ޖޭއެސްސީން ބަލަމުންދާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްދުގެ ޤާނޫނީ ވަކީލަކަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ޤަބޫލުނުކުރުމަށް އެ މައްސަލަ ބަލާ ކޮމިޓީން ނިންމަވައިފިއެވެ.
ފަނޑިޔާރު އާދަމް މުޙައްދުގެ ޤާނޫނީ ވަކީލަކަށް ޑރ.ޖަމީލް އައްޔަންކުރި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ވެސް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. އެގޮތަށް ނިންމީ އާދަމް މުޙައްމަދު ބައްލަވާ މައްސަލައެއްގައި ވަކީލަކަށް ޑރ.ޖަމީލު ހަމަޖައްސާފައިވަނިކޮށް ފަނޑިޔާރުގެ ވަކީލަކަށް އޭނާ ހަމަޖެއްސުމުންނެވެ.
މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭއެސްސީ ސިޔާސީވެ ނިމިއްޖެ ކަމަށެވެ. "ޤާނޫނުއަސާސީން ދީފައިވާ ވަކީލެއްގެ އެހީ ހޯދުމުގެ ޙައްޤުވެސް ހަނިކޮށްފި. ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްސަލައިގައި މިއުޅެނީ ޚަސްމުންގެ މައްސަލައެއް ނޫން، ވަކީލެއްގެ ޙައްޤު ހަޖަމްނުވުމުގެ މައްސަލައެއް. ޖޭއެސްސީ ލަދުވެތިވާންޖެހޭ އަމިއްލަ އަށް ބޭނުން ގޮތެއް ނިންމައި، ބަހެއް ބުނެލުމުގެ ފުރުޞަތު ވެސް މައްސަލަ ރައްދުވާ ފަރާތަށް ނުދީ، ބާރު އޮތްކަން ދައްކާލީ. ތިހާވަރަކަށް ޖުޑިޝަރީ އިޞްލާޙް ކުރެވޭނީ." ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޖޭއެސްއީއިން ފަނޑިޔާރު އާދަމްގެ ސުލޫކީ މައްސަލަ ބެލުން މިއަދު ފެށުމަށް ފަހު ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި މަސްތޫރު ހުސްނީ ވިދާޅުވީ ޖަމީލަކީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށާއި އެ މައްސަލައިގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޖަމީލަކީ ފަނޑިޔާރު ކަމުން ވަކި ކުރި އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލެވެ.
މަސްތޫރު ވިދާޅުވީ އެ މައްސަލާގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެއް ފަރާތުގެ ވަކީލާ ބައްދަލު ކުރައްވައި މުއާމަލާތް ކުރުމަކީ ފަނޑިޔާރުގެ ސުލޫކަށް އުނިކަން އަންނާނެ ކަމެއް ކަމަށާއި، އެހެންކަމުން އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ފަނޑިޔާރު އާދަމް ވަނީ އެކަން ޖޭއެސްސީއިން ފާހަގަކުރުމާއެކު އެ މައްސަލައިގެ ޝަރީއަތުން ތަނާޒަލްވެވަޑައިގެންފަ އެވެ. ފަނޑިޔާރު އެ މައްސަލައިން ތަނާޒުވެވަޑައިގެންފައިވާ ކަމުގެ ލިޔުމެއް ވެސް ސުޕްރީމް ކޯޓުން ލިބިފައިވާ ކަމަށް ހުސްނީ ވިދާޅުވިއެވެ. ނަމަވެސް ޖަމީލު، ވަކީލެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ތަނާޒަލްވެވަޑައިނުގެން ކަމަށާއި ފަހުން މައްސަލައިން ތަނާޒަލްވުމަކުން ޖަމީލު ވަކީލެއްގެ ގޮތުގައި ގަބޫލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަމީލުގެ ބަދަލުގައި އެހެން ވަކީލަކު އައްޔަނުކުރަން ފަނޑިޔާރު އާދަމް އެދިވަޑައިގެންފައިވާތީ، އެ ފުރުސަތު ދިނުމަށްޓަކައި މާދަމާ މެންދުރު 12:30 ގައި އަޑުއެހުން ކުރިއަށް ގެންދިޔުމަށް މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ.
އާދަމްގެ ވަކީލަކަށް ލާން ފެންނަނީ މުހަންމަދު ނަޝީދު އަންނި
އެރުން ވަރަށް އިންސާފް ވާނެ
އިބޫ ސޯލިހު ކިހިނެއްވާނެތަ؟
ޚޮދު މުޚުތާރު ގައްދާރުވެރިކަމެއް...ބާރަށް އަތްޖަހާ، މިޤައުމުގައި ޑިމޮކްރެސީ އަލުން ގެނައުމަށް ރައްޔިތުން ތެދުވަންޖެހޭ...ނޫން ނަމަ ބަޑުހައި ހޫނުކަމެއްކުރިމަތިވެ 30 އަހަރު ފަހަތަށް ސޮއްސާނެ....
ވަކީލަކަށްވެސް އަންނަށްޖެހެނީ ޖޭއެސްސީން ކަނޑައަޅާ ވަކީލެއްތޯ. އިންސާފުވެރިވިޔަސް މާބޮޑުވަރުތީ. އެޖެންޑާ 19 ވަރަށް ތަފާތު. ޚިޔާލަށްވެސް ގެނެވޭހާ ތަފާތު.
ދެން ހަމަ ރޯލަ ރޯލަ ހުންނަވާ ޖަމީލޫ! ޖަމީލުމެން މައުމޫނުމެން ތިތިއްބެވީ ރަގަޅަށް ރާކަނިމަސް ފަރިއްކުޅުއްވިފައި!
މީދޯމިކިޔާ އިންސާފްއަކީ ބަޔަކައްމިކަމުން އެއްޗެއްވިސްނޭނެކަމައް އުއްމީދުކުރަން އަމިއްލައެދުމައްގޮސް ފޯވެފަ އޯގާތެރިސަރުކާރު ޚޮދުމުޚުތާރުބައެއްމީ
މަސްތޫރު ބުނެބަލަ ތަފާތު އެކި މައްސަލަ ތަކުގައި އެއްވަކީލަކަށް އެމައްސަލަތަކުގައި ވަކާލާތު ނުކުރެވޭނެ ޤާނޫނެއް ނުވަތަ ޤަވާޢިދެއް.
އެއް މައްސަލައެއްނަމަ އެމައްސަލައިގެ ދެ ޚަސްމުންނަށް އެއްވަކީލަކަށް ނުހުރެވޭނެ.
ދީދީ އާއި އާދަމް މުޙަންމަދު އާއި ދެމީހުންގެ މައްސަލައަކީ މުޅިން ތަފާތު ވަކި ދެމައްސަލަ. މިދެ މައްސަލާއިގަވެސް އެކަކަށް ވަކާލާތު ކުރުމަކަށް ޤާނޫނީ ހުރަހެއްނެތް.
މިފުރުޞަތު މިގޮތަށް ނުދިނުމީ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފު ކަމެއް.
މިއީ ވަކީލެއްގެ ހައްޤު ނިގުޅައި ގަތުމުގެ ޢަމަލެއް.
މިކަހަލަ ފާޅުކަންބޮޑު ޙައްްޤުތަކަށް އަރައިގަނެ ނުލަފާކަން ދައްކަން ހަދައިގެން ކުރިންވެސް އެމްޑީޕީގެ ވެރިކަން ވެއްޓުނީ.
މިފަހަރުވެސް ވެރިކަންލިބި އެކަން އަނެއްކާ ތަކުރާރުކޮށް ކުރިއަށްވުރެވެސް ނުލަފާކަން ދައްކަމުންދާނަމަ ވެރިކަން ކިތައްމެ ވަރަކަށް ހަޅޭލެވިޔަސް ވެރިކަން ވައްޓައިލާނެ ދިވެހިންނުކުމެ. އަދި ކުރިން ފަހަރު ގައުމުގައި ހުޅުޖެހިހެން ދެން ހުޅުޖަހާކަށް ފުރުޞަތެއް ނުދޭނެ އިރާދަކުރެއްވިއްޔާ.
ދެން ކެނެރީ ބުއްޅަބޭ ޖޭއެސްސީ ދިރުވާލަންވީނު ފެންފޮދަކާނުލާ މަސްއޫރާ ދެހިޔަޅުން ވެގެން
ޖޭއެއްސީގައި ތިބީ ރަނގަޅު ބައެއްކަމަކަށް ނުފެނެއި ! ފަޑިޔާރުންނަށް ހިތުހުރިގޮތެއް ހަދަމުންދަނީ
ވަރައް ނުލަފާ ސަރުކާރެއް މިޢޮތީ