ލ. ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޮން މައްސަލައެއްކަން ހާމަނުކޮށް ފުލުހުންގެ ވެބްސައިޓުގައި ވިދާޅުވެފައި ވަނީ ހޯދަމުންދަނީ ބ. ތުޅާދޫ، ކުންނާރުގެ، ޢަބްދުއްރައްޒާޤު އިދުރީސް (38އ) ކަމަށެވެ.

ފުލުހުުން ވިދާޅުވީ، ޢަބްދުއްރައްޒާޤު އިދުރީސް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791261 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ރައްުޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.