ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައި ހުރި ކަންކަމަށް އިންސާފު ހޯދައިދިނުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބަންޑާރަ ނައިބް ރައީސް އޮފީހަށް ފޮނުއްފައިވިއެވެ.

އެބިލަކީ ޖިނާއީ ތަހުގީގުތައް ހިންގުމުގެ ބާރުދޭ އޮފީހެއް ގާއިމް ކުރުމަށް ހިމަނައި އިންތިގާލީ އިންސާފުގެ ބިލެވެ. ރައީސް އޮފީހަށް ފޮނުވި މި ބިލުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށެވެ.

މި ބިލުން ފަރުދުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް، މުޖުތަމައު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި ގައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ މަގްސަދެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރެއެވެ.

އެގޮތުން އެ ބިލުގައި ވަނީ އިންތިގާލީ އިންސާފުގެ އޮމްބުޑްސްމަންގެ އޮފީހެއް ގާއިމުކޮށް، އެ އޮފީހާ މަސްއޫލިއްޔަތުތަކެއް ހަވާލު ކުރުމަށް ހިމަނާފައެވެ.

ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި ކުރިއަށް އޮތް ތާނގައި، އެފަދަ އަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ފާހަގަކުރުމަކީ ވެސް އޮމްބަޑްސްމަންގެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ކުރީގެ ދެ ވެރިކަމުގައި އެކަނިތަ ކަންތައްތަކެއް ހިންގީ، އިބްރާހީމްނާސިރުގެ ވެރިކަމުގައާއި މަޢުމޫނު ޢަބްދުލްާއްޔޫމުގެ 30އަހަހަރުގެ ވެރިކަމުގައި ހިންގާފައިވާހާ ޖަރީމާތަކަށް އިންސާފު ހޯދަން ނުޖެހޭތަ؟؟ އެވެރިކަންތަކުގައި ވެރިންތިބީ ހަމަ އެއްވެސްކަމެއްނުކޮށް ނިދާފައިތަ؟؟؟

    25
    • Anonymous

      ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ޝަރުތު ހަމަނުވޭ. ޖެނެރަލް ޕްރިންސިޕަލް އޮފް ލޯގައި ބުނެފައިވަނީ. ފަހުން ހަދާ ގާނޫނަކުން ކުރިން ކުރި ކުށަކަށް އަދަބު ނުދެވޭނެ ކަމަށް. ގާނޫނުގެ އެންމެ އަސާސީ މަބްދައު ނޭނގޭ މީހަކީ ގާނޫނީ އިލްމު އެނގޭ މީހެކޭ ނުބުނެވޭ. ތިއޮތް ސެޓްފިކެޓަކީ ފޭކެއްތޯ ފުރަތަމަ ބަލަންވީ.

  2. ޑަރޭ

    މާރީތިވާނެ މިހިނގާ ވެރިކަ މުގަހިނގަ މުންދާ ނާއިންސާފާ އަނިޔާވެރިކަ މާ އަދި ކޮރަޕްޝަން ހައްލުކުރަން ބިލްތަކާ ގަވައިދުތައް އަދި ކޮ މެޓީތަކާ ޓާސްކުފޯސްތައް އުފެއްދިއްޔާ.

    25
  3. ޢާބިދް

    ޢަނެއްކާ އަންނައަހަރު ބަޖެޓް ދިރުވާލްނީ

    27
  4. ސސ

    ކީއްވެ ތަ 30 އަހަރާ ޖެހިގެން އައި 3 އަހަރުގަ ރައްޔިތުންނަށް ލިބުނު ގެއްލުމަށް އިންސާފް ނުލިބެންވީ.
    އަދިވެސް ވަޒީފާ ދެންޖެޙެ ބަޔަކަށް ދޭނެ ވަޒީފާ ނެތިގެން އާ ވަޒީފާތައް.އުފައްދަނީ ދޯ.

    24
  5. ހަމަހަމަ

    ތިޔައީ ހަ މަ ޒާތީ ރުޅިގަނޑެއް. ޜައްޔިތުން ބޭނުންވެ ނަށީދު ވެރިކަ މާ މައު މޫނު ވެރިކަ މުގަ ހިނގާފަ ހުރި ކަންތައްވެސް ބަލަން.

    25
  6. ހަސަންކޮއި

    ރއްޔަތުންއޮޅުވާލަންއުޅުނަސްތިކަމެއްނުވާނެ
    ދީނައްޓަކައިގުރުބާންވާންތައްޔާރު
    ނިމިދިޔަސަރުކާރުކިޔާނެކަމެއްނެތް

    21
  7. 2023

    ޔާން

  8. Anonymous

    ކަލޭ އަނގަޔޭ ނުކިޔައި ލާދީނީ ބައިގަނޑު ހިފާ ހައްޔަރުކޮށް އެމީހުންގެ މައްސަލަ ބެލޭނެ ގޮތެއް އޮތްތޯ ބަލައިބަލަ. ކެރޭނެތަ؟؟

    14
  9. ހުސޭނުބޭ

    ކޮއްކޯ ކަލޭ ތިހުރީ އިންސާފު ޤާއިމްކުރެވުނުވަރުން ދެފައި ގާތްވެސް ނުވެފައެއްނު! މުޤާބޭ މަރުވެދިޔަފަހުން މުޤާބޭ ހުށައަޅާ ބިލު މި ސަރުކާރުން ހުށައަޅާފި

    12
  10. ޛދބދ

    ކޮބާ ފެނޭތޭ ފެނޭދޯ ޕީޕީ މޮޔައިންނަށް ދެން ލަލަލާ

    15
    • Anonymous

      އެ މްޑީޕީގަވެސް އެބައުޅޭ މޮޔަ ބޮލަށް އަރައިގެން އުޅޭ ބައެއް.

  11. ހުޝިޔާރު

    ދިވެހިރާއްޖެ އިންތިގާލީ އަކުން ސަލާމަތެނުވެވޭ.. ގާނޫނުއަސާސީ ތަސްދީގުކޮއްފި.. އިންތިގާލީ މަރުހަލާތަ ނިމިއްޖެ. ގަވާއިދުތަނިމިއްޖެ.. މޑޕ ވެރިކަމަށް ކޮއްމެއްފަހަރަކު އިންތިގާލީ އަންނަނީކީއްވެ.. ގާނޫނުން ބާރުލިބިދީވާ މުއައްސަސާތަކެ އެބަހުރި.. އެތަންތަނުން ނުވާކަންތަބަލަން ބަންޑާރަނާއިބަކާ ބަންޑާރަނާއިބަށް އޮފީހެއް އެބަހުރި.. ބަންޑާރަނާއިބަށް އެކަނި ނުވަންޏާ ޕޖއެހުރީ.. ކޯންޗެހަދަންއުޅޭ ބައެއްތަމީ.. ކަލޭމެން ނިމުނެތް ވެރިކަމެ ނުކުރަންޏާ އޯކޭ ހަޑިހާވަންތިބޭ.. އެހެންނޫނީ މާދަމާވެސް ވެރިކަން ބަދަލުވެއްޖެނަމަ ތައްޔާރުވޭ ކަލޭމެންގެ މައްސަލަތަބެލޭނެ.. ހޭވައްލާ ތައްޔާރު.. ޕޕމ ހުޝިޔާރު... ޕޕމގެ ވެރިކަމެ ކިތައްމެ ލަހުންފެށުނަސް އަވަހަށްފެށުނަސް ރެޑީގަތިބޭ ތިޖަހާ ސަކަރާތް ޕޕމ ނިންމާނެ.. އިންޝާﷲ...

  12. ކޮޕީ

    ފަހަތަށް ބަލަންޏާ އަބަދުވެސް ޖެހެނީ އެކަންކޮއްކޮށް

  13. އާބިދާ

    ކަލޭމެން ބަލަންޖެހޭނީ ރައީސް ޔާމީނު ޤާނޫނާއި ޤަވާޢިދުގެ ހުދޫދުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެކިއެކި ކަންކަން ފުރިހަމަ ކޮށްދެއްވި މައްސަލަ، ތަރައްޤީގެ ބޮޑެތި ބިޔަ ޕްރޮޖެކްޓްތަކެއް ހިންގި މަސައްލަ، މިކަންކަމަކީ ކަލޭމެން އިންތިހާ އަށް ކަންބޮޑުވާ މަައްސަލައެއް، ކަލޭމެން ނެއެދޭ ރައްޔިތަކަށް އެއްވެސް މަންފާއެއް ލިބޭކަށް

  14. Anonymous

    މިސަރުކާރުން ހިންގާ ޖަރީމާތައް ބަލާ ބިލެއް ބޭނުމީ.

  15. Anonymous

    1970 ވަނަ އަހަރުން ފަށާބަލަ. އެއިރުގެ ވެރިންވެސް ދުނިޔޭގަ އެބަތިބި. ޒާތީ ހަސަދައިން ފޯވެ ބަދަލުހިފުމުގެ ރޫހުގައި ވެރިކަމަށް އައިބައެއް އެކަން އެކުރަނީ. ގައުމު ހުލިވަމުންދަނީ. ރައްޔިތުން ނިކަމެތިވެ ވަޒީފާތާގެއްލި ހަލާކުގެ ތެރެއަށް ވެއްޓި ދީނަށް ފުރައްސާރަކުރުމާއި، އިންސާނީ މުޖުތަމައުތަކުގެ ހަލާކު ކަމުގައިވާ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރަނީ.