ޕަބްލިކް ވޯކްސް (އެމްއާރްޑީސީ) މުވައްޒަފުންނަށް ނޯޓިސް ދީފައި ވަނީ ކުރީ ސަރުކާރުގައި ކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.
"ވަގުތު" އަށް މައުލޫމާތު އެނގިފައިވާ ގޮތުގައި ޕަބްލިކް ވޯކްސް މުވައްޒަފުންނާއި އެކު ހަދާފައިވާ ކޮންޓްރެކްޓު ހަމަވުމާއި އެކު އޭގެ ތެރެއިން ގިނަ މުވައްޒަފުންނަށް ވަނީ ވަޒީފާ އިން ވަކި ކުރާނެ ކަމުގެ ނޯޓިސް ދީފައެވެ.
މިގޮތުން އެންމެ ގިނަ އަދަދަކަށް މުވައްޒަފުންނަށް ނޯޓިސް ދީފައި ވަނީ ހދ. ކުޅުދުއްފުށި، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލަށް އަދި އައްޑޫ ސިޓީގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންނަށް ކަން ފާހަގަކޮށްލެވެއެވެ.
އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް ސިވިލް ސަރވަންޓެއްގެ ގޮތުގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ދިން ނަމަވެސް، ޕަބްލިކް ވޯކްސް އިން ލިބޭ މުސާރަ އާއި އަޅާ ކިޔާއިރު ސިވިލް ސާވިސް އިން ލިބޭ މުސާރަ ވަރަށް ކުޑަކަމަށް ބުނެ އެފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިއަދު ގދ. ތިނަދޫގައި ހުންނަ ޕަބްލިކް ވޯކްސްގެ ހުރިހާ މުވައްޒަފުންނަށް ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާ އިން ވަކި ކުރުމުން އެ މީހުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ.
ކުރީ ސަރުކާރުގަ ދިން ނޯޓިސްއަކަށް 1 އަހަރުފަހުން އިހުތިޖާޖުކުރަނީ؟ ހަމަ ގަބޫލުކުރަންވީ؟
ކުރީ ސ ސަރުކާރުން ހަދާފަ ހުރި ޕާކްތަކާ އެނޫން ތަންތަނުގެ ނަންވެސް ބަދަލު ކުރަނީނު. އެލިއުމަށްވުރެ ތި ލިއުން ބަދަލު ކޮށްލަން މާފަސޭހަވާނެ. ކީއްވެ ނޯޓިސްގެ ލިއުމަށް ބަދަލު ނުގެނެވުނީ. ސިޔާސީ ހުޅު ރޯކުރަންތަ؟
ހޭ ބުއް ދި ފިލާފަ ތިބިބައެއްމީ،
ކުރީސަރުކާރުގަ ދިން ނޯޓިސް މިސަރުކާރުން އުވާލަންވީނު؟ ކޮންމެ ގޯސްކަމެއްގެ ޒިންމާ ކުރީސަރުކާރު ކުރީސަރުކާރު! ޝަހިންދާ މައްސަލަޔާ، މިސަރުކާރުން އިސްލާމްދީން ފުނޑާލަން މިހާރު މިކުރާކަންތައްވެސް އެއީ ކުރީސަރުކާރުގެ ކަމެއްދޯ؟ ބަލަ ކުރީސަރުކާރު ބޭރުކޮށްފަ ރައްޔިތުން ބޯކާލައިގެން މިސަރުކާރު ގެނައީ ކުރީސަރުކާރުގެ ކަންކަން ރަނގަޅުކުރާކަށް ނޫންތަ؟ އަދިވެސް ކަމެއް ގޯސްވާއިރަށް ކުރީސަރުކާރު! މުސީބާތެެއްނުމީދެން!
ކުރީ ސަރުކާރުގަ ޕްލޭނިންގ މިނިސްޓްރީ އެއް އޮތް ތަ؟؟؟ ???
ހަހަހަހަހަހަހަހަހަހަހަހަހަހަހަހަ
ކެކެކެކެކެކެކެކެކެކެކެކެކެކެކެ
ހަމަ ހިނި ގެޅުނީ. ކީއްކުރާނީ.
އެންއެމްޕީއާރްސީ ފައިސާއަށް ކަލޭމެން ވޯޓު ވިއްކީ ކުރޒި ސަރުކާރުގަ. ބެހިގަނެގެން ތިއުޅެނީޔޯ! ބޭން އެމްޑީއެން ބޭން އެމްޑީއެން ބޭން އެމްޑީއެން ބޭން އެމްޑީއެން
މި ހުއްޓުވަން އެހެން ކަންކަމު ތެރެއަށް ވިސްނުން ގެންދަން ކަމަށްތަ ތިއުޅެނީ. ނުވާނެ ތިކަމެއް ހުއްޓާލަ.
ކުރީސަރުކާރު ކުރީސަރުކާރު އަބަދުވެސް ކުރީސަރުކާރު.
ހާދަ ޤާބިލުކަމެއްނެތޭ . ބަލަ ކުރީ ސަރުކާރު ކަމުނުގޮސްގެން ގެނައި ސަރުކާރެއްނޫންތަ މީ.
ދެން ތަމެންނަށް ނުވަންޏާ ކުރީ ސަރުކާރާއި ޤައުމު ޙަވާލު ކުރަންވީނު. ކޮންމެ ކަމެއްގައި އަތަށް ގޮވާތަން ރައްޔިތުންނަށް މިފެންނަނީ
ތިނޯޓިސް ތައްޔާރުކުރީ ޔާމިންގެ އުމުރުން އެއްހަރުގަ އޭގެ އެތައްއަހެރެއްފަހުން ޔާމިންގެ ރިޔާސި ދައުރެއްނިމި އޭގެވެސް އަހަރެއް ފަހުން ތިނޯޓިސް ހަވާލުކުރީ ތިނޯޓިސް ތައްޔާރުކޮއްފަ އޮތީ ތިމަރުންތަ ތިވާނެ ތާރީހީއެއްޗަކައް ތީދުނީއޭގަ ދިންފުރަތަމަ ތިމަރު ނޯޓިސް ދެންއެހެން ބަޔަކައްނުދެވޭނެ ތިވަރު ނޯޓިސްއެއް ހާދަބަރެއްވާނެެއޭތި ލަސްވީއެހެންވީމަހެންހީވަނީ.
ކުރީ ސަރުކާރުން އައީ އހަރަކުންއަހަރކުން ކޮނަޓަރެކްޓް އާކުރަމުން . މިސަރުކާރު އައިސް 6 މަހުގެ ކޮންޓްރެކްޓެއްހަދާ މީހުން ވަކިކުރީ ވަޒީފާގެ ގަވާއިދުގައިވާގޮތުން އެގޮތަށް މީހުން ވަކި ނުކުރެވޭނެ އަދި 6 މަހުގެ ކޮންޓރެކްޓެއް ނުހެދޭނެ.
ކޮންމެވެސް މީހަކު މި ޕްލޭނިން މިނިސްޓަރުގެ ފޫޅުމާ ފޯމު ޗެކުކޮށްލާބަލަ! އޭގައި އޮންނާނެ ޕްލޭނިން މިނިސްޓަރު ފޫޅުކެނޑީވެސް ކުރީގެ ސަރުކާރުގައޭ!
ތިނޯޓިސްގަ ސޮއިކޮށްފަ އޮތީ ޔާމީނު ސަރުކާރުގެ ވަޒީރެއްތަ. ނޫނީ މިސަރުކާރުގެތަ
ކުރީސަރުކާރު ތިރީސްބިލިއަންގެބަޖެޓްކާލީ ކުރީސަރުކާރު ކުރީސަރުކާރު އެމް ޑީއެންރިޕޯޓުނެރުނީ ކުރީސަރުކާރުުތަކާވަރައްޕާޓީގެމީހުންނައްމަޤާމްތައްބެހީ ކުރީސަރުކާރު ޒިއްމާއެއްނެތި ވެރިކަމުގައޮތީ ކުރީސަރުކާރު
އެހެންނުން ވާނީ އެމްޑީޕީ އިން ޖިކަންޖެއް ނެރުނަސް ރައްޔިތުން ބަލަިގަނެ ވޯޓްވެސްދޭނެ ވިއްޔާ