މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަ ކުރުމަށް ފަހު ނެރުނު ލާދީނީ ރިޕޯޓު ދިރާސާ ކުރުމަށް ފުލުހުން އެކުލަވާލި އިލްމުވެރިންގެ ކޮމިޓީގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި އިލްމުވެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު ނެތްކަން އެނގިއްޖެއެވެ.

މީގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓު ދިރާސާ ކުރުމަށް ފަހު ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް 3 ދީނީ އިލްމުވެރިޔެއްގެ އެހީއާއި އެކު ކުރަމުންދާކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އައްޝައިހް ފައްޔާޒް އަލީ، އައްޝައިހް އަހުމަދުﷲ ޖަމީލް އަދި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

މި ބޭފުޅުންގެ ތެރެއިން އައްޝައިހް އަހްމަދުﷲ ޖަމީލް އަކީ ދިވެހި ރާއްޖޭގެ އަޑުގެ ރޭޑިއޯ ޕްރެސެންޓަރެކެވެ. އޭނާ އަކީ ކޮންމެވެސް ވަރަކަށް ޓީވީއެމްގެ ޕްރޮގްރާމް ތައްވެސް ހުށަހަޅާ ބޭފުޅެކެވެ.

ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން އޭރު ރައީސް ނަޝީދުގެ ސަރުކާރު ދިފާއު ކުރެއްވުމުގައިވެސް މި ބޭފުޅުން ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ވިސްނާ

  ކޮންމެއަކަސް ވަރަށް މަޑުކަށި އިލްމުވެރިންކޮޅެއް.. އެމީހުންގެ ހިތުގައި ލާދީނީ ބައިގަނޑަށް ހަމްދަރުދީ ނުއުފެދިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު..

  69
  5
 2. ޑީ

  ފައްޒުއަކީ ކުޑަޢިލްމުވެރިޔެތަ؟
  ޑރ ޒަކަރިޔާޢަކީ ކުޑަ އިލްމުވެރިއެއްތަ؟
  މަޝްހޫރުވަނީ ކިހިނެތް؟

  29
  49
 3. ގިޓާ

  ދިރާސާކުރިޔަސް ނުކުރިޔަށް ޤުރުއާނާއި ހަޑީޘްގައިވާ ކަމަކާމެދު ސުވާލު އުފެއްދިޔަށް އީމާކަން ނެތީ ތިކުދިންނަށް ކެނެރީގޭބަދިގެިން އެތިކޮޅެއް ލިބުނަސް ފުދޭނެ . އިމްރާނޫ ސާބަހޭ

  47
  3
 4. ދިރާސާ

  އެ ރިޕޯރޓް ދިރާސާކުރަން ޖެހޭތަ. މިހާރު އޭގަ ހުރި އެއްޗެއްނޭގިގެން އުޅެނީ އެ ރިޕޯރޓް ލިޔުމުގަ ބައިވެރިވި ރައްޔަތުންގެ ފައިފާއިން މުސާރަދޭ ރައީސް ވަޒީފާ ދީފަތިބި ޕޮލިސްކޮމިޝަނަރ ހަމީދުމެންކަހަލަ ބަޔަކަށް.

  61
 5. އަލިބެ

  މަ ހީކުރީ ކޮމެޓީގެ ރައިސަކައް އަންނި ނައިބަކަށް ސަކިންދާ އަދި މެމްވަރަކަށް ހަސަން ލަތީފްކަމަށް ހުންނާނީ. ދެން ކޮފީ ގިރައިދޭން ރަނގަޅުވާނެ އިންތި

  57
  3
 6. ދަންބެރު

  ހީވާގޮތުން މިހާތަނައް ޢުމުރުގައިވެސް ކުރަންޖެހުނު އެންމެބުރަ މަސައްކަތްތީ ދަންނަވާލަންބޭނުންވަނީ ކިތަންމެބޮޑައްސަރުކާރު ދިފާޢުކުރަންބޭނުންވިޔަސް ދީނުގަކަންއޮތްގޮތް ބަޔަކައް އޮޅުވާލަން މަސައްކަތް ނުކުރައްވައްޗޭ އެކަމުންތިޔަބޭފުޅުންނައްލިބޭ ޢަޒާބު ދެގުނަބޮޑުވާނެކަން ހަދުމަކުރައްވާތި

  57
 7. ޙ

  ތިޔަ 3 މ ީހުން ނަކީ ވެސް .... އެމް ޑީޕީ... މީހުން

  56
  5
 8. މޮޔަބެ

  މިއީ ގޭ ކުދިން؛ އަދި އިގިރޭސިބަސް ތަރުޖަމާކުރަން އެންމެފުރިހަމަޔަށް ނޭގޭނެ... ޝަހިންދާމެން އޭތި ލިޔެފައޮތީ އަރަބި ބަހުންތަ.ހޭހެ، ޑރ. ޒަކަރިއްޔާ އަކީ އިގިރޭސިބަސް ރަގަޅަށް ދަންނަ ބޭފުޅެއްތޯ...

  42
  3
 9. ބޯގޯސް

  އަހްމަދުﷲޖަމީލަކީ މިހާރު އިސްލާމިކް މިނިސްޓްރީގެ ނާއިބު އޭނާދުވަހަކުވެސް އަޑުގެ އެއްވެސްކަމއްނުވަތަ ދިނީ ޕްރޮގަރާމެއްގަ ޓީވިއަކަށް ނާރާނެ އޮޅިފަ އިޔަ އޮތީ އެއީ ަހުމަދުﷲ ގެ ބޭބެ އަބުދުﷲ ޖަމީލު ޓިޥި އާ އަޑުގަ އުޅުއްވީ

  25
  4
 10. ނަން ނުބުނާނަން

  ފައްޔާޒް އަލީއަކީ ކާކު ކަންނޭގެ އަހުމަދުﷲ ޖަމީލަކީ އިސްލާމިކް މިނިސްޓްރީގެ މިހާރުގެ ނާއިބު އިބްރާހިމަޒަކަރިއްޔާ މޫސާ އަކީ އިބޫގެ އަނބިކަނބަލުން ފަޒްނާގެ ޅިޔަނު

  43
 11. ލާލު

  އިބްރާހީމް ޒަކަރިޔާ މޫސާ؟؟؟؟؟؟ ޙައިރާން ވެއްޖައިން އެބޭފުޅާ ވިކުނީތީ!!!!

  45
 12. ޛުލައި

  ހުސައިން ރަޝީދުވެސް ހިމަނާލި ނަމަ.

  25
 13. އަބްދުއްﷲ

  ދީނީ ކަންކަން ދިރާސާކުރުމަކީ ޕޮލިހުގެ ޒިންމާއެއް ނޫން! ދީނީ ކަންކަން ދިރާސާކުރަން ނުވަތަ ދީނީ ގޮތުން އެއްޗެއް ދިރާސާކުރަން ޖެހޭ މުއައްސަސާތަކަކީ އިސްލާމިކް މިނިސްޓްރީ ، އިސްލާމިކް ޔުނިވަރސިޓީ، އަދި ފިގު އެކަޑަމީ . އެތަންތަނުން ނެރޭ ރައުޔަ ގަބޫލްކުރަން ދަތިވެގެން، އެމްޑީއެންގައި އުޅުނު މީހަކު އިސްވެހުރެ އޭނަ ރުހޭގޮތަށް ރިޕޯރޓް ނެރޭނެ މީހުންކޮޅެއް ލައިގެން ތިކަންކުރުމުގެ ބޭނުމަކީ ކޮބާ؟

 14. ސުލޭމާނު

  އިނގިރޭސި ދަންނަ މީހެއް ނޫންތަ ދި ރިޕޯޓް ތަރުޖަމާކުރަން ގެންނަންޖެހޭނީ. މުސްލިމުންނަށް އެނގޭ ކީރިތިބގުރުއާނުގައި އޮތީ ﷲ ގެ ބަސްފުޅުކަން. ﷲ ގެ ބަސްފުޅު އެއީ ރަނގަޅުތޯ ބެލޭނެ އިންސާނެއް ނުހުންނާނެ. ދެލޯ އަނދިރިވެ ވާ ނުވަނީސް ތިކަމުން ތި 3 މީހުން ދުރުވަން ގޮވާލަން.

  26
  1
 15. އަޙުމަދު މުޙައްމަދު

  ޢިލްމުވެރިން ނޫނެކޭ ނުބުނަން. ޑރ. ޒަކަރިއްޔާ އަކީ މިތާ އެހެން ދީންތަކަށް ޖާގަދޭން ވަކާލާތު ކުރައްވާ އެމްޑީޕީގެ ސަޕޯޓްރެއް. ފައްޔާޒަކީ ހާރޑްކޯ އެމްޑީޕީ އެކްޓިވިސްޓެއް. ޖަމީލު ވެސް އެއީ އަންނި ދިފާޢުކުރެއްވި ބޭފުޅެއް. ވަރަށް ސަލާމް. އޭގައި ދިރާސާކުރާން އޮތީ ކޮްނ އެއްޗެއް ކަމެއް ނޭނގެ. ދިރާސާކުރަނީ ނޭނގޭ ކަންކަނ ހޯދަން. ދިމާއަށް ފެންނަން އޮންނަ އެއްޗެއް ދިރާސާކުރާކަން ދެނައެއް ނެތިން. އިބްލީސް އެއީ އިބްލީސްތޯ ދިރާސާކުރަންޖެހޭތަ؟ ހައިރާން

  7
  1
 16. މަގެދީން

  ނުފޫޒުން އެއްކިބައިވެ ތިބެ އަދި ޕާޓީގެ މަސްލަހަތު ނުވައްދައި ތިކަން ނުކުރެވެންޏާ ތިކަމުގައި ނޫޅޫނިއްޔާ ރަނގަޅުވާނީ...... ޖަޒުބާތުގަ ކުރެވޭ ކަމަކުން ދެދުނިޔެވެސް ގެއްލިދާނެ.

 17. ރާޅު ބޯއީ

  ކަލޭ މެން ތިހެން ކޮ މެންޓް ލިޔެލިޔެ ތިބޭ. ލާދީނީ ސަރުކާރު އެއޮތީ ހީލަހީލާ. އެއްކަ މެއްވެސް ނުކުރެވޭނެ.

  3
  3
 18. ބެއްޔާ

  އަހުމަދުﷲ ޖަމީލުގެ ފިކުރަކީ ރައީސް ނަޝީދުގެ ފިކުރު. އެމްޑީޕީގެ ފިކުރު. އެނގިދާނެތާ ނެރޭރިޕޯޓްގެ ފުރިހަމަކަން. ޔަގީނުންވެސް އެޖަމިއްޔާއިން މާތް ރަސޫލާއަށް ފުރައްސާރަކުރި. ދެން ރިޕޯޓްގަ ލިޔާނީ ކީކޭބާ؟؟ ސަލަވާތް ނުކިޔެއޮތީމަ އެވާހަކަތޯ؟؟؟

 19. Anonymous

  ތިއީ ލާދީނީ ބައިގަނޑުގެ ތެރޭގައި ހިމެނޭ ދީން ވިއްކި މުރުޖިޔާއިން

 20. ނަސީދު

  ރިޕޯޓުގައި އޮތީ ކޯއްޗެއްކަން ނޭންގިގެން އަދިވެސް އެ އުޅެނީ؟؟ ތީ ބޮޑު އަރަތެއްނު

 21. ޢާއިޝާ

  އުހުހަހަހަހަ. އަޙްމަދުﷲ އަކީ ޕޮލިހުން ބޭނުންވީމަ ޢިލްމުވެރިއެއް؟