"ވަގުތު" އާއި "މިއަދު" ނޫހަށް ފިޔަވަޅު އަޅަންށާއި، އިސްލާމްދީނާއި ބެހޭ ގޮތުން ވާހަކަދައްކާ ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅަން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު އިތުރު ބަޔަކާއި މަޝްވަރާކުރި ޗެޓްލޮގްތަކެއް ލީކް ވެއްޖެއެވެ. ދިޔާނާގެ ޗެޓްލޮގްތަކެއް ލީކްވެފައި މިވަނީ އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ.
ނޫސްތަކަށާއި، ދީނީ ވާހަކަ ދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ދިޔާނާ މަޝްވަރާކޮށްފައި ވަނީ މިނިވަން ރޭޑިއޯ ހިންގާ ނޫސްވެރިޔާ އައިޝަތު އާނިޔާ އާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) އާއި މަރާލާފައިވާ ނޫސްވެރިޔާ ޔާމީން ރަޝީދުގެ ލޯބިވެރިޔާގެ އިތުރުން މުހައްމަދު ޝުރައިހް ނަމަކަށް ކިޔާ މީހަކު ހިމެނޭ ޓްވިޓާ ގްރޫޕެއްގައެވެ. ޔާމީންގެ ލޯބިވެރިޔާ އަކީ ބޭރުމީހެކެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗެޓްލޮގްތަކުގެ ސްކްރީން ޝޮޓްތައް ނަގާފައި ވަނީ ދިޔާނާގެ ޓްވިޓާ އެކައުންޓް ހެކް ކޮށްގެންނެވެ.
ޗެޓް ގްރޫޕްގައި ވަނީ އިސްލާމީ މަރުކަޒުގެ އިމާމަކީ ވަރަށް ނުރައްކާތެރި ބޭފުޅެއް ކަމަށް ވެސް ބުނެފައެވެ. އިސްލާމްދީނާއި ހިލާފު ވާހަކަތައް ދައްކަމުން ގެންދިޔަ މީހުންގެ މައުލޫމާތު އާއްމު ކުރަމުން ގެންދިޔަ "ސިރޫ އާޓް" ޕޭޖް ބްލޮކް ކުރަން ދިޔާނާ އާއި އާނިޔާ މަސައްކަތް ކުރިކަމާއި، އަދި ފުރަތަމަ ޕޭޖް ބްލޮކް ކުރުމުން ދެން ސިރޫ ހަދާފައިވާ އެހެން ޕޭޖްތައް ބްލޮކް ކުރަން ވެސް މަޝްވަރާކުރިކަން ޗެޓްލޮގްތަކުން އެނގެއެވެ.
ދިޔާނާ ހިމެނޭ ގްރޫޕްގައި އާނިޔާ ބުނެފައި ވަނީ ހައްޖަށާއި އުމްރާއަށް ގެންދާ އުމުރުން ދޮށީ މީހުންގެ "ސިކުނޑި ދޮވެލުމުގެ މަސައްކަތް" ހައްދުފަހަނައަޅާފައިވާ ދިވެހިން ކުރާ ކަމަށެވެ. އެކަން ކުރަނީ ދަތުރު މަތީގައި ތަފާތު ވާހަކަތައް ދައްކައިގެން ކަމަށް އާނިޔާ ބުނެއެވެ. އާނިޔާގެ ވާހަކަތަކާއި ދިޔާނާ ދެކޮޅެއް ނުހަދައެވެ.
އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތައް ދެއްކުން އާއްމުވަމުން ދާތީ އެކަމާއި ގުޅިގެން ބައެއް ވަޒީރުން ހިމެނޭ ގޮތައް ރައީސް ޞާލިހް ކޮމެޓީއެއް އެކުލަވާލާފައި ވާތީ ދިޔާނާ ވަނީ އެގްރޫޕްގައި އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
It’s been almost four weeks since the people started a call to #BanMDN and to remove the secularists from the government. @ibusolih recommended Dhiyana Saeed’s name to the SC, who is another proponent of secularism in Maldives. Here’s some leaked chat logs. #BanMDN pic.twitter.com/IjpjIhks5P
— Hamdhan Shakeel (@HamdhanShakeel) October 22, 2019
ދިޔާނާ ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެފަދަ ބޭފުޅަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ނުކުރުމަށް ވެސް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.
ޖާބިރު ގޮތަށް މޮޔަގޮވަނީތަ . މި މީހުންގެ ޙަޤީގަ ތް ހާމަ ވަމުން.މި ދަނީ
ފަންގި ނެގި ވަރަކަށް ކަންކަން ހާމަވާނެ
އިސްލާމް ދީން ހިމާޔަތް ކުރަން ޖެހޭ މަސައްކަތް ވ ބޮޑަށް އިތުރު ކުރަން ވީ އެވެ. ކޮންމެ ރައްޔިތަކުވެސް ދައުވަތު ދޭން ވީ އެވެ.
ތިއެއްނޫނޭ ވާގޮތަކީ ކޮންމެ މީހަކުވެސް ދީނީ އިލްމުވެރިންގެ ބޮލައްޖަހާފަ ފިލަނީ. ހިތަކަށް ނާރާ އަހަރެމެންކުރި ހެޔޮ އަމަލަކަށްކަމެއް ސަވާބު ލިބޭނީ.
ހިތާމައިގެ ކޮޅެއްވެސް ނެތް. މިފަދަ ފަރާތްތައް ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީމާ ދެންވާނެގޮތް ޚިޔާލަށް ގެންނަންވެސް ދަތި.
މުރުތައްދުން މިހިރަ ފާޅުވަނީ އެމް ޑީ ޕީ އަށް ތާއީދެއް ނުކުރާނެ މުސްލިމުންނަށް ހެވެއް އެދޭ ބަޔަކު މީ މުޖައްރިބު ކަމެއް !
އިސްލާމްދީނުގައި ކަންއޮންގޮތް ހާމަކޮށް، ދީނީ ދަރުސްދޭ މީހުންނަކީ ދީނުގެ ވާހަކަދައްކާ މީހުން. އެއީ ދީނީ ޢިލްމުވެރިން. މިމީހުންގެ ކަންތައް ހުއްޓުވުމަކީ މިސަރުކާރުން ކޮންމެހެންވެސް ކުރަންޖެހޭނެކަމެއް.
ދިޔާނާ އަކީވެސް ހައްދުފަހަނަ އެޅުމާ ދެކޮޅު އިސްލާމެއްކަން އިގުނީތީ ވަރަށް އުފާ ވެއްޖެ. ﷲ އަކްބަރު.
ދިޔާނާގެ ގޮތެއް ނޭންގެ ހަމަގައިމުވެސް ކަލެއަކީ މުސްލިމުންނައް ވަރަށް ނަފްރަތުކުރާ މީހެއްކަން އެނގި އަހަރެން ވަރަށް ދެރަވެއްޖެ.
އަހަރެމެނައް އެނގުނީ ދިޔާނާ އަކީ ލާދީނީ މުރުތައްދއްކަން
އިޝްގް އާއި ލޯބި ފައިސަާ އަށް ވިއްކުމަކީމިނިވަން ފިކުރުގެ ކަމެކެވެ.މިމިސް މީސްމީހުނަށް ފިޔަވަޅު އަޅަން ޖެހޭ.އަދި ޖާބިރުގޮތަށް މޮޔަނު ވޭ
މި ގައުމުގައި ތިބި ޒުވާނުން ހަލާކުކުރަމުން މިދަނީ މިބައިގަޑު!މިކަމަށްމަސައްކަތް ކުރަމުންއައްނަތާ ކިތައްމެ ދުވަހެއް! މިގައުމުމިއޮތީ ވަރަށް ނިކަމެތި ހާލެއްގައިކަން މިއިން މިއެގެނީ! ޒުވާނުންގެ ބޮލަށްވަނީ ވަސްވަސް ދީ ސަވާރުވެފައި، ދީން ހިމާޔަތް ކުރުމަށް ގިނަމަސައްކަތް ތަކެއް އަދު މިވަނީ ކުރަންޖެހިފާ،
ދިޔާނާ އަކީ ސްޕްރީމް ކޯޓުގެ ޖަޖަށް އެކަށޭނަ މީހެއްނޫން. ސަބަބަކީ އޭނާގެ ފިރި މީހާ ޖާބިރަކީ އަބަދުވެސް ފައިސާގެ ކޮންމެވެސް މައްސަލައެއްގައި އުޅޭ މީހަކަށް ވުމާއި މީގެ ދެމީހުން ދައްކާ ވާހަކަ ތަކަކީ މުޖުތަމަޢު އެހާ ބަލައިގަންނަ ކަމަކަށް ނުވާތީ.
މިގައުމުގައި މިއޮތީ ބޮޮޑުބިރުވެރިކަމެއް ފެތުރިފަ. ..ހީނުކުރާއެތަށްބަޔަކު ދީނަށް ނަފަރަތުކުރާކަން މިދަނީ ހާމަވަމުން. އެމީހުންނަކީ އަހަރުމެންގެ އަދުއްވުން...
ޔާން2023
މުޅި އައްޑުއަތޮޅަށް ވެސް ހުރި ހުތުރެއް ދިޔާނާއެއީ.
މީއަހަރެން އަބަދުވެސް ބުނާވާހަކަ ﷲއިރާދަކުރެއްވިއްޔާ މިފަހަރު ލަސްތަކެއްނުވެ މިހުރިހާ މުނާފިޤުން ފަޅާއަރާ އިސްލާމްދީނައް ނަސްރުލިބޭނެ މިގައުމުގަ ހަރުކަށި ލާދީނީފިކުރަކައްޖާގައެއްނުދެވޭނެ. #ބޭން އެމްޑީއެން
ދިޔާނާއަކީ އައްޑޫއަށް ނިސްބަތްވާމީހެއް އެހެންވީމާ އެފަދައިން ގޮވިވާހަކަ ޚަބަރަކަށެއް ނުވޭ. އިސްލާމްދީނާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އޭނާ ހިތްވަރު ދިން ކަމަށް ބުނިނަމަ ވަރަށްބޮޑު ޚަބަރަކަށްވީސް. އަދިވެސް ހޮވޭނެ ވީ، ގިނަގިނައިން ކަޅުހަނޑުލާއި ވީ ހޮވިވަރަކަށް ހިނޑޫވެސް ސާފުވާނީ.
ލާދީނީ ޖަރާސީމުތައް ފެންނަން ފަށައިފި..
އެކަހަލަމީހުން މަޤާމުތަކަށް އިސްކުރީމަނު ރިނދޫބައިގެ މަޤްޞަދު ފުރިހަމަވާނީފަންގެ ނަގާވަރަކަށް ހުސްތޮށި ގިނައިން ފެންނާނެ
މަހީކުރީ އެއީ ދިޔާނާގެ މާމަ ކަމަށް ހާދަ “ މުސްކުޅި ފުޅު “ ވެއްޖެ އޭ ދޯ ކަމާނާވެސް މިހާރު މޮޔަ ގޮވަނީ ދޯ ! ލޯބޯ ކޮށިވީމަ ވާނީވެސް އެހެން??
ކަނބުލޯ ކޮންމެހެންވެސް އުއްތަމަ ފަނޑިޔާރުކަން ލިބޭވަރުކުރާތި. މިސަރުކާރުން ވަރަށް ލޯބިވާނެ ތިކަހަލަ ވާހަކަތަކާއި ކަންކަމަށް. އެކަމަކު ވިސްނޭ ރައްޔިތުން ކުރިމަތީގައި މިހާރު ތިޔަވަނީ ހައްޕުނޑަށް.
މި ދިވެހިރާއްޖެއަށް އަރައިގެން މިއުޅެނީ ކޮންކަހަލަ ވަބާއެއްބާ! މި މާތް އިސްލާމް ދީނާ އި ދިކޮޅު މީހުންމީ ކޮން ފޮތަކުން ކިޔަވައިގެން އުޅޭބައެއް. ލާހައުލަވަލާ ޤުއްވަތަ!
ލާދީނިއްޔަތާ ޤަވްމިއްޔަތު އެކަތިކަމުގައި ހަދާއިރު
ލާދީން މިޤަވްމުން ފޮހެލުމަށް ނުނިކުމެ ބަލން ތިބީހޭ
ދިޔާނާ.. އެއްޖިންސުން ގުޅުން ހިންގާމީހުންނައް ފިޔަވަޅު އަޅަން ގޮވާނުލަނީ ކީއްވެ.
ނަރަކައިން ޓިކެޓު ޖާގަ ނުލިބިގެން މި އެންމެން ތެޅެނީ.. ޖާގައެެއް ނުލިބިދާނެތީ.. ހާސްވާނެކަމެއް ނެތް. ޖާގަ ހުހެއް ނުވާނެ. ފިތާބާރުކޮއް ގަންނަވާލައިގެންވެސް ނަރަކައައް ވައްދާނެ ދީނައް ފުރައްސާރަކުރި މީހުން. މިއީ ކަށަވަރު ކަމެއް. އެފަދަ މީހުންނައް ނަރަކަ އޮތީ ގާތުގަ. ކައްވަޅުގަވެސް އޮތީ އަލިފާނާއި ވޭންދެނިވި އަޒާބު.. މަހުޝަރުގައިވެސް އޮތީ އަދި އެޔައްވުރެ ގަދަފަދަ އަޒާބް.. ގޮން ތިޖަހަނީ ތަމާމެންނާއި އަދި ދުނިޔެ ލެއްވިހައި ތަކެއްޗެއްގެ ވެރިއިލާހައް. އެއީ އަޑުނީވޭ ދިރުމެތް ނުވާ ފަރާތެއް ނޫން. އެއީ ދިރިދެމިވޮޑިގެންވާ ހުރިހާ އާރަކާއި ބާރަކާއި ލިބިގެންވާ ގަދަފަ މަތިވެރިފަރާތް. އެފަރާތައް ފުރަގަސްދީގެން ލިބޭނެ ހަމަ އެކައްޗެއްވެސް ނޯންނާނެ.
މިކަމަނާ މޮޔަގޮވަނީއެވެ.އިސްލާމްދީން ނޭގުމުންވާނޭގޮތް ފެނިގެން މިދަނީއެވެ.އެކަމަކު ބޮޑުމަގާމަށް ލިބޭތޯ އަހަރެމެންގެ ތެރެއިންވާ ޝައިޠާނާގެ ތާއީދު ހޯދަން މަސައްކަތްކުރަނީއެވެ.
ދިޔާނާ ސްޕްރީމްކޯޓަށް އައްޔަންކުރުމަކީ ، އިސްލާމްދީނާއި ދެކޮޅަށް ދައުލަތުގެ ދެވަނަ ބާރެއް ގެންދެވުމަށް ހިންގޭ ނޭއްގާނީ ހަރަކާތެއްކަމުގައި ނޫނީ ނުވާނެ!
މިކަހަލަ މުރުތައްދެއް ހުރިއްޔާ މި ސަރުކާރުގެ އިސްމަގާމުތައް ދޭނެ.
މިދައިތަ އާއި ދެކޮޅަށްވެސް ފިޔަވަޅު އަޅާދެއްވާ....
ގައުމުމިދަނީ ވ ނުބައި މިސްރާބަކައް. މިކަމައް ވާގިވެރިވިމީހުން ނިދިން ހޭނުލެވެނީބާ؟ މިގައުމާއި މިގައުމުގެ ރައްޔިތުން މިނުބައި މީހުންގެކިބައިންސަލާމަތްކުރައްވާށިއެވް. ޢާމީން. އިބޫހެޔޮނުވާނެ މިފަދަ ހަރުކަށިމީހުންނައް ފިޔަވަޅު އަވަހައް އަޅުއްވަދެއްވަވާ.
އަބަދުވެސް އޭނާއކީ ލާދީނީ ފިކުރުގެމީހެއް މިސަރުކާރާއި މަޖިލީހުން ބޭނުންވަނީ އެފަދަމީހުނަށް ފަނޑިޔާރުކަންދޭން
ތިހެންވީރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހޮވާނެ
ދީނަށް ފުރައްސާރަ ކުރަންޏާ އަހުންނުތިބޭނަން ބަސްނުބުނެޔެއް!
ދިޔާނާ ބުނާކަމެއް ކުރާނީ ޔަހޫދީންނަށް ތަބާވާބަޔަކުދޯ!
ކޮބާނޫސްވެރިކަމުގެ މިނިވަންކަން
ކޮބާރައްޔިތު މީހާޔައް ތިބުނާ މިނިވަންކަން، ހޯދާ ދޭންއައި ބައިގަނޑު.
އަނގަވެސް ތަޅާނެ ބަސްވެސް ބުނާނެ ދީނާ ނުފޮށި ތިބައިގަނޑު ހިމޭންވެބަލަ!
ހުރިހާ ބާރެއް މިލްކުވެގެންވަނީ މާތްﷲ އަށް!
މޮޔަނުވެބަލަ ތިމީހުން ދީނަށް ހަރާމް ކޯރުވެ ގައްދާރުވާއިރު ނަރަކަ ޔާ ސުވަރުގެ ވާކަން ހަދާންވޭ؟
އާދޭސްކޮއްފަ ބުނަން މިބައިގަޑު ވެރިކަމުންވައްޓަން ނިކުންނަންވީ.
އަހަރެމެނައް އެނގުނީ ދިޔާނާ އަކީ ލާދީނީ މުރުތައްދއްކަން