީ. ފުލުހުންނަށް ވެސް ނުކުރުނު ދޯ ދީނަށް ފުރައްސާރަ ކޮށް ބޮޑު ރިޕޯޓެއް ނެރުނީމަވެސް އެ ލިޔުނު މީހާ ހައްޔަރު ކޮއްލަން. އެކަމު އާމު ނިކަމެތި މީހާ ޓުވީޓެއް ކޮއްލީމަ ކުޑަ ގޮޅިޔަށް. މުޖްތަމައުގަ ބިރުވެރިކަން އުފެދޭތީ....
އަދިވެސް ވޯޓު ދޭނަން ހަމަ!
ތި ސައްމާނުގެ ފޮޓޯ އެއް އަޅެ ޖެހި ނަމަ!
ވަކި ކުލައެއްގެ ބަޔަކުނޫނި މިޤައުމުގައި ދެންއުޅޭނީ މުޅިންވެސް ނިރުބަވެރިން އެއޮތީ ޤާނޫނު ފާސްކޮށްފައި ނިރުބަ ވެރިންނޭކިޔާ ހިފާ ހައްޔަރު ކުރަންވީ ހަބޭހަށް، ޚާއްޞަކޮށް މާތްވެގެންވާ އިސްލާމް ދީނަށް ލޯބިކުރާ ކޮންމެ މީހަކު މިލިސްޓްގެ ކުރިޔަށް ލާނެ
ދީނައް ފުރައްސާރަ ކުރުމުގެ ހުކުމް.އިލްމް.ވެރީން.ކިޔާ ދީބަލާށެވެ. އެކަން. އެންމެނައް އެނގެން އެބަ ޖެހެ އެވެ.
ޢެމްސީ ހަމީދު ކަލޭގެ......
މިފޮޓޯއަށް ބަލާލީމަ ދޭހަވަނީ ނިރުބަ ވެރިއެއްގެ ގޮތުގައި ލޭބަލް ކުރެވިފައި ތިވާ ބޭކަލަކީ މިސަރުކާރު ގެނައުމަށް މަސައްކަތް ތަކެއް ކުރެވި ބޭކަލެއްކަން، ދީންދެކެ ލޯތްބެއް ހުރިނަމަ ލާދީނީ ރިޕޯޓާއި ގުޅިގެން އެއްޗެއް ނުބުނެ ނުތިބެވޭނެ ކަމުގެ ހެއްކެއް މިއީވެސް ދެއްތޯ؟
ޝަހިންދާ ސަރުކާރު....
އެމްޑީޕީ ވެރިކަމަށްގެންނަން ވޯޓް ދިން މީހުން އަތް ޖަހާ.
ފެނޭތަ. ދެން އަތްޖަހާ. ބާރެއް ލިބޭއިރަށް ވާގޮތް ފެނޭނު. މައުމޫނު އެހެން ވީމަ ކިހާ ރަނގަޅުތަ.
އެޒުވާނާގެ ދިފާއުގަ ނުކުންނަން ފެނޭ. މިސަރުކާރަށް އިސްލާމްދީނަށްވުރެ މުރުތައްދު މުޖޫ ނައީމުވެސް މާމޮޅު
ހިނގާ މިއަދު ހަވީރު 4 ޖަހާ އިރު ޖުމްހޫރީ މައިދާނަށް އޭނަގެ ދިފާއުގަ އެއްވާން... އިޚްލާސްތެރިކަމެއް ހުރިއްޔާ މިދައްކާ ވާހަކައިގަ...!
މަ ދާނަން ހައެށްކަ ކެނައިންގެ ފޮޓޮ ނަގަން.
އަދާލަތައް ހެޔެވަރުގެ ގާނޫނެއް އެމްޑީޕީއިން ހަދިޔާކުރީ ދެން އިމްރާން އެތަންފީޒް ކޮއްދޭނެ ހެނދުނުގެ ނާސްތާ ނުލިބޭކުދިންނައް އެއީހެނދުނުގެ ސަޔައް ބޭނުން ވާނެ ހަކުރު.
ބޯގޯސްވިލާ މީހުން ކުރާކަންތަކުން މުޖުތަމައުގައި ހަމަނުޖެހުން އުފެދެނީ...... މިސަރުކާރު އޮޔާދާނީ ތިބައިގަނޑު ސަލާމަތްކުރަން ހަދައިގެން ހެން ހާދަ ހީވެޔޭ...
މުޖޫ ނައީމަށް މުރުތައްދު ކިޔަން އިގޭތަ؟ އިސްލާމް ދީނުގެ ދަފާއުގައި އެއްޗެއް ބުނާ މިހާ މިވަނީ ޓެރަރިސްޓަކަށް. މިތާވެރިން މި ހިމާޔަތް ކުރަނީ ލާދީނީ ބައިގަނޑު.
ތިބާ ވޯޓުދީގެން ގެނައި ސަރުކާރުތީ. އެމީހަކު ފޭހުނު އިލޮށި އެމީހަކާ ދިމާލަށް އައިސް ހެރޭނީ. ކިހާވަރަކަށް ދީނީ އިލްމުވެރިން ތެރޭންނާއި ގައުމަށް ހެޔޮ އެދޭ މީހުން އާދޭސްކުރި ވޯޓު ނުލާށޭ ހައްޤަށް ވޯޓު ދޭށޭ ކިޔާފަ. ޢެކަމު ތިބާޔަށް އެދުވަހު ދެވުނީ ބީރު ކަންފަތެއް. ޢޭގެ ހިތި މިޔަދު ތިޔަބޮނީ. އެކަމު ތިބާޔަށް ހެޔޮރަހުމަތް ލެއްވުމަށް ދުޢާކުރަން. ޢަދި މިކުރެވުން ތަޖުރިބާގެ އަލީގައި ކުރިޔައް އޮތްތާންގަ ހެޔޮނަސޭހަތްދޭ މީހުންނަށް ފުރަގަސް ނުދޭން ނަސޭހަތްތެރިވަން.
ކޮބާހޭ މުސްލިމުން؟ ޝަހިންދާގެ ދިފާޢުގަ މުޅިސަރުކާރު،
ސައްމާނަކީއެއްއިރެއްގާވެސްއެޒާތުގެޖަރީމާހިންގާމީހެއްނޫން
މުޖޫ ނައީމް ގެ ބަސްވިކޭ ދޯ؟. އެމް.ޑީ.ޕީ ގެ އަސްލު ކުލަ މި ފެންނަނީ. ލާދީނީއްޔަތައް ތަބާވާ މިންވަރު. ޝަހިންދާ ފިލުއްވާފަ އޭނާގެ ފޮޓޯއެއް ލީކިަމަށް ޓަކައި ކޮއްލިވަރު. އާން އެހެންނުު ވާނީ، އެމް.ޑީ.ޕީ ވެރިކަމަށް ގެނައުމުގަ ޝަހިންދާގެ ރޮލު ވަރަށް ބޯޑު.
މިއަދު 4 ޖަހާ އިރަށް ޖުމްހޫރީ މައިދާނަށް އެއްވޭ..!
މި ސަރުކާރުން ކުރާކަމަކީ ނިރުބަވެރިން އުފެއްދުން
ލާދީނީ ސަރުކާރުން ހިމާޔަތް ކުރަނީ ލާދީނީ މީހުން. ކިރިޔާ ދީނައް ލޯބިކުރާ މީހަކު އެއްޗެއް ބުންޏަސް އެވާނީ ހައްދު ފަހަނަ އެޅި ބަޔަކައް. ފުރަތަމަ ހައްދު ފަހަނަ އެޅުމަކީ ކޮބައިކަން މިބައިމީހުނައް ކިޔާއިދޭން ފެނޭ
ކާފަރު މުރުތައްދު މުޖޫ ނައީމު އާއި ޝަހިންދާގެ އޯޑަރަށް ތަބާވެ ގައުމުގެ ކަންކަން ކުރާ ބަޔަކު މިގައުމުގެ ބާރުވެރި ކަމުގަ ތިބުމަކީ ކޮންމެ ދިވެހި ފަރުދަކު މިޔަދު ލަތުވެތި ވާން ޖެހޭ ކަމެެއް. ޝަހިންދާ އާއި އެހެނިހެން ލާދީނީ މީހުން ހައްޔަރު ކުރުމަށް އެތަށް ހާސް ރައްޔިތުނެް ގޮވަމުން ދާއިރު ބީރު ކަންފަތެއްދީގެން ސަރުކާރާއި ތަންފީޒީ އިދާރާ ތަށް ތިބުމަކީ ރައްޔިތުން ނުކުމެ ނިމުމަަކަށް ގެންނަން ވެއްޖެ ކަމެއް.
ޓެރަރިޒަމްގެ ޤާނޫނެއް ފާސްކުރީ އިސްލާމް ދީނުގެ ޢަދުއްވުންގެ މަސައްކަތްތައް ފަސޭހަކޮށްދީ އެމީހުންނަށް އެހީތެރިވުމަށްކަން ވަރަށް ސާފުކޮށް މިދަނީ ފެންނަމުން. ކިތަންމެ ޤާނޫނެއް ހަދައި މީހުން ހިފާ ހައްޔަރުކޮށް ޖަލަށް ލިޔަސް އަހަރެމެންގެ އިސްލާމް ދީނަށް ފުރައްސާރަ ކުރާނަމަ ހިމޭނުން ނުތިބޭނަން. އިސްލާމް ދީނުގައި އޮތް ހައްދުތައް ކަލޭމެން ރުޅިއަޔަސް ބަދަލެއްވެސް ނުވާނެ.
މި ސަރުކާރު ގެނައުމަށްޓަކައި، އަޅުގަނޑުމެން ޒުވާނުން މަސައްކަތް ކުރެވުނީތީ، އެކަމާ ދެރަވެ މާޔޫސްވެ ކަރުނައަޅާ ރޯން މިވަނީ ޖެހިފައި! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ތެރަރިޔަމްއޭ ކިޔައިގެން ކުޅޭކުޅި މިހިރަ ފެންނަނީ، ދީނަަށް ފުރައްސާރަ ކުރާ މީހުން ހިމާޔަތް ކޮށްގެން މިހިންގާ ކަންތައް ހުއްޓުވަން ދިވެހިރައްޔަތުންނަށް ގޮވާލަން
ސައްމާނު ދޫކޮށްލުމަށް ނަސީދު ސަރުކާރަށް ގޮވާލަމެވެ
ދިވެހި ގައުމު އިސްލާމްދީނަށް ފުރައްސާރަ ކުރާ ބައެއްގެ އަޅުވެތި ކަމުގެ ދަށަށް ނުގެންދިއުމަށް އިލްތިމާސް ދަންނަވަަން.
ހަމަ މިހާރުން މިހާރު ސަންމާނު ދޫކޮއްލަން ސަރުކާރައް ގޮވާލަން.
ދީނުގެ ދިފާއުގަ މީހަކު ނިކުންނައިރަށް އެމީހަކު ހައްޔަރު ކުރާކަށް ނުޖެހޭނެ
ރަނގަޅު. މަޜުވަންދެން ޖަލުގަ ބާއްވާ. ދެން ލަލަލާ
ހޯމް މިނިސްޓަރުގެ ނަމުގެ ކުރީގަ އިންނަ އައް ޝެއިހް އަނބުރާ ނަގަން ވީ
އިންޒާރު ދީގެން ވާނެތޯ؟
އިތުރު ބަހަނާއެއް ނެތް. ޝައްމާން ވަދުތުން ވަދުތަށް ދޫކޮށްލާ!!!
އިމްރާނު ބުނެފައިވޭ ، ޓެރަރިޒަމްގެ ގާނޫނު ނަހަމަ ގޮތުގައި ބޭނުމެއް ނުކުރާނަމޭ. މިވީ ކިހިނެއް.؟
އެމްސީހަމީދައް ދެން އަންނަ ސަރުކާރެއްގައި ދައުވާއުފުލަން ޖެހޭނެ.
ފިތުނަ ފަސާދަ އުފެދޭގޮތައް ކަންކަން ކުރާ ހުރިހާ ޒުވާނުން ހައްޔުރުކުރޭ މިއިން އެއްވެސް ޒުވާނެއްގެ ފައިދާ ގައުމަކައް ނުލިބޭ މަސައްކަތް ނުކޮށް ދެއިރު ދެދަޅައައް ނިދާފަ މަގުތައްމަތީ ހުރޭޒުވާނުން
ފިތުނަފަސާދަ އުފައްދަނީ ޒުވާނުނެއް ނޫން. ފިތުނަފަސާދަ އުފައްދަނީ މިސަރުކާރުގެ ޝައިތޯނުން. ޝަހިންދާއަކީ އޭގެއިން އެކަކު. ތިކިޔަނީ ކުށްކުރާފަރާތްތަކުގެ އަނިޔާލިބިފައިވާ ފަރާތްތައް ހައްޔަރުކުރާށޭ
އަވަހެއްނު ހައްޔަރުކުރިލެއް. މިގައުމަށް ޓެރަރިޒަމް ގެނައީ ޝަހިންދާގެ ބައިގަނޑު.