މާފަންނު ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ބަލައި ފާސްކޮށްފައިވަނީ މާފަންނު ކޮން ގެއެއް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އެ ގެ ބަލައި ފާސްކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެގެއިން ފެނުނު މަސްތުވާ ތަކެއްޗާއި އެކު ހައްޔަރުކޮށްފައިވަނި އުމުރުން 24 އަހަރުންގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާގެ ގެއިން ފެނިފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު މީހާގެ ބަންދަށް 10 ދުވަސް، ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފައެވެ. މި މައްސަލަ މިހާރު ގެންދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު