ރާއްޖޭގެ އާބާދީ ކުޑަވުމާއި، ކުދި ރަށްރަށަށް އާބާދީ ފެތުރިފައި އޮތުމަކީ، ތަރައްޤީގެ މަޝްރޫޢުތަކުގައި ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ޖީލުގެ މީހުން ދުނިޔެއަށް ނޭވާލާން ފެށިއިރު، ރާއްޖެއަކީ ވަރަށް ފަޤީރު ޤައުމެއް ކަމަށާއި ނަމަވެސް، އަބަދުވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ތަރައްޤީވެ ކުރިއަރަން މަސައްކަތް ކުރާ ޤައުމެއް ކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރައިގެންދިޔަ މިންވަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2011 ވަނަ އަހަރާ ހަމައަށް ރާއްޖެ އޮތީ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ އަހަރުގެ ތެރޭގައި ރާއްޖެ ވަނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ނުވަތަ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ ލިސްޓަށް ހިޖުރަކޮށްފައި ކަމަށެވެ.

"ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމަކީ، އޭގެ ޒާތުގައި ރާއްޖެއަށް ލިބުނު މާބޮޑު ކުރިއެރުމެއް ނޫން. ނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ އިޤްތިޞާދެއް ބިނާކުރުމަށް، ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މި ދެންނެވި ބަދަލުގެ ސަބަބުން، ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދުމާއި، އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދަން ރާއްޖެއަށް މަޖުބޫރުވޭ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކެޕިޓަލް މާކެޓް ތަރައްޤީ ކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދު މިއަށްވުރެ މަތީ ހަރުފަތަކަށް ގެންދިޔުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައި، ކެޕިޓަލް މާކެޓަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށާއި ކޮންމެ މުޖުތަމަޢެއްގެވެސް ހަމަޖެހުމާއި އަމާންކަން ބިނާވެފައި މި އޮންނަނީ، އެ މުޖުތަމަޢެއްގައި ދިރިއުޅޭ ފަރުދުންގެ ފުދުންތެރިކަމާއި ތިޔާގިކަމުގެ މައްޗަށް ކަމަށެވެ.

"މުޅި މުޖުތަމަޢުގެ ނިސްބަތުން ބަލާއިރު، ފަރުދުންގެ ފުދުންތެރިކަން ބިނާވެފައި އޮންނަނީ، ހަމައެކަނި ވަޒީފާއިން ލިބޭ އާމްދަނީގެ މައްޗަކަށް ނޫން. ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތަކުގެ ދައުރު، މިކަމުގައި މާ ބޮޑު. ރާއްޖެއަށް ބަލާއިރު، އިޤްތިޞާދީ ވައްބުރުގެ ބޮޑު އިންސައްތައެއް ޙިއްޞާކުރަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް." ރައީސް ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމްތަކެއް މިހާރުވެސް ސަރުކާރުން ވަނީ ފަށާފައި ކަމަށާއި ކެޕިޓަލް މާކެޓް ނިޒާމުގެ ތެރެއިން ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، މި ސްކީމްތައް ފުޅާކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ އާބާދީ ކުޑަވުމާއި، ކުދި ރަށްރަށަށް އާބާދީ ފެތުރިފައި އޮތުމަކީ، ތަރައްޤީގެ މަޝްރޫޢުތަކުގައި ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ކުޑަ އާބާދީއެއްގައި ކެޕިޓަލް މާކެޓް މެދުވެރިކޮށް، ޤައުމީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަކީ ވަކީން ބޮޑު ގޮންޖެހުމެއް. ނަމަވެސް، މާލީ އިދާރާތައް ގުޅިގެން މިކަމަށް އެދެވޭ ހައްލުތަކެއް ހޯދިދާނެ." ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސިންގގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ ތަޞައްވުރެއް ކަމަށާއި އެހެންކަމުން، ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިންގ އާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެން އެންމެންވެސް މި ކުރަނީ ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް ކަމަށާއި އަޅުގަނޑުމެން ގުޅިގެން، އެއް ޢަޒުމެއްގައި މަސައްކަތް ކޮށްފިއްޔާ، ނަތީޖާ ހާސިލުކުރުމަކީ މާ ދަތިކަމަކަށް ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ޖާޒީރާ ބޯއީ

  ރައީސް ސޯލިހު މިހާރަކަށް އައިސް އަސްލުވެސް ބުއްދި ހަމައެއްނުޖެހޭ. ރައީސް ޔާމިން ގެނެސްދެއްވި ތަރައްގީގައި އެއްފަހަރުވެސް ކުދި ރަށް ރަށޭ ކިޔާ ނުހަދާ. ކަލެޔަކަށް މިކަމެއްނުވާނެ. 500 އާބާދީގައި ނުހިމެނޭ ކިތަންމެ ރަށެ ތަރަށްގީ ކުރެއްވި.

  50
  1
 2. ސައްދާމް

  ކަލެޔާ ނަޝީދުއަކަށް ހިސާބު ޖަހާކަށް ނޭގޭނެ، އެހެންވެ ބުރިޖެއް ނޭޅޭނޭކީވެސް. އެއޮތީ އަޅާފަ. ތިޔަބުނާ ކުދިރަށްރަށްވެސް ތަރައްގީކުރެވޭނެ. އެކަމަކު ކަލެއަކަށް ނުވާނެ. އިސްތިއުފާ ދެއްވާ ގޭގައި މަޑުކުރޭ.

  47
 3. މާލެ ބޭބެ

  ބަލަ ކެމްޕެއިން ތެރޭ ވިދާޅުވި ތިހެން ނޫން؛ ހަދާން ނެތީ ބަލި ހުންނަނީތޯ... ރަށު ގޭދޮށަށް މާވަހަރާއި ހުދު ކާފޫރާއި ޑޮލަރ ހިފައިގެން އަހަރެންދާނަމޭ؛ ޖަޒީރާގަ އެބަޔެއްގެ ރަށުގައޭ ތިބޭނީ. ރަށް ކިތަންމެ ކުޑަޔަސް؛ ހޮސްޕިޓަލަ އަކާއި ޔުނިވެރސިޓީ ކެމްޕަސް ހުންނާނެޔޭ ވަޒީފާ ވާރޭ ވެހިލާހެން ތަނަވަސްވާނެޔޭ. ޖަޒީރާ މީހުން މާލެ އަންނާކަށް އެއްގޮތަކަށްވެސް ނުޖެހޭނެޔޭ... ރަން އިލޮށީގަ ކަދުރު ހިތި ފާގަޖަހާފަ ކާންދޭނަމޭ... މަސްވެރިންގެ އަށްމުޑި ޑޮލަރުން ފުރާނަމޭ... ނަމަވެސް މިހިސާބަށް ދެވުނީ އެމް ޑީ އެން ކިޔާ ލާދީނީ ދަރިން...ކަލޯ ރައީސް ތިގޮޑި ހޫނުވަރު މިހާރު އިހުސާސްކުރެވޭތާ....

  31
  • ކެކެކެ

   ސިކުނޑީގެ ބޮޑު ބައްޔަކަށް ފަރުވާ ކުރާ ގޮލައަކަށްވާތީ ރިޔާސީ ޓިކެޓް ދޭންވެސް އިނގިރޭސިން ކުޑަކޮށް ފަސް ޖެހިގެން އުޅުނު ކަމަށް ކިޔައެއްނު. ޖިންނި ހަރަކާތް އިތުރުވެފަ އެހެރަ ފެންނަނީ.

   11
 4. ބަލް

  ކޮބާތަ ޖަޒީރާ ކޮންސެޕްޓް

  26
 5. ހުސޭނުބޭ

  އެހެންވިއްޔާ އާބާދީ އިތުރު ތަނެއް ތަރައްޤީކުރަން މިތަނުން ދޭ! އިންޑިޔާ ރަގަޅުވާނެ! ކަލެޔަށް ވަރަށް އެބަ ތަރައްޤީކުރެވޭވިއްޔާ! ބަޖެޓް ކައިގެން އިސްލާމްދީނަށް ފުރައްސާރަކުރުން ނޫން ކަމެއް ނުކުރެވޭ!

  29
 6. Anonymous

  ކުދި ރައްތަކުގައި ޕާޓީ ކުދިން ފޮނުވައިގެން ހުޅުޖަހާ އަންދައިލާފަ މާލެ އެކަނި ބާއްވަންވީނު. އެއީނު ކަލޭމެން ބޭނުންވާ ގޮތަކީ. އަނެއްކާ ޕާޓީ ކުދިން ވަރަށް މޮޅުވާނެ ދޮގުވާހަކަ ޤަބޫލުކޮށް ހުޅުޖަހާ ތަންތަން ފަނާކުރަން.

  28
 7. ބެއްޔާ

  ކޮންހާ ހާސަރެއްތިދަމަނީ. ވެރިކަމަށް އައިރު ނޭނގޭތަ އާބާދީ ކުޑަކަމާއި ކުދިރަށްތަކެއްކަން. ތަރައްޤީކުރަންވީމަ ކޮންހާ ޝަކުވާއެއް. ވޯޓް ހޯދަން ރައްޔިތުންގެ ފައިސާއިން ރަށްރަށަށް ނުދާ އެންމެ ރަށެއް ނޯންނާނޭކިޔާފަ ދުވިއިރު އެރަށްތައް ތަރަޢްގީ ކުރަންޖެހޭނެ ކަމެއް ނޭނގޭތަ. ތަރައްގީ ނުވިޔަސް ބަޖެޓް ހުސްވަމުންދޭ.

  23
 8. ޒާ

  ތިޖެހުނީ ކޮންތާކު؟ ރައީސް ޔާމީން އެއްފަސްކުރުމުގެ ވާހަކަ ދެއްކެވީމާ ޖަޒީރާ ތަރައްގީ އޭ ފަޅޮލޭ ތިމަންމެން ގެންނާނީގޮވީ

  26
 9. ނުކިޔަވާ ރައީސް

  މިހާރު ރައީސް ކަމަށް ހޮވި މިރާއްޖެ ތަރައްގީ ކުރަން ވިސްނާއިރު އެއްޗެއް އެބަވިސްނޭހެން ހީވަނީ.

  19
 10. ބުރޯ

  ކީއްވެ އެހެން ވާންވީ ޖަޒީރާ ރާއްޖެ ދޯ މިއީ ބޭކާރު ކަރަދު ކޮށްފާ ކުދިރަށްތަކުގަ މީހުން އުޅެންވާނީ އެމްޑީޕީން އިބޫީމެން ބުނީ މާލެ ތޮއްޖެހެނީއޯ ހުރިހާމީހުން އުޅެންވާނީ ކުދިރަށްރަށުގަ ޖިފުޓިތަކުގައޭ ތަރައްގީއަކީ އެއީއޭ އެހެން ކިޔާފަ ވެރިކަން ލިބުނީމަ ތިބުނަނީ ގޮންޖެހުމެކޯ ޔާމީނު މާގިނަ ވާހަކަ ނުދައްކާ ހުރިހާރަށެއްގެ މީހުން މާލޭ ސަރަހައްދުން ގެދޮރު ދޭންފެށިމަވެސް ބުނީ ތިޔައީ މާލޭ މީހުންގެ ހައްގެކޯ ވިސްނަންފެށީތަ ؟ ތަރައްގީ ވެވޭނީ އާބާދީ އެއް އެއްފަސްގަނޑެއްގަ އޮވެގެން ނޫން ނަމަ ކުރެވޭނީ ބޭކާރު ހަރަދު އެއީ މިހާރުވެސް ރާއްޖޭގެ އާބާދީ އަށްވުރެ ގިނަ ޑޮކްޓަރުންނާ ނަރުހުން ޓީޗަރުން މިގައުމުގާ އެބަ މަސައްކަތް ކުރަމުންދޭ އެއްފަސްނަމަ އެހާގިނަބަޔަކު ބޭނުމެއްނުވޭ ކައުންސިލަތައްވެސް ހަމަ ބޭކާރު ހަރަދު ބޮޑު .ވިސްނިލެއްވިކަން ނަސީބު.

  16
 11. ސޯދިގު

  ބަލަ ނިކުޔަވާ މީހުނަށް އެކަން އެގޭނީ މިއަދު އަނެއްކާ އެއީ މީހަކު ނުދަންނަ މިހާތަނަށް ފާހަގަ ވެފަ ނެތްކަމެއްގެ ގޮތުގަ. އެއަށް ޖާހިލޭ މި ކިޔަނީ.

  14
 12. ހޮޅުއަށި

  ރައީސް ވިދާޅުވީ އަޅުގަނޑުމެން އެންމެންވެސް މި ކުރަނީ ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް ކަމަށާއި އަޅުގަނޑުމެން ގުޅިގެން، އެއް ޢަޒުމެއްގައި މަސައްކަތް ކޮށްފިއްޔާ، ނަތީޖާ ހާސިލުކުރުމަކީ މާ ދަތިކަމަކަށް ނުވާނެ ކަމަށެވެ.އިންސާﷲ ވާނެ

  3
  3
 13. ސަންފަ

  މިރާއްޖޭގެ ވަލުތެރޭގައިބާ މިއޮތްހުރިހާ ދުވަހު އުޅުއްވީ! ޢާޖުފާޖެއްނޭގެ! ޜައްޔިތުން މިތިބީ ޅައެއްޗެއް އެޅިގެން ކަމާމެދު އެއްވެސް ޝައްކެއް ނެތް!

 14. ސަންފަދައިތަ

  މިރާއްޖޭގެ ވަލުތެރޭގައިބާ މިއޮތްހުރިހާ ދުވަހު އުޅުއްވީ! ޢާޖުފާޖެއްނޭގެ! ޜައްޔިތުން މިތިބީ ޅައެއްޗެއް އެޅިގެން ކަމާމެދު އެއްވެސް ޝައްކެއް ނެތް!

 15. އަހުމަދު

  ތިބުނަނީ އެ ރަށް ރަށް ޖަޒީރާ އަށް ކަޑަވީ އޭ.

  ދަ އުލަތަށް ހުރިހާ ރަށެ އް ރިސޯޓު ހަދަން ނަގާ ރަ އްޔިތުން ކުލިދަ އްކާ ފްލެޓު ތަކަށް ލީމަ އެވީ ތަރަ އްގީ ކަމަށް ދެކޭ މީހަކީ މޮޔަ ހިޔާލެ އްގަ އުޅޭ މީހެ އް.

 16. އެހެންތަ

  ނުވަންޔާ ފައިބައިގެން ދޭބަލަ ކޮންހާ ހާސަރެއްތަ..ކަލޭ ވެއްޖެ އެންނު މ.ޑ.ނ އައް ފިޔަވަޅު އަޅަން..ހުޅު ރޯވީމަ ދެން ނިއްވަން އުނދަގޫ ވާނެ ކަން ދަންނާތި

 17. އެހެންތަ

  ޖަޒީރާ ޖަޒީރާ ޖަޒީރާ ޖަޒީރާ ޖަޒީރާ...އެކަމަކު ތަރައްގީ ކުރަން ވީމަ ޖަޒީރާ އެއް ނުފެނުން

 18. ދޮންފަޅޯ

  ދޮންފަޅޯ ސަރުކާރަކީ ފޫގޮށްސަ އިން ބާޒާރު ކޮތަޅެއް ކަހަލަ އަމާބުނީތީފަރުހިލާ ސަރުކާރެއް

 19. ބޯކިބާ

  ކުދި އާބާދީ ހުންނަ ހިސާބު ހިސާބު ނެތީ ކޮން ގައުމެއްގަތޯ. އެމެރިކާގަ އެބަހުރި އެންމެ މީހަކު އުޅޭ 30 ވަރަކަށް ޓައުން.