ރާއްޖޭގެ މެދު ތެރެއާ ދެކުނުގެ އަތޮޅުތަކަށް އުދަ އަރަން ފަށައިފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފައިވާގޮތުގައި، މި ސަރަހައްދުތަކަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތެވެ.

މައުލޫމާތު ލިބޭގޮތުގައި، އައްޑޫ ސީޓީ މަރަދޫއަށް ދަނީ އުދަ އަރަމުންނެވެ. އެރަށުގައި ބޮޑު ސަރަހައްދަކަށް ދަނީ އުދަ އަަރަމުންނެވެ.

ނަަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށްވެސް އުދަ އަރަމުންދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ސަމާލުވެސް ނެރެފައެވެ.