ވަގުތު" ގެ ހުރިހާ މުވައްޒަފުންގެ ޗުއްޓީ އަށް ތައިލެންޑަށް ފުރައިފިއެވެ.
"ވަގުތު" މުވައްޒަފުން ޗުއްޓީގައި ތައިލެންޑުގައި 10 ދުވަސް ހޭދަކުރާނެއެވެ.
ވަގުތު" ގެ ޚަރަދުގައި ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދަތުރެއް ދިނުމަށް "ވަގުތު" މެނޭޖްމަންޓުން ނިންމީ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރުުކުރުމަށާއި މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށެވެ.
މި ދަތުރަކީ "ވަގުތު" މެނޭޖްމަންޓުން ކޮންމެ އަހަރަކުވެސް މުވައްޒަފުންނަށް ދެމުން އަންނަ ޗުއްޓީ ދަތުރެކެވެ. މިދިޔަ އަހަރު "ވަގުތު" މުވައްޒަފުން ޗުއްޓީ ހޭދަކުރީ ސްރީލަންކާ ގައެވެ.
"ވަގުތު" މުވައްޒަފުން ޗުއްޓީގައި ހޭދަކުރާ މުއްދަތުގައި ވެސް "ވަގުތު" ގައި އެއްވެސް މެދުކެނޑުމެއް ނެތި ޚަބަރުތައް ޝާއިއު ކުރެވޭނެ އިންތިޒާމްތައް ވަނީ މިހާރު ހަމަޖައްސާފައެވެ.
"ވަގުތު" އަކީ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ދިވެހިރާއްޖޭގެ ވެބްސައިޓެވެ. "ވަގުތު" އަށް ދުވާލަކު ދޮޅުލައްކަ އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ. އެންމެ އަވަހަށް ޚަބަރުތައް ގެނެސްދިނުމުގައި ކިޔުންތެރިންގެ އިތުބާރު ހޯދާފައިވާ "ވަގުތު" އިން ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދަތުރެއް ދީފައި ވާއިރު "ވަގުތު" ވެފައި މިވަނީ ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދަތުރެއް ދޭ ދިވެހިރާއްޖޭގެ ހަމަ އެކަނި މީޑިއާއަށެވެ.
ވަގުތު ހަބޭސް. ކީޕިޓް އަޕް.
ސާބަސް ވަގުތު ނޫހުގެ މެނޭޖްމަންޓަށާއި ޓީމަށް. އުފާވެރި ޗުއްޓީ އަކަށް އެދެން. އަޅުގަނޑަށް އެންމެ ކަމުދަނީ ހަގީގީ ހާދިސާ ތަކާއި އީ-ވަގުތު.
އާން ކަލޭނޭ.. ވަގުތު ވަރެއް ނެތޭ. މަށަށް ޖޮބެއް ނެތްތަ ވަގުތު ?
ޥަރަށް ރަންގަޅު ކަމެއް
ވަގުތު ނޫހުގެ މުވައްޒަފުންނަށް އަމާން އޮމާން ދަތުރަކަށް އެދެން......... އާމީން ?????
އެންމެން އެނބުރު އައިސިއްޔާ ވަރަށް ވަރަށް ރަނގަޅު، ވަރަށް ރނގަޅު...
ވަރަށް ވަރަށް ވަރަށް ވަރަށް ރަނގޅު..
އައި ލަވް، ވަގުތު ނޫސްވެރިން.... ސާބަހޭ މަގޭ ދަރިންނޭ! ތިޔަ ކުދިން ތިޔަ ކުރައްވާ ގައުމީ މަސައްކަތަށް ޝުކުރުވެރިވަން... جزاكم الله خيرا
ދަތުރުގެ ފުރިހަމަ ރިޕޯރޓެއް ވާނެ ގެނެސްދޭ. ވަދެހެދި ތަންތަނާއި ފެނުނު ތަންތަނުގެ ވާހަކަ ހިމަނައިގެން.