ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ ވޯޓަށް އަހަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވަނީ ރިފްއަތު ބަލިކަށިކުރަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިއްފަތުގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ބަހުސް ވެސް ކުރިއަށް ގެންދަން ފުރުސަތު ނުދީ ނަޝީދު ތަފާތު ބަހަނާތައް ދައްކަވާތީ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސަތު ކުރިމަތީ ކޮޅަށް ތިއްބަވައިގެން އިހުތިޖާޖު ވެސް ކުރައްވައިފަ އެވެ. އަދި ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ.

އެމްޑީޕީގެ ގްރޫޕްތަކަށް ނަޝީދު މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނު ލަފާކޮށްގެން ހުންނެވީ އެމްޑީޕީން ބަންޑާރަނައިބު ސަލާމަތްކުރަން މަސައްކަތް ކުރާނެ ކަމަށެވެ. "ވޯޓެއް ނަގައިފިނަމަ މޮޅުވީ ނަމަވެސް ހަނި މެޖޯރިޓީއަކުން ހުންނަވާ އޭޖީއަކަށް ވުރެ ވޯޓު ނުނަގާ އޭޖީއެއް ރަނގަޅު ވާނެ ކަމަށް އާންމު މީހަކު ދެކޭނީ. އެހެން ނަމަވެސް އެމްޑީޕީ ބޭނުންވެފައި މި އޮތީ ވީހާވެސް އަވަހަކަށް މި ވޯޓު ނަގައި އޭޖީ ބަލިކަށިކުރުން،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދިވެހިރާއްޖެއަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ ބަންޑާރަނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ހިނގައި ނުގަނެ މަޖިލިސް މަރުތަޅު އެޅުުވިފައި އޮތްއިރު މައްސަލަ ކ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރީލާ

    އެއީއެއްނޫން ވާގޮތަކީ. ތިބައިގަނޑުގެ ބާރެއް ނެތްކަން ރޢްޔިތުންނަށް ހާމަކޮށްދީ ބޮޑު ތަފާތަކުން ރިއްފަތު ސަލާމަތްކުރުން. މިހާރު އެނގިއްޖެތަ..ކަލެއަށް ކުޅެވޭނީ 6 ކުޅިއެއްވެސް ނޫން. ކޮންމެސް އެހެންކުޅިއެއް ކުޅެން ތިތަނުން ފައިބައިގެން ދާންއުޅޭ.

    3
    1
  2. އިބިރަހިމާ

    މަ ހިތަށްއަރާ މީނަ ހަމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނޭ. ބަލަ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުޝަހެޅީމަ ދެން އެމް ޑީ ޕީ ބޭނުންވިޔަސް ނުވިޔަސް އެ ވޯޓު ނަގަންވާނެއެއްނު މިހިރަ ބީތާއާ. ދެން އެމްޑީޕީ އަށް އޮންނާނީ ސަލާމަތް ކުރެވުނު ގޮތަކުން ސަލާމތް ކުރުމެއްނޫންތަ؟

    2
    2
    • ކައިދާ

      މީނަ ހިތުން ރިފްއަތާ ސަރުކާރާ ޖައްސަން މި މަސައްކަތް ކުރަނީ ބައެއްފަހަރު މިކަލޭގެ ކުރާ ކަންތަކުން މީ ބުއްދި ހަމަ ނޫން މީހެކޭ ވެސް ހީވާ ކަހަލަ

  3. ދިވެހި މުސްކުޅިން

    ނަޝީދު މިހާރު މޮޔަ ވެފަ އެހުރީ