ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ޗިޓް ފޮނުވަން ފަށައިފި އެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ވަޒީފާ އިން ވަކިކުރަން ނިންމި ގިނަ އަދަދެއްގެ މުވައްޒަފުންނަށް މިހާރު ދަނީ ޗިޓް ފޮނުވަމުންނެވެ.

ނަމަވެސް ޗިޓް ފޮނުވަން ނިންމި މުވައްޒަފުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.

މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ފޮނުވި ދެ މަސް ދުވަހުގެ ނޯޓިސް ގައި ބުނެފައި ވަނީ އެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަނީ ހާޒިރީއަށް ފަރުވާ ކުޑަވެގެން ކަމަށެވެ.

އެ މިނިސްޓްރީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން އުޅޭ ކަމަށް ބުނެ އެ ތަނުގައި މަސައްކަތް ކުރާ 40 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ޕެޓިޝަނެއްވެސް ހުށަހެޅުއްވި އެވެ.

އެ މައްސަލާގައި މިނިސްޓަރު އައިޝަތު ޝަހުލާ ވިދާޅުވަނީ ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް މުވައްޒަފުން ވަޒީފާއިން ކުރައްވާނެ ކަމަށެވެ. އަދި އެތަނުގައި ގިނައީ ވަރަށް "ހިތާމަވެރިކޮށް، ވަރަށް ދެރަވަރު ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުން" ކަމަށް ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓްގެ މުވައްޒަފުން ތުހުމަތު ކުރާ ގޮތުގައި ހާޒިރީއަށް ފަރުވާ ކުޑަކަމަށް ބުނެ ވަޒީފާއިން ވަކި ކުރަނީ ސިޔާސީ ބޭނުމެއްގައެވެ.

އެ މުވައްޒަފުން ބުނީ ހާޒިރީއަށް ފަރުވާ ކުޑަކަމަށް ބުނެ ވަޒީފާއިން ކުރާ އިރު، މީގެ ކުރިން ހާޒިރީއަށް ފަރުވާ ކުޑަވެގެން އިންޒާރެއް ވެސް ދީފައި ނެތް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގެންނެވި ވަޒީފާގެ ބިރުވެރިކަން ނައްތާލުމަގެ ވައުދާ އެކުގަ އެވެ.

ރައީސް ސާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެން ވަޒީފާގެ ބިރުވެރިކަން ނައްތާލެއްވި ފަހުން އެތައް ސަތޭކަ މުވައްޒަފުން ސަރުކާރު ކުންފުނިތަކުން ވަޒީފާއިން ވަކި ކޮށްފައިވާކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ނަޝީދު

  ދެންކީއްކުރަނީ

  31
  4
 2. ލައިލާ

  ދެންބުރުމާގެރިސޯޯޓްއިންޖާގަލިބޭތޯބަލަ

  34
  1
 3. މާރިޔާ

  ވެމްކޯވެސްއެބަހުރި ފުރުސަތުނުގެއްލޭ މަސްވެރިދޯނިފަހަރުންވެސްފުރުސަތުއެބަހުރި

  33
  1
  • އަހްމަދްފުޅު

   މާރިޔާ ތިޔަ ހީކުރަނީ ވަޒީފާއިން ވަކިކުރީމާ ﷲގެ ރަހުމަތުން ބޭރުވީކަމަށްތަ؟ ތަންތަނުގައި ހުރި ފުރުޞޮތު މަލާމާތަކަށް ތިޔަ ހަޖޫޖަހަނީ.

 4. ކާޅުކެއަސް ސޮއްނުގޮވާ

  އެއަރޕޯޓްސް އޮތޯރިޓީން ވެސް މުއައްޒަފުން ވަކިކޮށްފަ އަލުން އެމް.ޑީ.ޕީ އެކްޓިވިސްޓުންނަށް މަޤާމް ދީފަ އެބަހުރި. މިއީ ކުލަޔަކަށް ނުބަލާ ކަންކަން ކޮށްދޭން ވަޢުދުވެފަ އައި މީހުން ކަންކަން ކުރަމުންދާ ގޮތް.

  55
  1
 5. ލައިލާ

  ހިއްވަރެއްހުރިއްޔާ ކޮންސްޓްރައްޝަންސައިޓް އެބަހުރި

  34
  4
  • ާާާޢަލީ

   ބުއްދިވެރި ބަންގާޅުން މަދު ކުރަން ރަނގަޅު ފުރުސަތެއް...އައިސަ އެއުޅެނީ ދެންއަންނަ ބުރުގަ މެމްބަރު ކަަމަށް ކުރިމަތިލާން ވެގެން އެ ކަމަށާ މަރުފަލިޖަހަނީއެ..އޭރަށް ބުނެގެން އެބައޮތްތަ މިނިސްޓަރު ކަންވެސް ކުރީމޭ..އެހެންވެ..

   15
 6. ޝަހިންދާ

  ޢަވަސްކުރޭ

  21
  6
 7. މިއަދު

  ހަޟިރީއަށް ފަރުވާކުޑަކަމަށްބުނެ ތިފަދަ ފިޔަވަޅެއް ޓްރާސްޕޯޓް މިނިސްޓްރީގެ ގިނަމުއައްޒަފުންތަކަކާއިމެދު އަޅައިރު ސިވިލްސާވިސްކޮމިޝަނުން އެކަށައަޅާސިވިލްސާވިސް މުއައްޒަފުން އެމައްޗަށް ޢަމަލުކުރަންޖެހޭ ސިވިލްސާވިސް ޤަވަޢިދާ އެޤަވަޢިދާ ޚިލާފްވަފަރާތްތަކާއިވެދު ޢަމަލުކުރުމަށް އެކަށައަޅާފައިވާ ޤަވައިދަށް ރިޢާޔަތް ކުރެވިފައިވަނީ ކިހާވަރަކަށްތޯ ސިވިލްސާވިސްކޮމިޝަންގެ ރައިސް ބައްލަވާލެއްވިބާ؟

  30
  • ޢާލިމް

   ކޮންމެ ގޮތަކަށް އުޅުނަސް ހަމަ ވަޒީފާގަ ބައިތިއްބަން ވީތޯ؟ ނޫނީ ކަނޑާފަ މަސައްކަތް ކުރަން ބޭނުންވެ ފުރުސަތު ނުލިބިފައި ތިބި ބޭފުޅުންނަށް ފުރުސަތު ދޭނީތޯ؟

   21
   19
   • Anonymous

    އުޅުން އިސްލާހްކުރުމަށް ފިޔަވަޅުއަޅަން ޖެހޭނީ. އެކަން ނުވިކަން އެނގެން އަދި މާއަވަސް. ނާގާބިލް ވެރިންނަކަށް ނޭނގޭނެ ތަރުބިއްޔަތާ ތަމްރީނެއް. އެއީވެސް ތަޖުރިބާއިން އަންނައެއްޗެއް. އެކަމަކު ސޮހޮލަކަށް އެނގޭނެކަމަކީ، ދިނީމަ ކެއުން.

    19
 8. މަވެސް އުޅުނިން

  ތި ތަނަކީ ގޮތް ދޫނުކުރާ މުސްކުޅިން ގިނަ ކަމެއް ނުކޮށް އަނގަތަޅަން ތިބޭތަނެއް! އަޅުގަނޑުވެސް އުޅުނު ތަނެއްތީ!

  27
  13
 9. ޢާރިފާ

  ފޮނި މަންޖެގަނޑެއް

  30
  6
 10. މޫސާމަނިކް

  ހާދަކޮމެންޓްޖަހަންނުކެރޭ

  15
  4
 11. ތޯތާ

  ތިހުލާއަށް ދަންނަ ވަން އާކޮންމެ އެއްޗަކީ ވާނެ އެއްވެ ދިރޭ ކޮންމެއެއްޗަކި ނިމުމެއް އައްނާނެ އެއްވެސް މިދުވަސް ތިކަމަނާއަށް އައްނާނެ ކަންޔަގީން

  36
  2
  • Anonymous

   އިންޝާﷲ. ބޮޑާ ކިބުރުވެރި ކޮންމެ ހާއިނަކު ދުނިޔޭގައި އެކަން ދެކިފައިނޫނީ މަރުނުގަންނަވާނެ. ސިފަހުތުރު ފަގީރެއް ކަމުގައި ލެއްވުމަށް އެއިލާހް ކުޅަދުންވަންތަކަން ހަނދާންތިފަ ތިހުރީ.

   33
   2
  • ޒައިކް

   ތިޔަ ޓުރާންސްޕޯޓަށް ވަދެލީމަ އެތާނގެ ހާލަތާއި ޚިދުމަތެއް ހޯދަން ތެޅެންޖެހޭ ވަރު އެނގޭނީ.. ވަޒީފާއަށް ފަރުވާކުޑަ ނާޤާބިލު މީހުން ބޭރުކުރުމަކީ ބޮޑާވުމެއް ކިބުރުވެރިވުމެއް ނޫން. އެކަން ކުރާނީ ހައްޤުގެ މަގުގައި ކުރިޔަށް ދާނެކެރޭ ވެރިން. ނަހުލާ ނޫޅޭ ބިރަކުން ވަޒީރުކަމުން ވަކި ކުރާނެކަން އެނގޭ ނަހުލާއަށްވެސް.. އެކަމަކުން ނަހުލާއަށް ވާނެ ދެރައެއް ނެތް.. ލާރިއެއް ނުލިބިގެން އުޅޭކަށް ނުޖެހޭނެ.. ނަހުލާއަށް އެއޮތީ ބޭނުންވި އެންމެ މުހިންމު އެއްކަންތައް ވެފަ..ވަޒީރުކަން ކުރެވިފަ އެނަން ލަގަބު ތާޢަބަދު އޮންނާނެ..

   11
   18
   • ދުންޏާ

    އަހަރެމެން މިތިބީ، ކޯޓެއްގައި ތި އެޗްޑީސީން އެއްބަސްވި އެއްބަސްވުމެއްގެ ދަށުންވެސް ފއިސާކޮޅުވެސް ނުލިބިފަ. މިއީ ދައުލަތުގެ އިދާރާތަކުން ޚިދްމަތްދޭލެއް އަވަސްނުމުގެ ނަތީޖާތަ؟ އެހެންވީމަ، ޓްރާންސްޕޯޓުން މީހުން ބޭރުކުރެވެންޏާ އެޗްޑީސީންވެސް ޖެހޭނެ ބޭރުކުރެވެން.

 12. މިއަދު

  ސޭޓްފުޅު ފިހާރައިގެ މުއައްޒަފުން ވަޒީފާއިން ވަކިކޮށް ގެއަށްފޮނުވާލަގޮތަށް ކަމަނާނެ މިނިސްޓްރީން މުއައްޒަފުންތަކެއް ކަޑާ ޚުދުމުހުތާރުގޮތް ތިއިސްކުރެއްވީ ކަމަނާއަކީ ތާއަބަދަށް ތިތަނަވަސްކަމުގައި ތިބޮޑަވެރިކަމުގައި ހުންނާނެ މީހެއްކަމަށް ޤަބޫލުކުރައްވާތީތޯ ނޫންނަމަ 2023ގެ ރިޔާސީ އިންތިޚާބު ކަމަނާނެ ފިރިފުޅަށް ކަމިޔަބުކޮށްދިނުމަށް އިތުރު ވޯޓްތަކެއް ލިބޭނެކަމަށްފެންނާތީތޯ؟ ނޫންނަމަ ކަމަނާގެ ފިރިފުޅު 2023 ވަނައަހަރު ރާއްޖޭގެ ރައިސްކަމަށް ކުރިމަތިލައްވާ ރައިސްކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތަށް ހުރަސްއެޅުއްވުމަށްތޯ؟ ހަމަޔަގީނުންވެސް އެނގޭކަމަކީ ތިއަކީ ދިވެހިރަޢިއްޔަތުންނަށް ހެޔޮއެދިގެން ކުރިކަމެއްނޫންކަން

  35
 13. މަ

  ހާޟިރީ އަށްފަރުވާ ކުޑަނަމަ ސިވިލް ސާރވިސް ގަ އޮންނަ އުޞޫލުން ފިޔަވަޅު އަޅާނީ...ތީ ވ.ދެރަ ކަމެއް ތި ގޮތަށް ހެދުމަކީ

  39
  1
 14. ފެންފުށި

  މިސަރުކާރުން މީހުންވަޒީފާއިންވަތްކެއްނުކުރާނެމިއޯގާތެރިސަރުކާރުމިލާދީނީސަރުކާރެއްމިވައްކަންކުރާސަރުކާރެއްމިރަތްޔިތުންނަށްއޮޅުވާލާދޮގުހަދާސަޜުކާރެއް

  24
 15. ރައްޔިތެެއް

  ޓްރާންސްޕޯޓްގައި ޙިދުމަތްދޭން ތިބެނީ ވ ހިތްވަރު ގަދަ ކުދިން. ވަޒީފާ އަދާކުރަން އެކަށީގެންވާ މާހައުލަކަށްވުރެ ފެންވަރުދަށް ތަނެއްގަ ވަޒީފާ އަދާކުރަމުންދާ ކުދިން ތަކެއް. ސިޔާސީ ފައިދާ އަށް އެކުދިން ކަނޑާ ނުލާ. ބައެއްގެ ރިޒްގު ގަ އަތްނާޅަ.

  34
  2
 16. މމ

  މީ ވަރަށް ރާވައިގެން ވަރަށް ރާވައިގެން ކުރިޔަށް ގެންދާ ކަމެއް ކަމުގައި ބެލެވޭ
  އަދި ޓްރާންސްޕޯޓް އޮތޯރިޓީއިން ވަޒީފާއިން ވަކިކުރަނީ ކޮންމެހެން އޮތޯރިޓީގެ ތިބި ކޮރަޕްޓް ނޫން މުވައްޒަފުން ކަން ވެސް ފާހަގަ ކޮށް އޮތޯރިޓީ އިން ވަޒީފާއިން ވަކިކުރަމުންގެންދަނީ އޮތޯރިޓީގައި މަސައްކަތް ކުރާތާ 20 އަަހަރު ވެފަ ތިބި މުވައްޒަފު.
  މި އަމަލަށް ކިޔާނެ ވަރަށް ދެރަވަރު ދެރަ ފެންވަރުގެ މީހުން

  21
 17. ދެރަވަރު ފެންވަރު

  ވަރަށް "ހިތާމަވެރިކޮށް، ވަރަށް ދެރަވަރު ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުން"

 18. 30 އަަހަރު ސިވިލްސާރވިސްގައި އުޅުނު މީހެއް

  ސިވިލްސަރ ވިސް ކޮމިޝަނަކޭ ކުރިން ރައީސް އޮފީހުން ވަޒީފާ ދެމުން ގެންދިޔަ ގޮތަކޭ ތަފާތެއް ނެތް ކޮމިޝަންގެ ރައީސް އަލީ ޝަމީމަކީ ވަޔަށް އުޅޭ ބޮޑު އަނގައެއް މިސަރުކާރު އައި ފަހުން ތަނެއް ދޮރެއް ނުބަލާ މީހުން ވަޒީފާ އިން ވަކި ކުރަނީ ކުރިން އެންމެން ވެސް ހީކުރަނީ ސަރުކާރު ވަޒީފާ ގެ ޔަގިންކަން އޮންނަ ކަމަށް އެކަމެއް ނެތް މިހާރަކު މިކަމުގެ ހިތި އަދި ކަމަނާ އަށާއި އަލީ ޝަމީމަށް ފެންނާނެ ޓްރާންސްޕޯޓް މުވައްޒަފުން ހިއްވަރު ދެރަ ނުކުރާތީ ދުއާ ކުރޭ ރިޒްގަކީ ﷲ ދެއްވާ އެއްޗެއް މާދާމާ މިނިސްޓަރ ގެ މުއްސަނދިކަމާއި ސޭޓްގެ މުއްސަނދި ކަންވެސް ގެންދަވާފާނެ.... އެކަހަލަ ނަމޫނާ އެއް ޖީޓީ މަނިކަކީ ކުރިން ބޮޑު މުއްސަންޖެއް މަރުވެ ދިޔައި ފަގީރެއްގެ ގޮތުގައި މާތް ﷲ ތިޔަ ކުދިންނަށް ކެއްތެރިކަން ދެއްވާނެ ދުއާ ކުރޭ ދުއާ ކުރޭ

  25
 19. މިއަދު

  ޓްރާންސްޕޯޓް މިނިސްޓަރުގެ މިޢަމަލުން ސިވިލްސާވިސްކޮމިޝަސްގެ ރައިސްގެ އިތުބާރު ގެއްލިއްޖެ ކުރިން މަ ވ އިތުބާރުކުރިން މީހާ ދުފާފައި ރައްކުޅުޖަހަން ބަހައްޓާފައިހުންނަ ފީކުދާނަކަށް ކުރާއިތުބާރެއްކުކުރަން

  17
 20. އެލިޝް

  ޕްލިޓިކަލް ސައިންސްގެ ރޮގުން ކިޔެވާފައި ހުއްޓަސް ސިވިލްސަރވިސް ކަމިޝަނުގެ ރައީސް އަކީ އެމަގާމުގައި ބަހައްޓާ ވަރުގެ މީހެއް ނޫން އެކޮމިޝަނުގައި އިޚުލާސްތެރިކަމާއި އެކު މަސައްކަތް ކުރަމުން ދިޔަ ނިޒާމަށް ހަދާލި ގޮތް ކޮމިޝަންގެ ކޮންމެ މުވައްޒަފަކަށް އިނގޭނެ އަދި އެކަމާއި ދެކޮޅަށް ވާހަކަ ދެއްކި މުވައްޒަފުންނަށް އިންޒާރު ދިން ... މިހާރުން މިހާރަށް އަލީ ޝަމީމު އިސްތިއުފާ ... ސިވިލްސަރވަންޓްގެ ހައްގުގައި މިއަދު ވާހަކަ ދައްކާނެ މީހަކު ނެތް ...ހިތާމަ ހުރި ހަދާން ކުރާތި ނަހުލާއަށް ވެސް އަލީ ޝަމީމަށް ވެސް އަދި މިދުވަސް ދައްކަވާނެ މުވައްޒަފުންނަށް ދެރައެއް ދީފައި ތިޔަ ގޮތަކަށް ނުތިބެވޭނެ ކަލޭމެން އާދައިގެ މީހުންގެ ގޮތުގައި ފަގީރު ހާލުގައި އުޅޭ ދުވަސް ވެސް ދައްކަވާނެ އެދުވަހުން ނުރޯތި .... އަހަރެމެން ކުރާ ދުއާ އިޖާބަ ކުރައްވާނެ. އަލީޝަމީމު ރަނގަޅު ވާނީ ރޯދަ މަހު ހޮޅިއަށި ތަކުގައި ވާހަކަ ކިޔަން ބައިންދަން މައިކެއް ލިބިއްޖިއްޔާ ދުލެއް ނުކުރާނެ ފާޑެއްގެ އަޑަކާއި ވައްތަރެއް އަނގަޔަށް ޖައްސަމުން ވާހަކަ ކިޔައިދޭނެ މީނާ ޖަލްސާ ތަށް ޝަރަފު ވެެރި ކުރަން ގެންދާތީ ވެސް އަހަރެމެން ސިވިލް މުވައްޒަން ލަދުގަނޭ ... ދަރުމަވަންތަ އިނާމު ދިނުމުގެ ޖަލްސާ އަކަށް ގޮސް ވާހަކަ ދައްކަން އެރީ ފުއްދަޅަކާ ފުނަލަކާ ހިފަގެން. ހެ ހެ

 21. އަހުމަދު

  ވަޒީފާގެ ބިރުވެރިކަން ނައްތާލަން ބުނީ ގަވާއިދާ އެއްގޮތައް އުޅޭ ރަނގަޅު މުވައްޒިފުން ކަނޑާލާ ތިއްބާ ކަޓުގައުޅޭ އެކްޓިވިސްޓުން ވަޒީފާއައް ވައްދާތީ. ޓްރައިބިއުނަލް އައް ލާންވީ! ރިކޯޑްސް ހުންނާނެ. ހާޒިރީ ދަށްނުވާނަމަ ސަރުކާރައް ބޮޑު ގެއްލުމެއްވާނެ. ހިއެއްނުވޭ ގާސިމްބެ ކުޑަކޮއް މޮޔަފުޅު ގޮތެއް ހުއްޓަސް އައިޝާ އެހެން ވާނެހެނެއް.

 22. ބުއްޅަބޭ

  ޓްރާންސްޕޯޓް އެކަންޏެއްނޫން، ސަރުކާރުގެ ވަޒީފާގަ އުޅޭ ގިނަމީހުންނަށް ހީވެފަ އިންނަނީ އެއީ މުނިފޫހިފިލުވަންދާތަނެއްހެން! ޚިދުމަތެއްދޭން ނޭގޭތާ ގަޑިޔަށް ނުވެސް ނުކުއްންނާނެ!

 23. ރީ

  މީ ވަރަށް ދެރަކަމެއް.. އަބަދުވެސް ނިކަމެތި މީހާއަށް ދެރަ ގޮތް.. އަަހަރެންވެސް ޓްރާންސްޕޯޓަށް ފޯމެއް ހުށައަޅަން ދިޔައިން.. ކައުންޓަރުގަ ތިބެނީ ހަމަ ރަނގަޅު އެކުވެރި ސްޓާފުންތަކެއް.. ކޮންމެ ތަނެއްގަ ވެސް ތިބޭނެ ތަފާތު މިޒާޖުގެ މީހުން.. ހަމަ އެގޮތަށް ހިދުމަތް ހޯދަންވެސް ދާނީ އެކި މިޒާޖުގެ އާންމުން. ހަޅޭއްފަޅޭ ޖަހާ މީހުންނާ ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މީހުން ހިމެނޭ.. ޓްރާންސްޕޯޓްގަ ތިބި އާދައިގެ މުވައްޒަފުންނެއް ނޫން ގޯހީ. ތަން ހިންގުމާ ހަވާލުވެފަ ތިބޭ ތާކުން ތާކުން ނުޖެހޭ ވެރިން ހުރިހާ ވެސް މައްސަލައަކީ.. ތިތަނުގަ ރަނގަޅު ސިސްޓަމާ ގަވާއިދުތަކެއް އޮންނަ ނަމަ އެކަށީގެންވާ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ތިތަނުގަ އެެތައް އަހަރެއް ހޭދަކޮށްފައި ތިބި ސްޓާފުން ދޭނެކަން ހަމަ ޔަގީން. ސަބަބަކީ ކިޔަވައިގެން އަލަށް ވަޒީފާއަށް ނިކުންނާ ކުއްޖާއަށް ވުރެން ދިހަ ބާރަ އަހަރު ވަންދެން އުޅޭ ސްޓާފުންގެ މައުލޫމާތު މުއްސަނދި ވާނެ.